Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

އޮގްސްބާގް އަތުން ޑޯޓްމަންޑު ބަލިވެއްޖެ

މިއީ މި ސީޒަންގެ ޖަރުމަނު ލީގުގައި ޑޯޓްމަންޑުގެ ތިން ވަނަ ބައްޔެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޮކްޓޯބަރު 2024 | އާދީއްތަ 05:55
އޮގްސްބާގް އަދި ޑޯޓްމަންޑު ކުޅުނު މެޗުގެ ތެރެއިން

އޮގްސްބާގް އަދި ޑޯޓްމަންޑު ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި އޮގްސްބާގާ ދެކޮޅަށް ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމަންޑު ބަލިވެއްޖެ އެވެ.

އޮގްްސްބާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޑޯޓްމަންޑުގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. އެއީ މެޗުގައި ޑޯޓްމަންޑުން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ސާހޯ ގިރާސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ޑޮންޔެލް މާލެން އެވެ. ނަމަވެސް ފުރަތަމަ ހާފުގައި އޮގްސްބާގް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެކްސިސް ކްލައުޑޭ މައުރިސް އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި މައުރިސް ވަނީ ދެ ވަނަ ލަނޑު ޖަހައި އޮގްސްބާގަށް ކުރި ހޯދައިދީފަ އެވެ.

މިއީ މި ސީޒަންގެ ޖަރުމަނު ލީގުގައި ޑޯޓްމަންޑުގެ ތިން ވަނަ ބައްޔެވެ. މިހާތަނަށް އެ ޓީމު އަށް މެޗު ކުޅެފައިވާއިރު، ހަތަރު މެޗުން މޮޅުވެ، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. ޖުމުލަ 13 ޕޮއިންޓާ އެކު ޑޯޓްމަންޑު އޮތީ ލީގު ތާވަލްގެ ހަތް ވަނައިގަ އެވެ. ޑޯޓްމަންޑު އަތުން މޮޅުވި އޮގްސްބާގެ ވަނީ މިހާތަނަށް ކުޅުނު އަށް މެޗުން 10 ޕޮއިންޓު ހޯދައިފަ އެވެ. އެ ޓީމު އޮތީ ލީގު ތާވަލްގެ 11 ވަނައިގަ އެވެ.

ޖަރުމަން ލީގުބުންޑެސްލީގާބޮރޫޝިއާ ޑޯޓްމަންޑް

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
02 ޖުލައި 2025

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
04 މެއި 2025

ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

04 މެއި 2025
ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު