Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޕޯޓް

ވާނުވާޖެހުން، ހައްލެއް ނުފެނުނު ގާނޫނީ މައްސަލައެއް!

މީހަކު ބަންދުގައި ބެހެއްޓޭނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހަމަތަކުން

މުހައްްމަދު ނިޝާން އިބްރާހިމް
މުހައްްމަދު ނިޝާން އިބްރާހިމް, ރާއްޖެ އެމްވީ | 14 މާރިޗު 2021 | އާދީއްތަ 18:55
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ވާނުވާ ޖެހުމަކީ ޒަމާނުއްސުރެ މި ރާއްޖޭގައި ހަރުލާފައިވާ އާދައެކެވެ. މިއީ ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު ނިންމާ ނިންމުމަށް ކިޔާ ނަމެކެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނުއަސާސީގެ ކުރިން މިގޮތަށް ބަންދުކުރެވިފައިވާ މީހުންގެ ޝަރީއަތްތައް ނިމުމުގައި އިންސާނެއްގެ ބުއްދިއަށް ގަބޫލުނުކުރެވޭ މިންވަރަށް ދުވަސް ދިގުލައިގެން ގޮސްފައިވެއެވެ. އަދި މިހާރުވެސް މިކަން ހިނގަނީ ހަމަ މިހެންނެވެ. މިގޮތަށް ބަންދުކުރާ މީހުންގެ ޝަރީއަތްތައް އޮންނާނެ ދުވަހެއް ނޭގި ދިގުދެމިގެންދާތީ ނުވަތަ ވާއެއް ނުވާއެއް ނޭގި ބަންދުގައި ހުންނަންޖެހޭތީ މިކަމަށް ގާނޫނީ ދާއިރާގެ މީހުން ކިޔަނީ ވާނުވާގައި ހުރުމެވެ.  

މިކަމުގައި ގާނޫނީ ގޮތުން ފުރަތަމަ ގޮތެއް ކަނޑައެޅިގެން ދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫން (CRPC Code) ފާސްވުމާއި ގުޅިގެންނެވެ. މިގާނޫނުގައި ބަޔާންވެގެންވަނީ ޝަރީއަތް ނިމެންދެން މީހަކު ބަންދުކުރުމުގައި ފަނޑިޔާރު ބަލަންޖެހޭ ކަންކަމެވެ. އެގާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގެދަށުން، މީހަކު ބަންދުކޮށްފައި ވަނިކޮށް، އެ މައްސަލައިގައި އެ މީހަކު ކުށްކުރިކަމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިއްޖެނަމަ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބެއެވެ. އެހެންނަމަވެސް މިކަމަށް އެންމެ އެދެވޭ ގާނޫނީ ފަރުވާއެއް ދީފައި ނުވެއެވެ.  

Advertisement - newsAdvertisement

މީހަކު ބަންދުގައި ބެހެއްޓޭނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާގޮތުން، ހެކި ފޮރުވުމަށް، ހެކި ބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާފާނެކަމަށް، ކޯޓަށް ހާޒިރު ނުވެދާނެކަމަށްޓަކައި، ފިލާފާނެކަމަށްޓަކައި ނުވަތަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އެމީހެއްގެ ކިބައިން އައިސްދާނެކަމަށްޓައެވެ. މިއިން ކޮންމެވެސް އެއްކަމެއް ފުރިހަމަވާނަމަ އެމީހަކު ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެވިދާނެއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިފައިވާ މީހުންގެ ޝަރީއަތްތައް ދިގުލައިގެން ގޮސް ހުކުމަކާއި ނުލައި އެމީހަކު ދެ އަހަރު، ތިން އަހަރު ނުވަތަ ހަތަރު އަހަރު ބަންދުގައި ބަހައްޓާތަން އާދެއެވެ. އަދި އެއަށްވުރެ ގިނަ ދުވަސްވެފައި ވެސް އެބަހުއްޓެވެ. މިގޮތަށް ބަންދުގައި 300 އަށްވުރެ ގިނަ މީހުން ތިބިކަން ފާހަގަކުރަމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން 30 ދުވަހަކުން މުރާޖައާ ކުރަން ވާނެކަމަށް ކަނޑައެޅުނެވެ. އެގޮތަށް ކަނޑައެޅުނު ކަމުގައި ވިޔަސް މިކަމަށް ދައުލަތުގެ ކަމާއިގުޅޭ އިދާރާއަކުން އެކަށީގެންވާ ގޮތަށް ހާޒިރުވާތަން ފެންނަމުން ނުދެއެވެ.

ކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔަ މައްސަލައެއްގައި ހިމެނޭ 3 މީހަކު އެމީހުންގެ ބަންދު، މަތީގައި ބަޔާންވެގެންވާ މުއްދަތުގައި މުރާޖައާ ކުރަމުން ނުދިޔުމުން، ގާނޫނާއި ޚިލާފަށް ބަންދުކޮށްފައިވާކަމާއި، ބަންދުން ދޫކޮށްލަދިނުމަށް އެދި ހައިކޯޓަށް މައްސަލަ އިސްތިއުނާފުކުރިއެވެ. މީގެ ތެރެއިން 2 މީހެއްގެ މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ ކަނޑައަޅާފައިވާ މުއްދަތުގައި ބަންދު މުއާޖައާކުރަމުން ނުދިޔުމަކީ މީހާ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއްކަމަށެވެ.

އަނެއް މީހާގެ މައްސަލަ ބެލީ އެހެން ފަނޑިޔާރު މަޖުލީހަކުންނެވެ. އެމައްސަލައިގައި ނިންމާފައިވާ ނިންމުން ކުރިން ނިންމި ނިންމުމާއި ތަފާތެވެ. މިގޮތަށް ވުމުން މިކަމުގައި ވާންވީ ގޮތެއް ސާފުވެގެން ނުދިޔައެވެ. މި މައްސަލައިގައި ގޮތެއް ކަނޑައަޅައި ދިނުމަށް ދައުލަތުން ސްޕުރީމް ކޯޓުގައި އެދުމުން، ނިންމާފައިވަނީ ކަނޑައަޅާފައިވާ މުއްދަތުގައި ބަންދު މުރާޖައާކުރަމުން ނުދިޔުމަކީ މީހާ ބަންދުން ދޫކޮށްލަން ޖެހޭނެ ސަބަބެއް ނޫންކަމަށެވެ.

ސްޕުރީމް ކޯޓުގެ ނިންމުމާއިއެކު ކަނޑައަޅާފައިވާ މުއްދަތުގައި ބަންދު މުރާޖައާކުރުމުގެ ރޫހު ނެތިގެން ދިޔައެވެ. ކުރީގައި އޮތްގޮތަށް ގާނޫނު ރުޖޫއަވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޝަރީއަތް ނިމެންދެން ބަންދު ކުރުން ނުވަތަ ވާނުވާ ޖެހުން، ވާނުވާއަކަށް ބަދަލުވުމެވެ. މިކަމުގައި ގާނޫނީ ގޮތުންނާއި ކޯޓުގެ ނިންމުމުންތަކުންވެސް ހައްލެއް ނުލިބުނެވެ. ވާއެއް ނުވާއެއް، ވާންވީގޮތެއް ނުވާންވީ ގޮތެއް ނޭނގުނެވެ. ހައްލުކުރުމަށް ގެނެވުނު ގާނޫނުގެ އިސްލާހުވެސް ވާނުވާއަކަށް ބަދަލުވީއެވެ. ޝަރީއަތް ނިމެންދެން ބަންދުކުރުން ވާނުވާއަށް ބަދަލުވެ އިހު އޮތްތަނަށް ރުޖޫއަވީއެވެ. ވާންވީގޮތް އެކަކަށްވެސް ނޭނގި ބަންދުގައިވާ މީހުންނާއި ވަކީލުންނާއި ޝަރުއީ ހަމަވެސް ވާނުވާއަށް ބަދަލުވީއެވެ.

ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައްޔިތުންގެ މަޖިލިސްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު