Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު

ދެން އަޅާ ފްލެޓްތައް ހުންނާނީ އެއް ތައްގަނޑަކަށް، އެއް އަގެއްގައި، އެއް ސައިޒަކަށް ނޫން- މިނިސްޓަރ

10 މާރިޗު 2021 | ބުދަ 09:45

މިނިސްޓަރ އަސްލަމް ވިދާޅުވީ ގޯތި ގެދޮރުގައި މީހުން އުޅޭ ޖާގައިގެ ތަނަވަސްކަން ބިނާ ވެގެން ވަނީ އެބަޔަކަށް ލިބޭ އާމްދަނީގެ މައްޗަށް ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 މާރިޗު 2021 | ބުދަ 09:45
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

ދެން އަޅާ ފްލެޓްތައް ހުންނާނީ އެއް ތަށްގަނޑަކަށް، އެއް އަގެއްގައި، އެއް ސައިޒަކަށް ނޫން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ގޯތި ގެދޮރުގައި މީހުން އުޅޭ ޖާގައިގެ ތަނަވަސްކަން ބިނާ ވެގެން ވަނީ އެބަޔަކަށް ލިބޭ އާމްދަނީގެ މައްޗަށް ކަމަށެވެ. އެގޮތުން މާލޭގެ އާބާދީވެސް ހިމަނައިގެން ހަތަރު ކެޓަގަރީ އަކަށް ގިންތި ކޮށްލެވޭ ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ ފުރަތަމަ ކެޓަގަރީއަކި ފަގީރުންގެ ގޮތުގައި ބަލާ މީހުން ކަމަށެވެ.

Advertisement - newsAdvertisement

އެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނީ ދައުލަތުން ފޯރުކޮށްދޭ ހައުސިންގގެ ގޮތުގައި ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ އެކަމަށް މި ސަރުކާރުގެ ސިޔާސަތުގައި އޮތީ ކައުންސިލް ޕްރޮޕަޓީތަކުގައި ހުންނަ ކައުންސިލް ހައުސިންގތައް ދިނުން ކަމަށެވެ. އެގޮތުން މާލޭގައި ހައުސިންގއަށް ބޭނުންވާ މީހުންގެ ތެރެއިން 3000 މީހުންނަކީ އާމްދަނީއަށް ބަލާއިރު ކައުންސިލް ހައުސިންގއަށް ފެތޭ މީހުން ކަމަށް މިނިސްޓަރ ހާމަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ދެވަނަ ކެޓަގަރީގެ މީހުންނަކީ 17،000އާއި 32،000 ދެމެދުގެ އާމްދަނީ ލިބޭ ފަރާތްތައް ކަމަށެވެ. އަދި އެއީ އެ އާމްދަނީ އަކީ މަހުން މަހަށް ހައުސިންގއަށް އެ ބޭނުންވާ ހަމަ އަގު ދެއްކޭނެ އެހެން ނަމަވެސް ބޭންކުގެ ލޯން ފެސިލީޓީ ކްރައިޓީރިއާއިން ލޯނު ނުލިބޭ ފަރާތްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ފަރާތްތަކަށް މަހުން މަހަށް ދައްކާ ގޮތަށް ދިގު މުއްދަތުން ހަލާސްކުރާ ގޮތަށް ފްލެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ކެޓަގަރީއަށް ފެތޭ 5،700 އާއިލާއެއް އެބަތިބި ކަމަށް ސަރުކާރުން ކުރި ސަރވޭއަކުން ދައްކާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިން ވަނަ ކެޓަގަރީގެ އާއިލާތަކަކީ 32،000އާއި 61،000 ދެމެދުގެ ޖުމްލަ އާމްދަނީ ލިބޭ އާއިލާތައް ކަމަށެވެ. މި ކެޓަގަރީގައި 5،500 އާއިލާއެއް ހިމެނޭ ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ ބާކީ ތިބި ތިންހާސް އެއްސަތޭކަ މީހުންނަކީ ހައި އިންކަމް ކެޓަގަރީގެ މީހުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޑްއިރެކްޓް އިންޓަރވެންޝަނެއް އެ ކެޓަގަރީގައި ހެދުމުގެ ސިޔާސަތެއް ނެތް ކަމަށެވެ. އަދި އެއީ މާކެޓް ޑިމާންޑްގައި ހިނގާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހުރިހާ ކަމަކަށް ބަލައި ކައުންސިލް ކެޓަގަރީގައި 3000، އެފޯޑަބަލް ކެޓަގަރީގައި 5،700 އަދި މިޑްލް އިންކަމްގައި 5،500 ހައުސިންގ ޔުނިޓް އެޅުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ 11 ޕްރޮޖެކްޓްގައި މި ތިން ކެޓަގަރީއަށް ބަހާލައިގެން ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރިއަށް ދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ވުމާއެކު ދެން އެޅިގެންދާނީ އެއް ތައްގަނޑަކަށް، އެއް އަގެއްގައި، އެއް ސައިޒަކަށް ހުންނަ ހައުސިންގ ޔުނިޓްތަކެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް