ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 16:45
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން
ރާއްޖެ ބޮޑީބޯޑިން
މޯލްޑިވް ގޭސް
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅައިފި
 
އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ނެރެދެއްވުމަށްވެސް ކޯޓުގައި އެދިފައިވޭ
 
ކޮންމެ ދަޢުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން
 
ޖުމްލަ 7 ދައުވާއެއްވަނީ އުފުލާފައި

މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫންއަށާއި، ޢަބްދުﷲ މައުމޫންގެ ޢާއިލީ ބައެއް ފަރާތްތަކަށް އަދި ޢަބްދުﷲ މައުމޫންއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި އަންނަނަވި ދަޢުވާތައް ކުރުމަށް 18 އެޕްރީލް 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ހ. ހެންވޭރުފެހި، ޢަބްދުﷲ މައުމޫންގެ މައްޗަށް، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުން، ރިޝްވަތު ހިފުމުގެ ކުށުގެ 7 ދައުވާއެވެ. ކޮންމެ ދަޢުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މި ދައުވާތަކަކީ ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ ގޮތުގައި އުފުލާފައިވާ ދައުވާތަކެކެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 1 ކުރާ ސަބަބު:

މޯލްޑިވް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 04 އޭޕްރީލް 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓެއްގެ އަގަށްވާ 634،700 (ހަ ލައްކަ ތިރީސް ހަތަރު ހާސް ހަތްސަތޭކަ އެމެރިކާ ޑޮލަރު) ޖަމާކޮށްފައިވެއެވެ.

އަދު 07 އޭޕްރީލް 2016 ދުވަހު ޢަބްދުﷲ މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު: 6320203811 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 29،941.50 (ނަވާވީސް ހާސް ނުވަސަތޭކަ ސާޅީސް އެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީއެވެ.  

ރިޝްވަތު ހިފުމުގެ ދަޢުވާ 2 ކުރާ ސަބަބު:

މޯލްޑިވް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 07 ޖޫން 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓެއްގެ އަގަށްވާ 686،950 (ހަ ލައްކަ އަށްޑިހަ ހަ ހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށް މަސައްކަތް ކޮށްފައިވެއެވެ،.

އަދި 14 ޖޫން 2016 ދުވަހު ޢަބްދުﷲ މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު:6320203811 އެކައުންޓަށް 49،921.50 (ސާޅީސް ނުވަހާސް ނުވަސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) އާއި 26 ޖޫން 2016 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުންނަ ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު: 7730000025932 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 12،201.50 (ބާރަ ހާސް ދުއިސައްތަ އެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 3 ކުރާ ސަބަބު:

މޯލްޑިވް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 01 އޮގަސްޓް 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ 633،050 (ހަލައްކަ ތިރީސް ތިން ހާސް ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށް މަސައްކަތްކޮށްފައިވެއެވެ،

އަދި 4 އޮގަސްޓު 2016 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު: 7730000025932 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 49،949.50 (ސާޅީސް ނުވަ ހާސް ނުވަސަތޭކަ ސާޅީސް ނުވަ އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީކަމަށް ދައުވާގައި ބުނެފައިވެއެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 4 ކުރާ ސަބަބު:

މޯލްޑިވް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 30 މާރިޗު 2017 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ 698،000 (ހަ ލައްކަ ނުވަދިހަ އަށް ހާސް އެމެރިކާ ޑޮލަރު) ޖަމާކޮށްފައިވެއެވެ.

09 އޭޕްރީލް 2017 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ އައި ޑިވެލޮޕަރޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 99010148000918200 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 24،930 (ސައުވީސް ހާސް ނުވަ ސަތޭކަ ތިރީސް ޑޮލަރު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާކަމަށް ބުނެފައިވެއެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 5 ކުރާ ސަބަބު:

މޯލްޑިވް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 15 މޭ 2017 ދުވަހު US$640،000 (ހަ ލައްކަ ސާޅީސް ހާސް ޑޮލަރު) ގެ ޕޭމަންޓެއް ޖަމާކޮށްފައިވާއިރު، 31 މޭ 2017 ދުވަހު ޢަބްދުﷲ މައުމޫންގެ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 90403100232202000  އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 46،555 (ސާޅީސް ހަ ހާސް ފަސްސަތޭކަ ފަންސާސް ފަސް ޑޮލަރުު) ޖަމާކުރަން މަސައްކަތް ކޮށްފައިވެއެވެ.

އަދި މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާކަމަށް ދައުވާގައި ބުނެފައިވެއެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 6 ކުރާ ސަބަބު:

މޯލްޑިވް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 19 ޖޫން 2017 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ 580،096 (ފަސްލައްކަ އަށްޑިހަ ހާސް ނުވަދިހަ ހަ ޑޮލަރު) އާއި 25 ޖުލައި 2017 ދުވަހު ފޮނުވާފައިވާ 649،00 (ހަ ލައްކަ ސާޅީސް ނުވަ ހާސް ޑޮލަރު) ޖަމާކޮށްފައިވާއިރު، 23 އޮގަސްޓު 2017 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 90101480009682000 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 49،955 (ސާޅީސް ނުވަ ހާސް ނުވަ ސަތޭކަ ފަންސާސް ފަސް ޑޮލަރު) ޖަމާކުރަން މަސައްކަތް ކޮށްފައިވެއެވެ.

އަދި މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 7 ކުރާ ސަބަބު:

މޯލްޑިވް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން، 19 ސެޕްޓެންބަރު 2017 ދުވަހު ތްރީ.ޑީ.އެޗްގެ ނަންބަރު އެކައުންޓަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށް ފޮނުވާފައިވާ 765،000 (ހަތް ލައްކަ ފަސްދޮޅަސް ފަސް ހާސް ޑޮލަރު) ޖަމާކޮށްފައިވެއެވެ.

އަދި 08 އޮކްޓޫބަރު 2017 ދުވަހު ޢަބްދުﷲ މައުމޫންގެ އެއްބަފާބޭބެ ކ.މާލެ، ހ.ހެންވޭރުފެހި އަޙްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު: 770112391001 އެކައުންޓަށް، ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 34،950 (ތިރީސް ހަތަރުހާސް ނުވަ ސަތޭކަ ފަންސާސް ޑޮލަރު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ ދައުވާ އުފުލާފައިވާ ކަމަށް ބުނެފައިވެއެވެ.

މި މުޢާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި ޢަބްުދުﷲ މަޢުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ.  

ޢަބްދުﷲ މަޢުމޫންއަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް މަޢުލޫމާތުދީފައިވާތީ ދަޢުވާލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް އެންމެ އަވަސް ތާރީޚަކަށް ތާވަލުކޮށްދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ.

އަދި ދަޢުވާލިބޭ މީހާ ޝަރީޢަތަށް ހާޒިރުވުމަށް އިންކާރުކުރައްވާ ހާލަތުގައި، އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ނެރެދެއްވުމަށްވެސް ކޯޓުގައި އެދިފައިވާނެއެވެ. އެފަދަ އަމުރެއް ނެރެދެއްވާ ހާލަތުގައި އިންޓަރޕޯލް މެދުވެރިކޮށް، ދަޢުވާލިބޭ މީހާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ޚިދުމަތަށް ފަހިވާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް