Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާއިން އިބްރަހިމޮވިޗް ޖޫރިމަނާކުރުން

މައްސަލަ ބަލައި ޔުއެފާއިން އިބްރަހިމޮވިޗް ޖޫރިމަނާކޮށްފި

ބެޓިން ކުންފުންޏެއްގެ ހިއްސާ އިބްރަހިމޮވިޗުގެ އަތުގައި އޮވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 މެއި 2021 | ބުދަ 22:52
އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

ބެޓިން ކުންފުންޏެއްގައި ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗުގެ ކުންފުންޏެއްގެ ހިއްސާއެއް އޮތުމުން، އިބްރަހިމޮވިޗް ޖޫރިމަނާކުރަން ޔުއެފާއިން ނިންމައިފިއެވެ.

ދާދި ފަހުން ސްވިޑެންގެ މީޑިއާއަކުން ވަނީ ބެޓިން ކުންފުންޏެއް ކަމަށްވާ "ބެޓްހާޑް" ގެ 10 އިންސައްތަ ހިއްސާ އިބްރަހިމޮވިޗުގެ ކުންފުންޏެއް އަތުގައި އޮންނަ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި އެކަމަށް ބާރުލިބޭ އެއް ހެއްކަކީ 2018 ވަނަ އަހަރު ބެޓްހާޑުން އެ ކުންފުނީގެ އެމްބެސަޑަރެއްގެ ގޮތުގައި އިބްރަހިމޮވިޗް ތައާރަފުކުރުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޔުއެފާގެ ގަވާއިދު ބުނާ ގޮތުން މުބާރާތެއްގައި ކުޅޭ ކުޅުންތެރިއަކަށް ބެޓް ކުރާ އެއްވެސް ކުންފުންޏަކުން މާލީ މަންފާ ލިބޭގޮތަށް އެއްބަސްވުމެއް ނެހެދޭނެއެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގުކުރަން ޔުއެފާއިން އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓަރެއް މީގެ ކުރިން އައްޔަންކުރިއިރު، މީގެ ކުރިން ބެލެވިފައި އޮތީ މި މައްސަލައިގައި ތިން އަހަރުގެ ސަސްޕެންޝަނެއް އިބްރަހިމޮވިޗަށް އައުން ގާތް ކަމަށެވެ.

އެކަމަކު މައްސަލަ ބެލުމަށްފަހު ޔުއެފާއިން ވަނީ 50،000 ޔޫރޯއިން އިބްރަހިމޮވިޗް ޖޫރިމަނާކުރަން ނިންމާފައެވެ. އަދި ހަމަ މި މައްސަލައިގައި އިބްރަހިމޮވިޗް ކުޅެމުން އަންނަ އޭސީ މިލާން ވަނީ 25،000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ.

ޔުއެފާއިން އިބްރަހިމޮވިޗް ޖޫރިމަނާކުރިއިރު، ދާދި ފަހުން އޭނާ ވަނީ މިލާނާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އަލުން އަނބުރާ މިލާނަށް ބަދަލުވުމަށްފަހު، އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް މިލާނުގެ އެއްބަސްވުން އާކުރި ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އިބްރަހިމޮވިޗް މިލާނާ ގުޅުނީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިބްރަހިމޮވިޗް ވަނީ މި ސީޒަނުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ. އައު އެއްބަސްވުމާއެކު އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އިބްރަހިމޮވިޗް މިލާނުގައި މަޑުކުރާނެއެވެ.

މިލާނުގެ އެއްބަސްވުން އިބްރަހިމޮވިޗް އާކުރިއިރު، އޭނާ އަންނަނީ މިލާނަށް ބަދަލުވުމަށްފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ފަހުން މިލާނަށް ބަދަލުވުމަށްފަހު، އޭނާ ވަނީ މިހާތަނަށް މިލާނަށް ކުޅެދިން 47 މެޗުގައި 28 ލަނޑު ޖަހާފައެވެ. އަދި މި ފަހަކަށް އައިސް އިބްރަހިމޮވިޗުގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވެގެންދިޔައިރު، 2016 ވަނަ އަހަރު ސްވިޑެންގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި ފޯވާޑް ދާދި ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް އަލުން ގައުމީ ޓީމަށް ކުޅެން ފަށާފައެވެ. އެކަމަކު ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިބްރަހިމޮވިޗަށް ނުކުޅެވޭނެއެވެ.

ޒްލަޓާން އިބްރަހިމޮވިޗް

އިތުރަށް ކިޔާލަން

04 ޖޫން 2023

އޭސީ މިލާނާއެކު އިބްރަހިމޮވިޗްގެ ވަދާއީ މެޗު މިރޭ

04 ޖޫން 2023
އޭސީ މިލާނާއެކު އިބްރަހިމޮވިޗްގެ ވަދާއީ މެޗު މިރޭ
16 މާރިޗު 2023

41 އަހަރުގައި އިބްރަހިމޮވިޗް ސްވިޑްންގެ ގައުމީ ޓީމަށް

16 މާރިޗު 2023
41 އަހަރުގައި އިބްރަހިމޮވިޗް ސްވިޑްންގެ ގައުމީ ޓީމަށް
26 ސެޕްޓެމްބަރު 2022

އޭސީ މިލާންގެ ފޯވާޑް އިބްރަހިމޮވިޗް ފިލްމަކަށް!

26 ސެޕްޓެމްބަރު 2022
އޭސީ މިލާންގެ ފޯވާޑް އިބްރަހިމޮވިޗް ފިލްމަކަށް!
06 ޖުލައި 2022

އިތުރު އެއް އަހަރު އޭސީ މިލާންގައި މަޑުކުރުމަށް އިބްރަހިމޮވިޗް ނިންމައިފި

06 ޖުލައި 2022
އިތުރު އެއް އަހަރު އޭސީ މިލާންގައި މަޑުކުރުމަށް އިބްރަހިމޮވިޗް ނިންމައިފި
15 ސެޕްޓެމްބަރު 2021

އިބްރަހިމޮވިޗަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

15 ސެޕްޓެމްބަރު 2021
އިބްރަހިމޮވިޗަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު