Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒްލަޓާން އިބްރަހިމޮވިޗަށް އަނިޔާވުން

އިބްރަހިމޮވިޗަށް ޔޫރޯގައި ނުކުޅެވިދާނެ

ލީގުގައި ބާކީ އޮތް ތިން މެޗުގައި އިބްރަހިމޮވިޗަށް ނުކުޅެވޭނެކަން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 މެއި 2021 | ހޯމަ 22:20
އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗަށް ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗަށް އަނިޔާވީ އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ޔުވެންޓަސް އަތުން 3-0 ގެ ނަތީޖާއަކުން އޭސީ މިލާން މޮޅުވި މެޗުގައެވެ. އެ މެޗުގެ 66 ވަނަ މިނެޓުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އިބްރަހިމޮވިޗް ވަނީ ބަދަލުކޮށްފައެވެ.

އެ މެޗަށްފަހު މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ މެޗުގެ ކުރިންވެސް އިބްރަހިމޮވިޗް ހުރީ މުޅިން ފިޓްކޮށެއް ނޫން ކަމަށާއި، އަދި މި މެޗުގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސް ނުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އިބްރަހިމޮވިޗުގެ ކަކުލަށް ލިބުނު އަނިޔާގެ ތަފުސީލު އަދި މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، ލީގުގައި ބާކީ އޮތް ތިން މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ޔަގީންވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަންނަ މަހު ބާއްވާ ޔޫރޯގައި އިބްރަހިމޮވިޗަށް ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިބްރަހިމޮވިޗަށް އަނިޔާވިއިރު، މި ސީޒަނުގައި އޭނާއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި އިބްރަހިމޮވިޗަށް ވަނީ އަނިޔާގެ ސަބަަބުން 16 މެޗު ގެއްލިފައެވެ.

އިބްރަހިމޮވިޗަށް ޔޫރޯގައި ނުކުޅެވިދާނެ ކަމަށް ރިޕޯޓުތައް ބުނިއިރު، މީގެ ކުރިން 2016 ވަނަ އަހަރު ސްވިޑެންގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި ފޯވާޑް ދާދި ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް އަލުން ގައުމީ ޓީމަށް ކުޅެން ފަށާފައެވެ. އެގޮތުން ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި މި ފަހުން ސްވިޑެން ކުޅުނު މެޗުތަކުގައި އޭނާ ވަނީ ކުޅެފައެވެ.

މި ސީޒަނުގައި އިބްރަހިމޮވިޗަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، އޭނާ އަންނަނީ އަލުން އަނބުރާ މިލާނަށް ބަދަލުވުމަށްފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ފަހުން މިލާނަށް ބަދަލުވުމަށްފަހު، އިބްރަހިމޮވިޗް ވަނީ މިހާތަނަށް މިލާނަށް ކުޅެދިން 47 މެޗުގައި 28 ލަނޑު ޖަހާފައެވެ. އަދި ދާދި ފަހުން އޭނާ ވަނީ މިލާނާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފައެވެ.

ޒްލަޓާން އިބްރަހިމޮވިޗްއޭސީ މިލާން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
07 ޑިސެމްބަރު 2024

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި
04 ޑިސެމްބަރު 2024

ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް

04 ޑިސެމްބަރު 2024
ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު