Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލައިޕްޒީގް ބަލިކޮށް ލިވަޕޫލް ކުއާޓާއަށް

ލިވަަޕޫލަށް ކުރި ލިބުނީ 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 މާރިޗު 2021 | ބުރާސްފަތި 04:37
ލިވަޕޫލާއި ލައިޕްޒީގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޯލުވީ 2-0 ން

ލިވަޕޫލާއި ލައިޕްޒީގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޯލުވީ 2-0 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އާރްބީ ލައިޕްޒީގް ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ލިވަޕޫލާއި ލައިޕްޒީގުގެ ދެ ލެގުވެސް ކުޅެފައިވަނީ ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގައެވެ. އެގޮތުން ބުދަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުން 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވިއިރު، ފުރަތަމަ ލެގުންވެސް ލިވަޕޫލް ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ލިވަޕޫލް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި އެ ޓީމުގެ ޑިއޯގޯ ޔޮޓާ އާއި މުޙައްމަދު ސަލާހަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މުޅި މެޗުގައިވެސް ލިވަޕޫލުގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ޔޮޓާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަލާހެވެ.

އަދި އޭގެ ހަތަރު މިނެޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިވޮކް އޮރީގީ ހުރަސްކޮށްދިން ބޯޅައަކުން ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ލައިޕްޒީގަށް ލަނޑެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސަންޑަ ސޯލޯތުއެވެ. އެގޮތުން އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ބުރުގެ ދެ ލެގުންވެސް ލައިޕްޒީގް ބަލިކޮށް މުބާރާތުގެ ކުއާޓާއަށް ލިވަޕޫލް ދަތުރުކުރިއިރު، މިހާތަނަށް ހަތަރު ޓީމެއް ވަނީ ކުއާޓާގެ ޖާގަތައް ޔަގީންކޮށްފައެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުން އޮންނާނީ މި މަހު 19 ވަނަ ދުވަހުއެވެ.

ޗެމްޕިއަންސް ލީގުލިވަޕޫލްއާރްބީ ލައިޕްޒީގް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު