Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިކުރާމް އިސްތިއުފާ ދެއްވުން

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކުރާމް އިސްތިއުފާ ދެއްވައިފި

އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކާ ގުޅިގެން ކަމަށް އިސްތިއުފާގެ ސިޓީގައި ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 މާރިޗު 2021 | ބުދަ 06:53
މޯލްޑިވް ގޭސް ވަގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކްރާމް ޢަލީ

މޯލްޑިވް ގޭސް ވަގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކްރާމް ޢަލީ

މޯލްޑިވް ގޭސް ވަގުތީގޮތުން ހިންގުމާ ހަވާލުވެހުންނެވި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކްރާމް ޢަލީ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މޯލްޑިވްސް ގޭހަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށްވާއިރު އެސްޓީއޯ އިން ބުނީ އިކްރާމް އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކާ ގުޅިގެން ކަމަށެވެ.

އިކްރާމް އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ މައްޗަށް އެތަނުގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމާއި، އަދި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ. އިކްރާމްގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތަކީ ކޯވިޑާ ގުޅިގެން ރާއްޖެއަށް އޮކްސިޖަން ސިލިންޑަރު ގެނައުމަށް މޯލްޑިވް ގޭހުން ހިންގިކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެވެ. ކޮވިޑާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމަށް ހިންގި ޚިޔާނާތް 16 މިލިއަން ރުފިޔާއަށް އަރައެވެ.

އިކްރާމް މިއަދު އިސްތިއުފާ ދެއްވިއިރު، މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ޝިޔާމް ވެސް ހުންނެނީ ކޮރަޕްޝަންގެ ތުހަމަތުގައި ސަސްޕެންޑް ކޮށްފައެވެ. ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލަ ނިންމުމަށްފަހު، ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް ވަޑައިގެންނެވި ޝަޒައިލް ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަގާމު ފުރުއްވާފައެވެ.

މިދިޔަ ސަރުކާރުގައި ވެސް މޯލްޑިވް ގޭސް ކުންފުނިން ހިންގި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

މޯލްޑިވް ގޭސް

އިތުރަށް ކިޔާލަން

25 އެޕްރީލު 2024

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅައިފި

25 އެޕްރީލު 2024
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅައިފި
01 ޑިސެމްބަރު 2023

އެސްޓީއޯގެ ދަށުން ހިންގާ 3 ކުންފުންޏަކަށް އިސް ބޭފުޅުން އައްޔަންކޮށްފި

01 ޑިސެމްބަރު 2023
އެސްޓީއޯގެ ދަށުން ހިންގާ 3 ކުންފުންޏަކަށް އިސް ބޭފުޅުން އައްޔަންކޮށްފި
02 ނޮވެމްބަރު 2021

ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގެ ޚާއްސަ ނިޒާމެއް ގާއިމުކުރަނީ

02 ނޮވެމްބަރު 2021
ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގެ ޚާއްސަ ނިޒާމެއް ގާއިމުކުރަނީ
25 މެއި 2021

ރާއްޖެއަށް އެކަށީގެންވާ ވަރަށް އޮކްސިޖަން ފޯރުކޮށްދެވޭނެ ގާބިލްކަން އެބަހުރި - ސަރުކާރު

25 މެއި 2021
ރާއްޖެއަށް އެކަށީގެންވާ ވަރަށް އޮކްސިޖަން ފޯރުކޮށްދެވޭނެ ގާބިލްކަން އެބަހުރި - ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު