Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިން

ދިވެހި ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ހިތްވަރުގަދަ، ބިރުކުޑަ މަސައްކަތެއް: ރޫސޯ

3 މެއި 2017 | ބުދަ 15:49

ރޫސޯ ވަނީ ރާއްޖެޓީވީގެ މަސައްކަތްތައް ބައްލަވާލައްވާ، ޗެނަލް ހިންގުމަށް ކުރިމަތިވެފައިވާ ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މައުލޫމާތު ސާފުކުރައްވާފަ

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 3 މެއި 2017 | ބުދަ 15:49
މެރިކާއިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕްރެސް، ކަލްޗަރަލް އެންޑް އެޑިއުކޭޝަނަލް އެފެއަރޒްގެ ޑިރެކްޓަރ ޖޭމްސް ރޫސޯ ރާއްޖެޓީވީގެ ބައެއް ސްޓާފުންނާއެކު

މެރިކާއިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕްރެސް، ކަލްޗަރަލް އެންޑް އެޑިއުކޭޝަނަލް އެފެއަރޒްގެ ޑިރެކްޓަރ ޖޭމްސް ރޫސޯ ރާއްޖެޓީވީގެ ބައެއް ސްޓާފުންނާއެކު

މިނިވަން މީޑިޔާގެ ހައްގުގައި ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ބިރު ކުޑަ މަސައްކަތެއް ކަމަށް ވިދާޅުވެ، އެމެރިކާއިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕްރެސް، ކަލްޗަރަލް އެންޑް އެޑިއުކޭޝަނަލް އެފެއަރޒްގެ ޑިރެކްޓަރ ޖޭމްސް ރޫސޯ ތައުރީފްކުރައްވައިފި އެވެ.

ރޫސޯ މިހެން ވިދާޅުވީ ބައިނައްލަޢުވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީއަށް ކުރެއްވި ޒިޔާރަތުގައި ރޫސޯ ވަނީ ރާއްޖެޓީވީގެ މަސައްކަތްތައް ބައްލަވާލައްވާ، ޗެނަލް ހިންގުމަށް ކުރިމަތިވެފައިވާ ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މައުލޫމާތު ސާފުކުރައްވާފަ އެވެ. އަދި، ރާއްޖެޓީވީއިން މިނިވަން މީޑިޔާއެއްގެ ހައްގުގައި ކުރަމުންދާ މަސައްކަތަށް ރޫސޯ ވަނީ ތައުރީފްކުރައްވާފަ އެވެ.

ރޫސޯގެ އިންޓަވިއުގައި ރާއްޖޭގެ ހާލަތާމެދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރ ޔާމީން ރަޝީދު މަރާލުމާއި، ރާއްޖޭގައި ނޫސްވެރިންނަށާއި މިނިވަން މީޑިޔާއަށް އެކި ފަރާތްތަކުން ކުރިމަތިކުރުވަމުންދާ ފިއްތުންތަކާމެދު ކަންބޮޑުވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ބައިނަލްއަގްވާމީ ޖަމާއަތްތަކުން ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވޭ، ހާއްސަކޮށް މިނިވަން މީޑިޔާގެ ހާލަތާއި މެދު. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ވަރަށް އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލި ތަން. އޭނާ އަކީ ޒުވާން ސޯޝަލް މީޑިއާ އެކްޓިވިސްޓެއް. އޭނަ އާއި ދިމާވުމުގެ ފުރުސަތު އަޅުގަނޑަށް ލިބިގެންދިޔަ މިދިޔަ އަހަރުގެ ތެރޭގައި. ހަމަ އެންމެ 29 އަހަރު އޭނާ އަށް، ހައިރާންކުރުވަނިވި ޒުވާނެއް. ގައުމާއި މެދު ވަރަށް ބޮޑަށް ވިސްނި. ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރަން ބޭނުންވި ޒުވާނެއް. އެފަދަ ކަމެއްވުން އެއީ ވަރަށް ހިތާމަވެރިކަމެއް،" ރޫސޯ ވިދާޅުވި އެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލިފައިވާތާ ގާތްގަނޑަކަށް 1000 ދުވަސްވެފައިވާ ކަމަށް ފާހަގަކުރައްވަމުން ރޫސޯ ވިދާޅުވީ މިފަދަ ކަންކަން ބަލާ، އެކަންކަން ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުން ނުކުޅެދިފައިވާކަން ފެންނަ ކަމަށެވެ.

"ރާއްޖޭަގައި ވަނީ އަބުރު ރައްކާތެރިކުރުމުގެ ގޮތުން ގާނޫނެއް ތައާރަފްކޮށްފަ. މީގެ ސަބަބުން ރާއްޖޭގައި މިނިވަން މީޑިޔާއަށް ބިރުވެރިކަމެއް ވަނީ އައިސްފަ. މިގާނޫނާއި މީޑިޔާތަކާއި އަމިއްލަ ފަރާތްތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، މިނިވަން ހިޔާލު ވަނީ ކަސްތޮޅު އެޅުވިފައި،" ރޫސޯ ފާހަގަކުރެއްވި އެވެ.

ރާއްޖެޓީވީ އަކީ ގައުމުގައި ހުރި އެންމެ މަގުބޫލު ސްޓޭޝަންކަމަށް ފާހަގަކުރައްވާ ރޫސޯ ވަނީ ރާއްޖެޓީވީއަށް ކުރިމަތިކުރުވަމުންދާ ފިއްތުންތަކަށް ބައްލަވާލައްވާފަ އެވެ. އެގޮތުން ރާއްޖެޓީވީއާ ދެކޮޅަށް އަޅަމުންގެންދާ ފިޔަވަޅުތަކަކީ ހަރުކަށި ފިޔަވަޅުތަކެއް ކަމަށާއި އެއީ ތަރައްގީވެފައިވާ މުޖުތަމައުއެއްގައި ފެނިގެންދާނޭ މަންޒަރެއް ނޫންކަމަށްވެސް ރޫސޯ ވިދާޅުވި އެވެ. އަދި، ރާއްޖެޓީވީ އާއި ރާއްޖޭގައި މީޑިޔާގެ ހާލަތަށް ވަރަށް ގާތުން ބަލަމުންގެންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެމެރިކާގައި ނޫސްވެރިކަމުގެ މިނިވަންކަން ފުރިހަމައަށް ދީފައި ވަނީ އޭގައި ރައްޔިތުންނަށް ގިނަ ފައިދާތަކެއް އޮތް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށްވެސް ރޫސޯ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް