Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގައި ގާއިމުކުރާ ފްލޯޓިންގ ސިޓީ

ރާއްޖޭގެ ފްލޯޓިންގ ސިޓީއަކީ ދުނިޔޭގެ މިފަދަ ފުރަތަމަ މަސައްކަތް: ރައީސް ނަޝީދު

މި މަޝްރޫއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުނިން ލޯންޗު ކުރި މަޝްރޫއެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 15 މާރިޗު 2021 | ހޯމަ 05:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގައި ޑަޗް ޑޮކްލޭންޑު ކުންފުނިން ހަދާ "މޯލްޑިވްސް ފްލޯޓިން ސިޓީ" އަކީ ދުނިޔޭގައި މިފަދަ ގޮތަކަށް ހަދާ ފުރަތަމަ ސިޓީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުނިން ލޯންޗު ކުރި މަޝްރޫއެކެވެ. ނަމަވެސް އޭގެ ފަހުން މިކަން ހުއްޓިފައި އޮތުމަށް ފަހު އަލުން މި މަޝްރޫގެ މަޝްވަރާތައް ފަށައި ކުރިއަށް ގެންގޮސްފައި ވަނީ 2019 ވަނަ އަހަރުގައެވެ.

Advertisement - newsAdvertisement

މި މަޝްރޫޢުގެ މަސައްކަތްކުރުމަށް ސޮއިކޮށްފައިވާކަމަށް ވިދާޅުވެ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި އެކަން ފާހަގަކުރައްވާ ސަބަބަކީ މިއީ ދުނިޔޭގައި ގައުމެއްގައި އަލަށް ކުރެވޭ އެބާވަތުގެ މަސައްކަތަށްވާތީ ކަމަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ހިއްސާކުރައްވަމުން މި ޕްރޮޖެކްޓްގެ ލޯކަލް ކޮންސަލްޓަންޓް އިބްރާހިމް ރިޔާޒް ވިދާޅުވީ މި ސިޓީ އަކީ އަތޮޅުތެރޭގެ ރަށެއް ގޮތަށް އާންމުންނަށް ދިރިއުޅެވޭނެ ހެން ސްކޫލާއި، ހޮސްޕިޓަލް ފަދަ ހުރިހާ މުނިސިޕަލް ޚިދުމަތެއް ވެސް ލިބޭ ގޮތަށް ހަދާ ސިޓީއެއް ކަމަށެވެ. އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައި ހަދާ މި ސިޓީގައި އަޅާ ގެތަކަކީ އާންމުންނަށް ވިއްކާނެ ތަންތަން ކަމަށައި، އެތަނުން ބިންތަކުގައި އަމިއްލައަށް ގެ އެޅުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ސިޓީގައި ދެ ބުރީގެ ފަސްހާސް ގެ އަޅަން ނިންމާފައިވާއިރު، ކޮންމެ ގެއެއްގެ ބޮޑުމިނުގައި 900 އަކަފޫޓާއި 1500 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ގެއެއް ވެސް ދެބުރިއަށް ނަގާއިރު މަތީގައި ޓެރަސް ހުންނާނެ ކަމަށާއި، ގެތައް ހުންނާނީ ވޯޓަރ ފްރަންޓަށް ވާގޮތަށް ކަމަށެވެ. ރިޔާޒް ވިދާޅުވީ އެތަނުން ގެތައް ދޫކުރަން ނިންމާފައި ވަނީ ހަމަ އާންމުން މިހާރު ވެސް ގެ ގަންނަ ގޮތަށް ބެންކު މެދުވެރިކޮށް ކަމަށެވެ. އެގޮތުން މޯގޭޖް ކޮށް ލޯނުގެ ޒަރިއްޔާއިން ވެސް ގެ ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު މި މަޝްރޫގެ އަމަލީ މަސައްކަތް ފަށަން ނިންމާފައިވާއިރު، އޭނާ ވިދާޅުވީ މި މަޝްރޫޢުއަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. 5 އަހަރާއި 8 އަހަރުގެ މުއްދަތެއްގެ ތެރޭގައި މުޅި ތަނުގެ މަސައްކަތް ނިމޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ތިން އަހަރު ތެރޭގައި ތަން ބޭނުންކުރެވޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލޯޓިންގ ސިޓީ ހެދުމާ ގުޅޭގޮތުން ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައެވެ. ރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއް އެކުލެވޭ ގައުމެއްގައި ބިން ހިއްކައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވުރެ އެފަދަ ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ރަނގަޅުވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސްފްލޯޓިންގ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު