Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބުރެޒިލްގެ ހާލަތު ނާޒުކުވަނީ

ބްރެޒިލްގެ ކޮވިޑްގެ ހާލަތު އައު ލެވެލް އަކަށް – ދުވާލެއްގެ މައްޗަށް 2000 މީހުން މަރުވަނީ

މިހާތަނަށް އެގައުމުގައި 268،000ށް ވުރެ ގިނަ މީހުން މަރުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 މާރިޗު 2021 | ބުރާސްފަތި 07:57
ކޮވިޑް-19 ބްރެޒިލްގެ ހާލަތު - ބުދަ ދުވަހު އެކަނިވެސް 2000 މީހުން އެގައުމުން މަރުވެފައިވޭ

ކޮވިޑް-19 ބްރެޒިލްގެ ހާލަތު - ބުދަ ދުވަހު އެކަނިވެސް 2000 މީހުން އެގައުމުން މަރުވެފައިވޭ

ދުވާލެއްގެ މައްޗަށް ބްރެޒިލްގައި މަރުވާ މީހުންގެ އަދަދު 2000 ފަހަނަ އަޅައި ނުރައްކާތެރިކަމުގެ ރަނގަބީލުގެ އަޑު ގަދަވެއްޖެއެވެ.

ބްރަެލްގެ އާންމު ހާލަތު ގޯސްވެ ސިއްހީ މާހިރުން އިންޒާރު ދީފައިވާ މި ދަނޑިވަޅުގައި އެގައުމުގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު 2000ން މައްޗަށް އަރާފައިވާ މިއީ ފުރަތަމަ ފަހަރެވެ. އެގައުމަކީ މުޅި ދުނިޔެއިން ވެސް ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ ވެސް އެގައުމުގައެވެ. މިހާތަނަށް އެގައުމުގައި 268،000ށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު ބުދަ ދުވަހު އެކަނި ވެސް 2،286 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ސިއްހީ މާހިރުން ވިދާޅުވެފައިވަނީ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވަނީ އަވަހަށް ފެތުރޭ ވޭރިއަންޓްތަކުގެ ސަބަބުންނެވެ. ބްރެޒިލްގެ ކުރީގެ ލީޑަރު ލުއިޒް އިނާސިއޯ ލުލާ ވަނީ ބްރެޒިލްގެ ރައީސް ޖެއިރ ބޮލްސޮނާރޯ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ތާކުންތާކު ނުޖެހޭ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.

ކޮވިޑްގެ އެންމެ ގޯސް ހާލަތުގައި ވެސް މާސްކް ނާޅުއްވާ ގައިޑްލައިންތަކަށް އިހްތިރާމް ނުކުރައްވާ ގަދަ ބަސް ވިދާޅުވަމުން ގެންދެވި ބޮލްސޮނާރޯ ދާދި ފަހުން ވަނީ މާސްކް އަޅުއްވައިގެން އުޅުއްވަނިކޮށް ފެނިވަޑައިގެންފައެވެ. ބޮލްސޮނާރޯ ވަނީ ކޮވިޑްގެ ހާލަތު އާދައިގެ ގޮތަކަށް ނަންގަވައި ފިޔަވަޅުތައް އެޅުއްވުމަށް ވެސް ދޮކޮޅު ހައްދަވާފައެވެ. މި ހަފްތާގެ ކުރީކޮޅު ބޮލްސޮނާރޯ ވަނީ ކޮވިޑާ ގުޅިގެން ނުރުއިމަށް ވިދާޅުވެފައެވެ.

ބްރެޒިލްގައި ކޭސްތައް އިންތިހާއަށް އިތުރުވެފައިވާ އިރު، މިކަމުގެ ނަތީޖާއެއްގެ ގޮތުން ބްރެޒިލްގެ ބޮޑެތި ސިޓީތަކުގެ ސިއްހީ ނިޒާމްތައް ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. ބޮޑެތި ސިޓީތަކުގެ ސިއްހީ ނިޒާމް ފުނޑިދާނެ ކަމުގެ އިންޒާރު އެގައުމުގެ ޕަބްލިކް ހެލްތް ސެންޓަރ ފިއޯކްރޫޒުން ވަނީ ދީފައެވެ.

ޑޮކްޓަރެއް އަދި ދިރާސާ ކުރައްވާ ފަރާތެއްގެ ގޮތުގައި ފިއޯކްރޫޒްގައި ހަރަކާތްތެރިވާ މަރގަރެތް ޑަލްކޮލްމޯ ވިދާޅުވީ ގައުމު މިހާރު މިއޮތީ އެންމެ ނުބައި ހާލަތުގައި ކަމަށެވެ. އަދި 2021 ވަނަ އަހަރަކީ ފިއްތުންތައް ކުރިމަތިވާނެ ދަތި އަހަރެއް ކަމަށެވެ.

ބުދަ ދުވަހު އެކަނި ވެސް ބްރެޒިލްގައި 79،876 އައު ކޭސް ރިޕޯޓް ކޮށްފައިވެއެވެ. މިއީ އެއްދުވާ އެންމެ ގިނަ ކޭސްތައް ރިޕޯޓްކުރެވުނު 3 ވަނަ ދުވަހެވެ. ފާއިތުވި ދުވަސްތަކުގައި ބްރެޒިލްގައި ފެންނަ ކޭސްތައް ފަތުއަޑު ކިޔާފައި އިތުރުވަމުން އަންނަނީ ހަލުވިމިނެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ވޭރިއެންޓެއްގެ ސަބަބުންނެވެ. ނޭމްޑް-ޕީ1 ގެ ނަމުން ނަންދީފައިވާ މި ވައިރަސް އުފެދިފައިވަނީ އެމަޒޯންގެ މަނައުސްގައެވެ.

ބަލީގައި ބުދަ ދުވަހު 2،286 މީހުން ވަނީ މަރުވެފައެވެ. ފިއޯކްރޫޒުން ބުނެފައިވަނީ ވެރިކަން ކުރާ 15 ރަށެއްގެ އައިސީޔޫ ކެޕޭސިޓީ ކުރީ 90 އިންސައްތައިގައި ކަމަށެވެ. މީގެ ތެރޭގައި ރިއޯ ޑި ޖެނެއިރޯ އާއި ސައު ޕައުލޯ ހިމެނެއެވެ. މީގެ އިތުރުން ބްރަސިލިއާގެ އައިސީޔޫ ބެޑް ކެޕޭސިޓީވަނީ އެއްކޮށް ފުލްވެފައެވެ. މީގެ އިތުރުން ވެސް ޕޯރޓޯ އެލެގްރެ އަދި ކެމްޕޯ ގަރާންޑޭގެ ވެސް އައިސީޔޫ ބެޑްތައް ވަނީ ފުލްވެފައެވެ. މިއާއެކު ފިއޯކްރޫޒުން ވަނީ ސިއްހީ ނިޒާމަށް ނުކަތާވަރަށް ކޭސްތައް ފެނި، މުޅި ސިއްހީ ނިޒާމް ފުނޑިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ފުއްޕާމޭގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޕްޑްރޯ ހައްލާލް ބީބީސީގެ އައުޓްސައިޑް ސޯސް ޓީވީ ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ އަވަސް މުސްތަގުބަލެއްގައި އާބާދީއަށް ވެކްސިން ޖަހަން ނުފަށައިފިނަމަ ބޮޑު ކާރިސާއަކަށް މިކަން ވެގެން ހިނގައިދާނެ ކަމަށެވެ. އަދި މިހާރު ކަންކަން ހިނގަމުން އަންނަ ގޮތުން، މައި ސަރުކާރުން ރައްޔިތުން ބާކީކޮށްލާފައިވާކަމުގެ އިހްސާސްތަކެއް ކުރެވޭ ކަމަށެވެ.

ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ވަނީ ޕެންޑަމިކް ފެށުނުތާ ކުރީ ކޮޅުވެސް މިކަމަކީ ބޮޑުކަމަކަށް ނުހައްދަވާ އާދައިގެ ގޮތަކަށް ކަންކަން ނަންގަވާފައެވެ. މީގެ އިތުރުން ސަރަހައްދީ ފެންވަރުގައި ކަރަންޓީން ފިޔަވަޅުތައް އަޅަން ނިންމުމާއެކު އެކަމަށް ފާޑުވިދާޅުވެ އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ގެއްލުންވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ވައިރަސްގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް އެ ފިޔަވަޅުތަކުގެ ސަބަބުން ލިބިދާނެ ކަމަށް ވިދާޅުވެ ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ބޮލްސޮނާރޯ ވަނީ ފާޑުވިދާޅުވެފައެވެ.

ބްރެޒިލްގެ ކުރީގެ ލީޑަރު ލުލާ ވަނީ ބޮލްސޮނާރޯގެ ތާކުންތާކު ނުޖެހޭ ނިންމުންތަކަށް ތަބާނުވެ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް ގޮވާލައްވާފައެވެ. މިއީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު ފަހުން އާންމުންނާ މުހާތަބު ކުރައްވައި ލުލާ ދެއްކެވި ވާހަކައިގައި އެދިލެއްވި ފުރަތަމަ ކަމެވެ. ބުދަ ދުވަހު ލުލާ ވިދާޅުވީ ފިޔަވަޅުތަކެއް އެޅުއްވި ނަމަ ގިނަ މީހުން މަރުވުމުން ސަލާމަތް ކުރެވުނީސް ކަމަށެވެ. ލުލާގެ ވާހަކަތަކަށް ބޮލްސޮނާރޯ ވަނީ ރައްދު ވެސް ދެއްވާފައެވެ.

ޕްރިލިމިނަރީ ޑާޓާތައް ދައްކާ ގޮތުން، ޕީ-1 ވޭރިއެންޓް ވައިރަސްގެ އޮރިޖިނަލް ވޭރިއަންޓް ފެތުރޭ މިންވަރަށްވުރެ ދެގުނަ އަވަހަށް ފެތުރެއެވެ. މީގެ އިތުރުން ކުރިން ވައިރަސް ޖެހި ރަނގަޅުވެފައި ހުއްޓަސް، އަދި އިމިއުނިޓީ ލިބިފައި ހުއްޓަސް ވައިރަސް ޖެހުމުގެ ފުރުސަތު 25 – 60 އިންސައްތައާ ދެމެދުގެ ހުރިކަމަށް ދައްކައެވެ.

މިދިޔަ ހަފްތާގައި ފިއޯކްރޫޒުން ބުނެފައިވަނީ ޕީ-1 އަކީ ބައިވަރު ވޭރިއަންޓްތަކުގެ ތެރެއިން އެންމެ ކަންބޮޑުވާ ވޭރިއަންޓް ކަމަށާއި، މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން 6 ނުވަތަ 8 ސްޓޭޓްގައި ވޭރިއަންޓްގެ ބާރު ގަދަވެފައިވާ ކަމަށެވެ. ބްރަޒިލްގެ ކަމާ ބެހޭ ފަރާތްތަކުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން ވެސް ވަނީ ބްރަޒިލްގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބްރަޒިލްގެ ހާލަތާއެކު ސައިންސްވެރިންގެ ކަންބޮޑުވުމަކަށް ވެފައިވަނީ ބްރަޒިލް އަކީ ގުދުރަތީ ގޮތުން ވައިރަސް އުފެދޭ ލެބޯޓަރީއަކަށް ވެދާނެކަމުގެ ބިރެވެ. މީގެ އިތުރުން ބްރަޒިލް އަކީ އައު ވޭރިއަންޓް އުފެދި އަދި ފެތުރޭ ބިން ކަމަށް ވެދާނެކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ސޯޝަލް ޑިސްޓޭންސިންގ ނުބެހެއްޓުމާއި، ވެކްސިން ނުޖެހުމެވެ. ވައިރަސް ފެތުރެން ގިނަ ދުވަސް ހޭދަވާނަމަ ވައިރަސް މިއުޓޭޓްވުމުގެ ފުރުސަތު ވެސް ބޮޑުވެއެވެ. ޕީ-1 އަކީ ވެސް އެގޮތަށް މިއުޓޭޓްވި ވޭރިއަންޓެކެވެ.

ބައިނަލް އަގުވާމީ ތަޖުރިބާ ކާރުން ދަނީ، އަވަހަށް ވެކްސިން ޖެހުމަށާއި، ލޮކްޑައުން ކުރުމަށާއި، ސޯޝަލް ޑިސްޓޭންސް ބެހެއްޓުމަށް ހަރުކަށި ޕްލޭނެއް ތައްޔާރުކުރުމަށް ގޮވާލަމުންނެވެ. މިކަމުގައި ބޮޑު ކަންބޮޑުވުމެއް އަންނަނީ ޕީ-1 އެ ސަރަހައްދުގައި ފެތުރެމުން އަންނަ މިންވަރުންނާއި، މިއީ ދުނިޔެއަށް ވެސް އޮތް ނުރައްކަލަކަށް ވާތީއެވެ.

ކޮވިޑް-19ށް އުފައްދާފައިވާ ވެކްސިންތައް މިވަގުތު ވޭރިއަންޓްތަކަށް އަސަރު ކުރި ނަމަވެސް، ވެކްސިން ދިނުން ލަސްކޮށްފި ނަމަ އޭގެ އަސަރު ވައިރަހަށް ކުރާ މިންވަރު ދަށްވެދާނެ ކަމަށް މާހިރުން ބުނެއެވެ. ސަބަބަކީ ވެކްސިން އުފައްދާފައިވަނީ ކުރީގެ ވޭރިއަންޓަށް ކަމަށް ވުމުންނެވެ.

އެސްޓްރަޒެނިކާ/އޮކްސްފޯޑް ޔުނިވަރސިޓީގެ ވެކްސިނާއި، ކްރޯނާވެކް ވެކްސިންގެ 200 މިލިއަނަށްވުރެ ގިނަ ވެކްސިން ޑޯޒް އެގައުމުން ވަނީ އޯޑަރު ކޮށްފައެވެ. އަދި މިހާތަނަށް 8 މިލިއަނަށްވުރެ ގިނަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، މިއީ ބްރަޒިލްގެ މުޅި އާބާދީގެ އެންމެ 4 އިންސައްތައެވެ.

އެސްޓްރަޒެނިކާގެ ޕްރިލިމިނަރީ ހޯދުންތަކުން ދައްކާ ގޮތުން ޕީ-1 ވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތް ކުރާނއެވެ. ނަމަވެސް ވެކްސިން އުފެއްދި ފަރާތްތަކުން ބުނެފައިވަނީ ލިބޭ ރައްކާތެރިކަން ކުޑަވެދާނެ ކަމަށާއި، އެހެންނަމަވެސް ގިނަ ބަލިތަކުން ރައްކާތެރި ކޮށްދޭނެ ކަމަށެވެ.

ބްރަޒިލްގައި ކުރިއަށްގެންދިޔަ އެހެން ދިރާސައަކުން ދައްކާ ގޮތުން ޗައިނާގެ ސިނޮވެކް ބައޯފާމަސޫޓިކަލް ކުންފުނިން އުފައްދާފައިވާ ކްރޯނާވެކް ވެކްސިން ވެސް އައު ވެރިއަންޓާ ދެކޮޅަށް މަސައްކަތް ކުރެއެވެ. މީގެ އިތުރުން ފައިޒާގެ ވެކްސިނުން ވެސް ބްރަޒިލްގެ ވޭރިއަންޓަށް އަސަރު ކުރެއެވެ.

ކޮވިޑް-19ކޮވިޑް19ބްރެޒިލް

ކޮމެންޓް

އިތުރަށް ކިޔާލަން

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު