Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެންޑީއޭ ހިއުމަން ރައިޓްސް ކޮމިޓީއަށް ހާޒިރުކުރުން

ކުރިއަށް އޮތް ތަނުގައި ކޮންމެ ކުއްޖަކަށްވެސް އެކަށައެޅޭނީ ވަކި ޓްރީޓްމަންޓް ޕްލޭނެއް- އެންޑީއޭ

މައިގަނޑު 7 ކަމެއް މިހާރުން މިހާރަށް ބަދަލުވާން ޖެހޭނެކަމަށް ބެލުމަށްފަހު ކަމާގުޅުން ހުރި މަސައްކަތްތަކެއް ފަށާފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 މާރިޗު 2021 | ހޯމަ 13:37
އެންޑީއޭ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް

އެންޑީއޭ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް

ކުރިއަށް އޮތް ތަނުގައި މަސްތުވާތަކެތީގެ ވަބާއިން ކުދިން ސަލާމަތް ކުރުމަށް ފަރުވާ ދިނުމުގައި ކޮންމެ ކުއްޖަކަށްވެސް އެކަށައެޅޭނީ ވަކި ޓްރީޓްމަންޓް ޕްލޭނެއްކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ން ބުނެފިއެވެ.

އެންޑީއޭއާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެ އޭޖެންސީގެ ބޯޑުގެ މެންބަރުންނާ ބައްދަލުކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުމުގައި އެ ބޯޑުގެ މެންބަރުން ވިދާޅުވީ އެންޑީއޭގެ ބޯޑުގައި ހުރި މަސައްކަތްތަކަށް ހުރި ގޮންޖެހުންތަކާއި، އަދި ހާއްސަކޮށް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާއިން މިހާރު ކުރެވެމުންދާ މަސައްކަތްތަކާ މެދު ދެކެނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ކުރެވެމުން ދާކަމަށެވެ.

Advertisement - newsAdvertisement

މައިގަނޑު 7 ކަމެއް މިހާރުން މިހާރަށް ބަދަލުވާން ޖެހޭނެކަމަށް ބެލުމަށްފަހު ކަމާއި ގުޅުން ހުރި މަސައްކަތްތަކެއް ފަށާފައިވާކަމަށް އެންޑީއޭގެ ބޯޑުގެ މެންބަރުން ވިދާޅުވިއެވެ. އެގޮތުން މިވީހާތަނަށް ހުރިހާ ކުދިންނަށްވެސް ދެމުން އަންނަނީ އެއް ކަހަލަ ފަރުވާތަކެއް ކަމަށާއި އެކަން އެގޮތަށް ކުރުމުން ހުރިހާ ކުދިންނަށް އެ ފަރުވާގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުކުރެވޭކަމަށް ވިދާޅުވިއެވެ. ކޮންމެ ކުއްޖަކަށް ވަކި ޓްރީޓްމަންޓް ޕްލޭންއެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއްކަމުން ކުރިއަށް އޮތް ތަނުގައި ކޮންމެ ކުއްޖަކަށްވެސް އެފަދަ ޓްރީޓްމަންޓް ޕްލޭންއެއް އެކަށައެޅިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެ މުހިއްމު އެއްކަމަކީ އެ ކުއްޖަކު ހުންނަ ތަނަކުން ފަރުވާ ލިބޭނެ އިންތިޒާމް ގާއިމްވެގެން ދިއުން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮމިއުނިޓީގައި ހުރެގެން ފަރުވާ ލިބުން ވަރަށް ހަނިކަމަށާއި އެކަން ޕައިލެޓް ކުރުމުގެ ގޮތުން ގއ. ވިލިނގިލީގައި އެ މުޖްތަމައުގައި ހުރެގެން ފަރުވާ ލިބޭނެ ކަންކަން މިހާރު ފަށައިގެން ކުރިއަށް ދާ ކަމަށެވެ. އެއީ އަދި ފުޅާ ކުރާނެ ކަމެއް ކަމަށްވެސް އެންޑީއޭއިން ބުނެއެވެ.

އެ އޭޖެންސީން ބުނީ ދެވަނަ ކަމަކީ މެޑިކަލީ އެސިސްޓެޑް ޓްރީޓްމަންޓް ދިނުން ކަމަށެވެ. އެއީ ހުކުމެއް ނެތަސް އެ މީހަކަށް މަސްތުވާތަކެތި ބޭނުން ކުރުމަކީ މައްސަލައަކަށް ވާ ހިސާބުން އެކިއެކި ބަލިބައްޔަށް ބޭސް ކުރަން ދާހެން ޑޮކްޓަރު ކައިރިޔަށް ގޮސް އެ މީހަކަށް ބޭސް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. މީގެ އިތުރުން ޑިޓޮކްސް ސަރވިސަސްގެ މުހިއްމު ކަމަށް އަލިއަޅުވާލަމުން އެންޑީއޭއިން ބުނީ ވަރަށް ގިނަ ކުދިން ހުއްޓާލަން ބޭނުންވި ނަމަވެސް ސިސްޓަމްގެ ތެރެއަށް ވަންނަން އުނދަގޫ ކަމުން ބައެއްފަހަރު ބައެއް ކުދިންނަށް ސަލާން ޖަހައިގެން ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރަމުން ގެންދިއުމަށް ފަސޭހަ ވެގެން ދާކަމަށެވެ. އަދި މިއީ ކުއްޖާއަށާއި އާއިލާއަށްވެސް ލިބޭ ބޮޑު ގެއްލުމެއް ކަމަށާއި، ވުމާއިއެކު ކުދިންނަށް ފަސޭހައިން ޑިޓޮކްސް ވެވޭނެ ނިޒާމެއް ގާއިމް ކޮށްދީ އެކަން ހުޅުވާލެވިފައި އޮންނަން ޖެހޭކަމަށް އެންޑީއޭއިން ބުނެއެވެ.

އެންޑީއޭއިން އިތުރަށް ބުނީ މިހާރު ހޯމް ބޭސްޑްކޮށް މިކަން ކުރަން ފަށައިގެން ކުރިއަށް ދާކަމަށާއި މިހާތަނަށް ގާތްގަނޑަކަށް 500އެއްހާ ކުދިން ހޯމް ބޭސްޑްކޮށް ޑިޓޮކްސްގެ ހިދުމަތް ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ފެސިލިޓީތައް އަދި ފުރިހަމަ ނުވާ ކަމަށް ބުނެ އެ އޭޖެންސީން ބުނީ ހާއްސަކޮށް ޑްރަގް ރިމާންޑް ސެންޓަރާއި އަދިވެސް އިތުރު މުހިއްމު ފެސިލިޓީތަކެއް ފުރިހަމަ ނުވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން އަންހެނުންނަށް ހާއްސަކޮށް ތަނެއް ހެދުމަށް ހުޅުމާލެއިން ބިމެއް ލިބި އެތަން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް އެންޑީއޭއިން ބުނެއެވެ.

މި ކޮމިޓީގައި ބޯޑުގެ މެންބަރުން ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ ކުއްޖަކު ޑިޓޮކްސް ކުރެވި އަދި ރިހެބިލިޓޭޝަނަށް ގޮސް ރަނގަޅުވިޔަސް އަލުން އަންނަ މާހައުލު ރަނގަޅު ނޫންނަަމަ އަލުން މަސްތުވާތަކެތި ބޭނުން ކުރުމާއި އެ މަގަށް އަނބުރާ ދިއުމަށް މަގުފަހިވާ ކަމަށެވެ. ވުމާއިއެކު އެ ކުދިންނަށް ރަނގަޅު ސަޕޯޓިވް މާހައުލެއް ގާއިމްކުރެވެން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށާއި އެގޮތުން އައްޑޫ އަދި ފުވައްމުލަކުގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހޯދުމަށް ވާނީ އިއުލާނު ކޮށްފައި ކަމަށެވެ. އަދި މާލޭގައި ވެސް މިފަދަ ސަޕޯޓިވް އެންވައިރަމެންޓެއް ހެދުމަށް ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އިއުލާނު ކުރެވޭނެ ކަމަށެވެ.

އެންޑީއޭއިން ބުނީ ނަފްސާނީ ބަލިތަކާއި ގުޅިގެން ބައެއް ކުދިން މަސްތުވާތަކެތި ބޭނުން ކުރާއިރު އަނެއްބައި ކުދިން މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ނަފްސާނީ ބަލިތަކަށް ހުށަހެޅިގެންދާ ކަމަށެވެ. އަދި އެ ކުދިންނަށް ނަފްސާނީ ގޮތުން ދިމާވާ ކަންކަން ހައްލު ކުރުމަށް ސައިކޮތެރެޕީއާއި މި ނޫނަސް މިފަދަ ފަރުވާތައް ދިނުމަށް އެންޑީއޭގައި ދެ ބެޑުގެ ފެސިލިޓީއެއް ހުރުމާއިއެކު އެންޑީއޭގެ ކްލިނިކްގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ކުރެވެން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު މި މަސައްކަތްވެސް ކުރެވެމުން ދާކަމަށާއި ތިން ތަނެއްގައި މި ކަން ކުރެވޭނެ ނިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު