Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް / ޕީއެންސީ

މި ސަރުކާރު ނުވެއްޓި އޮތީ އެޗްޕީއޭއާ ހެދި: އަބްދުއްރަހީމް

އިދިކޮޅު ކެމްޕޭން ދެކެ ސަރުކާރުން ބިރުގަނޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 7 މާރިޗު 2021 | އާދީއްތަ 02:11
އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް އަބްދުﷲ

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރު ދަމަހައްޓަން ބޭނުންކުރާ ތަނބަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ހަދާފައިވާ ކަމަށާއި، މި ސަރުކާރު ނުވެއްޓި އޮތީ އެޗްޕީއޭގެ ސަބަބުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންއިން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވެ ކެމްޕޭން ކުރުމަށް މި މަހުގެ ކުރީކޮޅު ވެސް ޖަލްސާއެއް ބާއްވާފައިވާއިރު، ކެމްޕޭން އަލުން ރީލޯންޗުކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، އެ ކޯލިޝަނުން އެންމެ ފުރަތަމަ ބޭއްވި ޖަލްސާގެ ސަބަބުން ސަރުކާރު ބިރުގެންފައިވާ ކަމަށެވެ. ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އަނެއްކާ ގޯސްވެއްޖެ ކަމަށް ބުނެ ދައްކަމުންދަނީ ދެކޮޅުނުޖެހޭ ވާހަކަތަކެއް ކަމަށާއި، އެއީ ޖަލްސާގެ ފަހުން ކުރިމަތިކުރުވައިގެން އުޅޭ ހުރަހެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކޮވިޑް-19އަކީ މި ސަރުކާރުން ވެރިކަން ދަމަހައްޓަން ބޭނުންކުރާ އުކުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަބްދުއްރަހީމް މިހެން ވިދާޅުވި ނަމަވެސް އެޗްޕީއޭއިން އެކުލަވާލާފައިވާ އެއްވެސް އުސޫލަކަށް އިދިކޮޅު ކޯލިޝަންއިން ބޯ ނުލަނބައެވެ. އެގޮތުން އާންމު ތަންތަނަށް އެއްވުމާ ގުޅޭގޮތުން އެޗްޕީއޭއިން ނެރެފައިވާ އެއްވެސް އުސޫލަކަށް ބެލުމެއް ނެތި އެ ކޯލިޝަނުން ގެންދަނީ ކޮންމެ ހުކުރު ދުވަހަކު މާލެ ސަރަހައްދުގައި މުޒާހަރާކޮށް އެއްވުންތައް ބާއްވަމުންނެވެ. މި އެއްވުންތަކަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް އެކަމަކަށް ހުއްޓުމެއް ނާދެއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކޮވިޑް-19އާ މަތިކޮށް ދަތުރުކުރުން މަނާކޮށްފައިވީ ނަމަވެސް އިންތިހާބުގެ ކުރިން ރާއްޖޭގެ އެކޮޅުން މިކޮޅަށް ދަތުރުކޮށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ވެސް ބައްދަލުކޮށް އެ ކޯލިޝަންގެ އަމާޒު ކިޔައިދީ ކެންޕޭން ހަރަކާތްތައް ކުރިއަށްގެންދަން ބޭނުންވާ ކަމަށެވެ. އެކަމަކު މިވަގުތު ރާއްޖޭގައި ހަމަ ހަމަ ކެންޕޭނެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނެތް ކަމަށާއި، އެހެންވެ މިއީ އިންތިހާބު ބާއްވަން ވެސް ރަނގަޅު ހާލަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ ސަރުކާރުން ކޮންމެ ފިޔަވަޅެއް އެޅިޔަސް އިދިކޮޅު ކޯލިޝަންގެ ހިއްވަރަކަށް އަދި އަޒުމަކަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މި ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އިދިކޮޅަށް ކާމިޔާބުކޮށްދޭން ގޮވާލައި ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނު ކޮއްދެއްވި ޚިދުމަތުގެ އަގަކީ އެމަނިކުފާނުގެ ލޯގޯ ޖަހައިގެން ނިކުންނަ ކެންޑިޑޭޓުން އިންތިހާބުކުރުން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
17 ފެބުރުއަރީ 2025

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

17 ފެބުރުއަރީ 2025
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު
03 ފެބުރުއަރީ 2025

އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް

03 ފެބުރުއަރީ 2025
އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
28 ޖެނުއަރީ 2025

ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް

28 ޖެނުއަރީ 2025
ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު