Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ކޮވިޑް-19ގެ ހާލަތު

ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ތަކުރާރުކޮށް އެދެމުން މިއަންނަނީ އެއް ކަންތައްތަކަކަށް - އެޗްއީއޯސީ

ކޮވިޑް-19 އާ ގުޅިގެން އާންމުކުރަމުންދާ ހުރިހާ އުސޫލެއްގެ އަސާސަކީ އެއް އަސާސެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 މާރިޗު 2021 | ހޯމަ 02:01
އަހްމަދު ނާސިރު

އަހްމަދު ނާސިރު

ކޮވިޑް-19ގެ ފުރަތަމަ ކޭސް ރާއްޖޭގައި ފެނުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ރައްޔިތުންގެ ކިބައިން އެދެމުން މި އަންނަނީ އެއް ކަންތައްތަކަކަށް ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އަހްމަދު ނާސިރު ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ވެސް ދެމުން މި އަންނަނީ އެއް މެސެޖެއް ކަމަށާއި އެޗްޕީއޭއިން ކޮވިޑް-19 އާ ގުޅިގެން އާންމުކުރަމުންދާ ހުރިހާ އުސޫލެއްގެ އަސާސަކީ އެއް އަސާސެއްކަމަށެވެ. އެގޮތުން މި އަސާސްތަކަކީ ގައި ދުރުކަން ބެހެއްޓުމާއި، މާސްކުއެޅުމާއި ގިނަގިނައިން އަތް ދޮވެ، ސެނެޓައިޒްކުރުން ކަމަށް ނާސިރު ފާހަގަކުރެއްވިއެވެ.

އަހަރު ދުވަސްވެގެން ދިޔައިރު، މިހާ ހިސާބަށް އާދެވިފައި މިވަނީ ސިއްހީ އެހީތެރިންނާއި ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން އާންމުންގެ ފަރާތުން މި ކަންތައްތަކަށް ލިބުނު އެއްބާރުލުމުގެ ސަބަބުކަން ނާސިރު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ ކަންތައްތަކެއް ދަސްވެއްޖެކަން ފާހަގަކުރައްވައި ނާސިރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ދިގުރާސްތާ ޕްލޭންތަކެއް ހެދިގެން ދިޔަކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން ކޮވިޑް-19ގެ ކޭސްއެއް ފެނުމާ އެކު ކަމާބެހޭ މާހިރުންގެ އިރުޝާދާއި ބޭރުގެ އެހެނިހެން ގައުމުތަކުން އަޅަމުންދިޔަ ފިޔަވަޅުތަކަށް ބަލައި ރާއްޖޭގައި ކޮވިޑް-19ގެ ފިޔަވަޅުތައް އަޅަމުން ދިޔަކަން ނާސިރު ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކްލިނިކަލް އެޑްވައިޒަރީ ޓީމުން ބައިވެރިވެވަޑައިގެން ޑރ މޫސާ ހުސައިން ވަނީ ކޮވިޑް-19 އާ ރާއްޖެ ކުރިމަތިލާން ޖެހުމުން ރާއްޖޭގެ ސިއްހީ އެހީތެރިންގެ އިތުރުން ގައުމުތަކުގައި މެޑިސިން ކިޔަވަމުންދިޔަ ދަރިވަރުންގެ އެހީތެރިކަން ލިބިގެން ދިޔަކަމަށާއި، ކޮލެޖްތަކުގެ ކިޔެވުން ފެށުމާ އެކު ދަރިވަރުން އަނބުރާ ކިޔަވަންދާން ފެށުމުން ޚިދުމަތްދޭން ތިބި ފަރާތްތަތަކުގެ އަދަދު ދަށަށް ދާން ފަށާފައިވާކަން ޑރ. މޫސާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ކޮވިޑް-19 އަށް އަދި އެހެނިހެން ބަލިތަކަށް ފަރުވާދޭން ތިބީ އެއް ބަޔެއްކަމަށާއި، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާންދޭން ޖެހޭ ބަލިމީހުންގެ އަދަދު ދަށަށް ނުދާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ މޫސާ ވިދާޅުވީ ސިއްހީ އެހީތެރިން މިހާރު ވަރުބަލިވާން ފަށާފައިވާ ކަމަށާއި، ކޮވިޑްގެ ތިން ވަނަ ރާޅާ ކުރިމަތިލާފައިވާއިރު، ބަލިން ރައްކާތެރިވުމަށް އަޅަން ޖެހެނީ ވަރަށް އާދައިގެ ފިޔަވަޅުތަކެއް ކަމަށެވެ. އެގޮތުން ގައި ދުރުކަން ބެހެއްޓުމާއި، މާސްކުއެޅުމާއި ގިނަގިނައިން އަތް ދޮވެ، ސެނެޓައިޒްކުރުން ކަމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވަމުން، ވެކްސިން ޖެހުމަށް ޑޮކްޓަރު އިލްތިމާސްކުރެއްވިއެވެ.

ކޮވިޑް-19ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު