Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަތައް

ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަ ވެރިންނާ މަޝްވަރާކޮށްގެން ހައްލުކުރެވޭނެ - ރައީސް

10 މާރިޗު 2021 | ބުދަ 14:39

2008ގައިވެސް އެ މައްސަލަތައް ހައްލުކުރީ ވެރިންނާ މަޝްވަރާކޮށްގެން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 10 މާރިޗު 2021 | ބުދަ 14:39
ރައީސް ސޯލިހު ކެބިނެޓް ވަޒީރުންނާ ބައްދަލުކުރައްވަނީ

ރައީސް ސޯލިހު ކެބިނެޓް ވަޒީރުންނާ ބައްދަލުކުރައްވަނީ

ކެބިނެޓް ވަޒީރަކާ ހަވާލުކޮށްފައިވާ މައްސޫލިއްޔަތު އަދާކުރުމުގައި ފެއިލްވެފައިވާކަމަށް ބުނެ ފެންމަތިވާ ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަތައް ވެރިންނާ މަޝްރަވާކޮށްގެން ހައްލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މަގާމުތަކުގައި ތިއްބަވައިގެން ކުރައްވަނީ އަމިއްލަ މަސައްކަތް ނޫން ކަމަށެވެ. ކޮންމެ މަގާމެއްގައި ހުރެވެސް ނަންގަވަނީ ވަރަށް ބޮޑު ޒިންމާއެއްކަން ހުރިހާ ވަޒީރުންނަށްވެސް އެނގިވަޑައިގަންވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ މަގާމެއްގައި ހުންނަވާއިރު އަމިއްލަ މަސްލަހަތަށް ވުރެ ޒިންމާ ބޮޑުކަމަށާއި އެހެންވެ ކަންކަމާ ގުޅިގެން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެކަން ފާހަގަކުރައްވައި ވިދާޅުވީ އެއީ ޒާތީގޮތުން ކުރައްވާ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކަކީ އަލަށް ދިމާވި މައްސަލަތަކެއް ނޫން ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުވެސް އެފަދަ މައްސަލަތައް ދިމާވެ ޕާލިމެންޓަރީ ގްރޫޕުން ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އޭރު އެކަންކަން ނިންމެވީ ސަރުކާރާ މަޝްވަރާކޮށް އިންޓަރނަލް ކަންކަމުގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ. ދެންވެސް އެގޮތަށް ކަންތައް ކުރެވެން ޖެހޭނެކަމަށާއި، އެކި ޕާޓީތަކުގެ ވަޒީރުން ތިބިނަމަވެސް މިއީ އެއް ސަރުކާރެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ފަސްއަހަރު މި ކޯލިޝަން ދެމި އޮންނާނެ ކަމަށާއި، އެއީ ރައްޔިތުންގެ ނިންމުމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެބިނެޓުގެ ވަޒީރަކަށް އިތުބާރު ނެތްކަމުގެ މައްސަލައެއް އުޅޭނަމަ އަދި މަޖިލީހުން އެއްވެސް ވަޒީރަކަށް އިތުބާރު ކުރެވެން ނެތްކަމަށް ގަބޫލުކުރާނަމަ އެންމެ ރަނގަޅު ގޮތަކީ އެކަމެއްވީ އެންމެ އަވަހަކަށް އެމަނިކުފާނަށް ގެންދިއުން ކަމަށެވެ. އެގޮތުން އެންމެ ފަހުން ވަކިކުރެއްވި ޓެކްނޮލޮޖީ މިނިސްޓަރ މަލީހުގެ މައްސަލައަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އެ މައްސަލަވެސް ފުރިހަމަ އަޢުލަބިއްޔަތުގެ ސޮޔާއެކު އެމަނިކުފާނަށް ހުށަހެޅި ކަމަށެވެ. އަދި އެކަން ދިޔައީ މަލީހު ބޭނުންފުޅުވި ގޮތަށްކަމަށާ އެކަމާ މަޝްވަރާކުރުމުން ބޭނުންފުޅުވީ އަމިއްލަފުޅަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ދިފާޢުގައި ވާހަކަދެއްކުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދެންވެސް އެފަދަކަމެއް މެދުވެރިވެއްޖެނަމަ ހަމަ އެ އުސޫލުން ރައީސްއާ ހަމައަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ސަރުކާރަށް ދެ އަހަރުވެ ތިން އަހަރަށް އަޅާފައިވާއިރު މިހާތަނަށް ހަތަރު ވަޒީރަކު ވަނީ މަގާމުން ވަކިކޮށްފައެވެ. އެގޮތުން އިތުބާރު ނެތްކަމަށް ނިންމައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުންނެވި ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް 2020 ވަނަ އަހަރު ވަކިކުރެއްވިއިރު، ކޮވިޑް-19އާ ގުޅިގެން ހިންގި ޚިޔާނާތުގެ މައްސަލަތަކެއްގައި ޖުމްހޫރީ ޕާޓީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި މުވައްޒަފުންނަށް ޖިންސީ ގޯނާކުރި މައްސަލަތަކެއްގައި ޖުމްހޫރީ ޕާޓީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެ މަގާމުން ވަކިކުރެއްވީ ޚުދު ރައީސް ސޯލިހެވެ. އަދި ދާދިފަހުން އިތުބާރު ނެތްކަމަށް ނިންމާ ހަމަ ޖޭޕީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަމާލްވެސް ވަނީ ވަކިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް