Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީރާއަށް ލިބުނު އާމްދަނީ

ފެބުރުއަރީ މަހު މީރާއިން 994.12 މިލިއަން ރުފިޔާ ބަލައިގެންފި

މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 މާރިޗު 2021 | ބުދަ 06:22
ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދިޔަ ގޮތް

ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދިޔަ ގޮތް

ފެބުރުއަރީ 2021 ގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 994.12 މިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން ބުނީ ފެބުރުއަރީ 2020 ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު ފެބުރުއަރީ 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ހާލަތެވެ. މިގޮތުން، ގްރީން ޓެކްސް، ބީ.ޕީ.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ފެބުރުވަރީ 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ފެބުރުއަރީ 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ އިތުރު ސަބަބެކެވެ. މި ފީ ފެބުރުއަރީ 2021 ގައި ލިބިފައެއް ނުވެއެވެ.

ނަމަވެސް، ޓޫރިޒަމް ދާއިރާގެ އިޤްތިޞާދު މިހާރު ރަނގަޅުވަމުން ދާތީ، ފެބުރުއަރީ 2021 ގައި ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ އެ މަހުގައި ލިބިފައިވާ އާމްދަނީ 41.2 އިންސައްތަ އިތުރުވެފައިވާކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ ސަބަބަކީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުންކަމުގައި މީރާއިން މައުލޫމާތުދެއެވެ.

ފެބުރުއަރީ 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 67.7 އިންސައްތަ ނުވަތަ 672.79 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ %10.8 ނުވަތަ 107.47 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 63.54 މިލިއަން ރުފިޔާ (6.4 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 34.08 މިލިއަން ރުފިޔާ (3.4 އިންސައްތަ)، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 33.46 މިލިއަން ރުފިޔާ (3.4 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 82.77 މިލިއަން ރުފިޔާ (8.3 އިންސައްތަ) ހިމެނެއެވެ.

ފެބުރުއަރީ 2021 ގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 41.71 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީރާ

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
21 އޯގަސްޓު 2025

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ
06 އޯގަސްޓު 2025

ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

06 އޯގަސްޓު 2025
ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
05 އޯގަސްޓު 2025

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"
04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
04 އޯގަސްޓު 2025

މީރާގެ ބޯޑަށް އައްޔަންކުރައްވަން ރައީސް މުއިއްޒު އިސްކަންދެއްވީ ޕީއެންސީގެ މެންބަރު ސައުދުﷲ ގެ ދަރިކަލުންނަށް

04 އޯގަސްޓު 2025
މީރާގެ ބޯޑަށް އައްޔަންކުރައްވަން ރައީސް މުއިއްޒު އިސްކަންދެއްވީ ޕީއެންސީގެ މެންބަރު ސައުދުﷲ ގެ ދަރިކަލުންނަށް
12 ޖުލައި 2025

މުދަލު ޒަކާތް ދައްކަމުންދާ މިންވަރު ދެގުނަ އިތުރުވެއްޖެ

12 ޖުލައި 2025
މުދަލު ޒަކާތް ދައްކަމުންދާ މިންވަރު ދެގުނަ އިތުރުވެއްޖެ
04 އޮކްޓޯބަރު 2024

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

04 އޮކްޓޯބަރު 2024
ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
14 މެއި 2024

ފަތުރުވެރިކަމުން ލިބުނު އާމްދަނީއާއެކު އެޕްރީލް މަހު މީރާއިން 2 ބިލިއަން ރުފިޔާ ބަލައިގަނެފި

14 މެއި 2024
ފަތުރުވެރިކަމުން ލިބުނު އާމްދަނީއާއެކު އެޕްރީލް މަހު މީރާއިން 2 ބިލިއަން ރުފިޔާ ބަލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު