Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޒްލަޓާން އިބްރަހިމޮވިޗަށް އަނިޔާވުން

އިބްރަހިމޮވިޗަށް ޔޫރޯގައި ނުކުޅެވޭނެ

ކުރިއަށް އޮތް ޔޫރޯގައި ނުކުޅެވޭކަން އިބްރަހިމޮވިޗް މިހާރު ވަނީ އަންގާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 މެއި 2021 | ހޮނިހިރު 22:03
ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗަށް އަނިޔާވީ އިޓާލިއަން ލީގުގައި މިދިޔަ ހަފުތާގައި ޔުވެންޓަސް އަތުން 3-0 ގެ ނަތީޖާއަކުން އޭސީ މިލާން މޮޅުވި މެޗުގައެވެ. އެ މެޗުގެ 66 ވަނަ މިނެޓުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އިބްރަހިމޮވިޗް ވަނީ ބަދަލުކޮށްފައެވެ.

އެ މެޗަށްފަހު މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ވަނީ މެޗުގެ ކުރިންވެސް އިބްރަހިމޮވިޗް ހުރީ މުޅިން ފިޓްކޮށެއް ނޫން ކަމަށް ބުނެފައެވެ. އެ އަނިޔާއާ ގުޅިގެން މި ސީޒަނުގެ ބާކީބައިގައި އިބްރަހިމޮވިޗަށް ނުކުޅެވޭނެކަން މީގެ ކުރިން ޔަގީންވިއިރު، ހޮނިހިރު ދުވަހުގެރޭ އިބްރަހިމޮވިޗް ވަނީ އޭނާއަށް ޔޫރޯގައި ނުކުޅެވޭކަން ސްވިޑެންގެ ކޯޗު ޔޭން އެންޑަސަންއަށް އަންގާފައެވެ.

އަނިޔާގެ ސަބަބުން އިބްރަހިމޮވިޗަށް ޔޫރޯގައި ނުކުޅެވޭނެކަން ޔަގީންވިއިރު، މީގެ ކުރިން 2016 ވަނަ އަހަރު ސްވިޑެންގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި ފޯވާޑް ދާދި ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް އަލުން ގައުމީ ޓީމަށް ކުޅެން ފަށާފައެވެ. އެގޮތުން ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި މި ފަހުން ސްވިޑެން ކުޅުނު މެޗުތަކުގައި އޭނާ ވަނީ ކުޅެފައެވެ.

އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޔޫރޯ ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ސްވިޑެން ހިމެނެނީ ގްރޫޕް އީގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ސްޕެއިން، ޕޮލެންޑް އަދި ސްލޮވާކިއާއެވެ.

އިބްރަހިމޮވިޗުގެ ކަކުލަށް އަނިޔާވިއިރު، މި ސީޒަނުގައި އޭނާއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި އިބްރަހިމޮވިޗަށް ވަނީ އަނިޔާގެ ސަބަަބުން 17 މެޗު ގެއްލިފައެވެ.

މި ސީޒަނުގައި އިބްރަހިމޮވިޗަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، އޭނާ އަންނަނީ އަލުން އަނބުރާ މިލާނަށް ބަދަލުވުމަށްފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ފަހުން މިލާނަށް ބަދަލުވުމަށްފަހު، އިބްރަހިމޮވިޗް ވަނީ މިހާތަނަށް މިލާނަށް ކުޅެދިން 47 މެޗުގައި 28 ލަނޑު ޖަހާފައެވެ. އަދި ދާދި ފަހުން އޭނާ ވަނީ މިލާނާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފައެވެ.

ޒްލަޓާން އިބްރަހިމޮވިޗް

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީ މިލާނާއެކު އިބްރަހިމޮވިޗްގެ ވަދާއީ މެޗު މިރޭ

އޭސީ މިލާނާއެކު އިބްރަހިމޮވިޗްގެ ވަދާއީ މެޗު މިރޭ

04 ޖޫން 2023
41 އަހަރުގައި އިބްރަހިމޮވިޗް ސްވިޑްންގެ ގައުމީ ޓީމަށް

41 އަހަރުގައި އިބްރަހިމޮވިޗް ސްވިޑްންގެ ގައުމީ ޓީމަށް

16 މާރިޗު 2023
އޭސީ މިލާންގެ ފޯވާޑް އިބްރަހިމޮވިޗް ފިލްމަކަށް!

އޭސީ މިލާންގެ ފޯވާޑް އިބްރަހިމޮވިޗް ފިލްމަކަށް!

26 ސެޕްޓެމްބަރު 2022
އިތުރު އެއް އަހަރު އޭސީ މިލާންގައި މަޑުކުރުމަށް އިބްރަހިމޮވިޗް ނިންމައިފި

އިތުރު އެއް އަހަރު އޭސީ މިލާންގައި މަޑުކުރުމަށް އިބްރަހިމޮވިޗް ނިންމައިފި

06 ޖުލައި 2022
އިބްރަހިމޮވިޗަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

އިބްރަހިމޮވިޗަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

15 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު