Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗުގެ ފުއްނާބަށް އަނިޔާވުން

އިބްރަހިމޮވިޗަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

15 ސެޕްޓެމްބަރު 2021 | ބުދަ 02:45

ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި އިބްރަހިމޮވިޗް ކުޅުނު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ސެޕްޓެމްބަރު 2021 | ބުދަ 02:45
މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

ފައިގެ ފުއްނާބަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ލިވަޕޫލާ ދެކޮޅަށް އޭސީ މިލާނުން ކުޅޭ މެޗުގައި ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކުން ރަނގަޅުވެ އިޓާލިއަން ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ލާޒިއޯ އަތުން މިލާން މޮޅުވި މެޗުގައި އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް ވަނީ ކުޅެފައެވެ. އެ މެޗުގައި އިބްރަހިމޮވިޗް ކުޅުނުއިރު، މީގެ ކުރިން ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ގެއްލުނެވެ.

ނަމަވެސް އަނިޔާއިން ރަނގަޅުވެ އައިސް ކުޅުނު ފުރަތަމަ މެޗުގައި އިބްރަހިމޮވިޗް ވަނީ ލަނޑު ޖަހާފައެވެ. އެއާއެކު އިބްރަހިމޮވިޗް ވެފައިވަނީ އިޓާލިއަން ލީގުގައި ލަނޑު ޖެހި، އިޓަލީ ނޫން އެހެން ގައުމެއްގެ އެންމެ އުމުރުން ދޮށި ކުޅުންތެރިޔާއަށެވެ. އަދި އެ ލަނޑާއެކު އިބްރަހިމޮވިޗް ވަނީ ފާއިތުވި 24 އަހަރު އޭނާ ކުޅުނު ކޮންމެ ކުލަބެއް ވާދަކުރާ ލީގުގައިވެސް ލަނޑު ޖަހާފައެވެ.

އެކަމަކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިލާނުން ކުޅޭ ފުރަތަމަ މެޗުގައި އިބްރަހިމޮވިޗަށް ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ވަނީ ބުނެފައެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕިއޯލީ ބުނީ ލާޒިއޯ މެޗަށްފަހު އިބްރަހިމޮވިޗުގެ ފަޔަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވި ކަމަށާއި، އެކަމަކު ލިވަޕޫލް މެޗަށް އެ އަނިޔާ ރަނގަޅުވާނެ ކަމަށް މީގެ ކުރިން ބެލެވުނު ކަމަށެވެ. ނަމަވެސް އިބްރަހިމޮވިޗް އަދިވެސް އުޅެނީ ތަދުވާތީ ކަމަށާއި، އެހެންކަމުން އިތުރު ރިސްކެއް ނުނަގަން ލިވަޕޫލް މެޗުގައި އޭނާ ބޭނުން ނުކުރަން ނިންމާފައިވާ ކަމަށްވެސް ބުންޏެޗެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިލާން ވާދަކުރާއިރު، އެ ޓީމުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ވާދަކޮށްފައިވަނީ 2013-2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭގެ ފަހުން މެދުކެނޑުމަކަށްފަހު މިލާން އަލުން ޗެމްޕިއަންސް ލީގުގައި ވާދަކުރާއިރު، ލިވަޕޫލާއި މިލާނުގެ ކުރިމަތިލުންތަކަކީ ތާރީޚީ ކުރިމަތިލުންތަކެކެވެ. އެގޮތުން ލިވަޕޫލުން ވަނީ 2005 ވަނަ އަހަރާއި 2007 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި މިލާނާ ދެކޮޅަށް ކުޅެފައެވެ. އެ ގޮތުން 2005 ވަނަ އަހަރު ލިވަޕޫލް މޮޅުވި ނަމަވެސް، 2007 ވަނަ އަހަރު މޮޅުވީ މިލާނެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ މަރުގެ ގްރޫޕް ގޮތުގައި މިލާނާއި ލިވަޕޫލް ހިމެނޭ ގްރޫޕް ބީ ފާހަގަކޮށްލެވޭއިރު، ދެން މި ގްރޫޕުގައި ހިމެނެނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ޕޯޗުގަލުގެ ޕޯޓޯއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްތޭޖުގައި ލިވަޕޫލާއި މިލާން ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ. މި މެޗު ކުޅޭނީ ލިވަޕޫލުގެ ދަނޑުގައެވެ.

ޗެމްޕިއަންސް ލީގުޒްލަޓާން އިބްރަހިމޮވިޗްލިވަޕޫލްއޭސީ މިލާން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް