Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

އިތުރު 125 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 20،919ށް

މާލެ ސަރަހައްދުން ޕޮޒިޓިވްވީ 103 މީހުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 މާރިޗު 2021 | ހޯމަ 17:46
މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ

މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ

ރާއްޖެއިން އިތުރު 125 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ، ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 20،919ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00ން ހޯމަ ދުވަހުގެ އިރުއޮއްސި 06:00ށް 3،644 ސާމްޕަލް ނަގާފައިވާއިރު، ޕޮޒިޓިވްވެފައި ވަނީ 125 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 103 މީހުންނާއި އަތޮޅުތެރެއިން ބައްޔަށް ޕޮޒިޓިވްވި 9 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 3 މީހުންނެވެ.

މިވަގުތު 2،595 މީހުން ކޮވިޑް-19އަށް ފަރުވާ ހޯދަމުންދާއިރު، އޭގެ ތެރެއިން 179 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން 18،253 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 64 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑް-19ގެ ކޭސްއެއް ފެނުނުތާ އަހަރެއް ވެފައިވާއިރު، އެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދު 2500ށް ވުރެ ގިނަކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ފަރުވާ ދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައިކަމަށްވާއިރު، ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ކޮވިޑް-19އަށް އަދި އެހެނިހެން ބަލިތަކަށް ފަރުވާދޭން ތިބީ އެއް ބައެއްކަމަށާއި، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާންދޭން ޖެހޭ ބަލިމީހުންގެ އަދަދު ދަށަށް ނުދާކަމަށް އެޗްއީއޯސީން ބުނެއެވެ.

އެންމެ ފުރަތަމަ ދުވަހުންވެސް ދެމުން މި އަންނަނީ އެއް މެސެޖެއް ކަމަށާއި އެޗްޕީއޭއިން ކޮވިޑް-19 އާ ގުޅިގެން އާންމުކުރަމުންދާ ހުރިހާ އުސޫލެއްގެ އަސާސަކީ އެއް އަސާސެއްކަމަށް އެޗްޕީއޭގެ ޑިރެކްޓަރ އަހްމަދު ނާސިރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މި އަސާސްތަކަކީ ގައި ދުރުކަން ބެހެއްޓުމާއި، މާސްކުއެޅުމާއި ގިނަގިނައިން އަތް ދޮވެ، ސެނެޓައިޒްކުރުން ކަމަށް ނާސިރު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ކޮވިޑް-19ގެ ތިން ވަނަ ރާޅާއި ކުރިމަތިލާފައިވާއިރު، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއް ސަރަހައްދަކަށް އެއްވުން މަނާކޮށްފައިވާއިރު ހާއްސަ ހުއްދައިގައި އަތޮޅުތެރެއަށް ދިއުމަށްވެސް ނެގެޓިވް ޕީސީއާރް ޓެސްޓު ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި އިރުއޮއްސި ހަޔަކުން ފެށިގެން އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކޮށްފައިވާއިރު، ރޭގަނޑު 11ން ފެށިގެން ބޭރުގައި މީހުން އުޅުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19އެޗްޕީއޭ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު