Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލ. ގަން-މުކުރިމަގުގެ ބަނދަރުގެ މަސައްކަތް

އަމާޒަށްވުރެ. ވެސް އަވަހަށް 37 ދުވަހުގެ ތެރޭގައި ލ. ގަން-މުކުރިމަގުގެ ބަނދަރުގެ މަސައްކަތް ނިންމާލައިފި

9 މާރިޗު 2021 | އަންގާރަ 13:54

ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ޖަނަވަރީމަހުގެ 30 ވަނަ ދުވަހު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 9 މާރިޗު 2021 | އަންގާރަ 13:54
ލ. ގަމު މުކުރިމަގު އަވަށުގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން

ލ. ގަމު މުކުރިމަގު އަވަށުގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން

މަސައްކަތް ނިންމަން އަމާޒު ހިފި ދުވަހަށްވުރެ އަވަހަށް ލ. ގަން-މުކުރިމަގުގެ ބަނދަރުގެ މަސައްކަތް ނިންމާލައިފިއެވެ.

ލ. ގަން-މުކުރިމަގު ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރި ޓުވީޓެއްގައިވަނީ، 8 މާރޗް 2021 ވަނަ ދުވަހު ނިންމާލާފައިވާކަން ހާމަކޮށްފައެވެ. އެމްޓީސީސީއިން ލ. ގަން-މުކުރިމަގުގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ޖަނަވަރީމަހުގެ 30 ވަނަ ދުވަހުއެވެ. އެހެންކަމުން އެމްޓީސީސީއިން މި މަސައްކަތް ނިންމާލާފައިމިވަނީ މަސައްކަތް ފެށިތާ 37 ދުވަސްގެ ތެރޭގައެވެ.

Advertisement - newsAdvertisement

އެމްޓީސީސީއިން ވަނީ ލ. ގަމު މުކުރިމަގު އަވަށުގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން ނެރުގެ 5454 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށްފައެވެ. އަދި ފަޅުން 1938 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމުގެ މަސައްކަތް ވެސް ވަނީކޮށްފައެވެ.

މުކުރިމަގު ބަނދަރު ފުންކުރުމުގެ މަޝްރޫޢު ފެށުމުގެ ކުރިން އެމްޓީސީސީން ވަނީ އެކަމަށް ބޭނުންވާ ސަރވޭގެ މަސައްކަތް 2019 ވަނަ އަހަރުގެ ފަހުކޮޅު ކުރިޔަށް ގެންގޮސްފައެވެ. މުކުރިމަގު އަވަށުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށަފައިވަނީ، ބަނދަރު ތިލަވުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ނެރު ބޭނުންކުރުމުގައި ދަތިތައް ކުރިމަތިވިއިރު، މުދާ ހިފައިގެންދާ ބޯޓުތަކާއި ބޮޑެތި ބޯޓުތައް ނެރަށް ވަނުމަށް ދަތިތަކާއި ކުރިމަތިވިއެވެ. އަދި ވިއްސާރަވެ މޫސުން ގޯސްވާ ދުވަސްތަކުގައި ބޯޓުތައް އަރިއަޅާލުމުގެ ހާދިސާތައްވެސް ވަނީ ހިނގާފައެވެ.

މުކުރިމަގު ބަނދަރު ފުންކުރުމުގެ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 89.8 މިލއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. އަދި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އާބާދީގައި 4 ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ލ. އަތޮޅު ގަމަކީ ރާއްޖޭގެ އެންމެ ބޮޑު ރަށެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް