Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ހާލަންޑުގެ ދެ ލަނޑާއެކު ޑޯޓްމުންޑް ކުއާޓާއަށް

ޑޯޓްމުންޑަށް ކުރި ލިބުނީ 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 މާރިޗު 2021 | ބުދަ 05:26
ޑޯޓްމުންޑާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން

ޑޯޓްމުންޑާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ސެވިއްޔާ ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ބޮރޫޝީއާ ޑޯޓްމުންޑް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ޑޯޓްމުންޑުގެ ކުޅުނު ދެވަނަ ބުރުގެ ދެވަނަ ލެގުގައި 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވި ނަމަވެސް، ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުން ޑޯޓްމުންޑް ވަނީ 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ޑޯޓްމުންޑް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ވަނީ ޑޯޓްމުންޑަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ ޑޯޓްމުންޑުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ހާލަންޑް ދެ ލަނޑު ޖެހިއިރު، އެ ދެ ލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް 20 ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މި މެޗުގައި ޑޯޓްމުންޑުގެ ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔޫސުފް އެން-ނެސީރީ ވަނީ ސެވިއްޔާއަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސެވިއްޔާއަށް ނަތީޖާ އެއްވަރުކޮށްދިނީ އިވާން ރަކިޓިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެން-ނެސީރީއެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާއަށް ޑޯޓްމުންޑް ދަތުރުކުރިއިރު، އެ ޓީމުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނީ 2016-2017 ވަނަ އަހަރުގެ ސީޒަނުގައެވެ.

ޗެމްޕިއަންސް ލީގުބޮރޫޝިއާ ޑޯޓްމަންޑްސެވިއްޔާ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި

06 އޮކްޓޯބަރު 2025
ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
02 ޖުލައި 2025

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް
23 ޑިސެމްބަރު 2024

ސެވިއްޔާ ބަލިކޮށް، ރެއާލް ދެ ވަނަ އަށް

23 ޑިސެމްބަރު 2024
ސެވިއްޔާ ބަލިކޮށް، ރެއާލް ދެ ވަނަ އަށް
12 ޑިސެމްބަރު 2024

ޑޯޓްމަންޑު ބަލިކޮށް ބާސެލޯނާ ދެ ވަނައިގައި

12 ޑިސެމްބަރު 2024
ޑޯޓްމަންޑު ބަލިކޮށް ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު