Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލުގެ ހާލަތު

ޗެމްޕިއަންސް ލީގަށް ކޮލިފައިނުވި ނަމަވެސް، ކުޅުންތެރިން ކުލަބު ދޫކޮށްނުދާނެ: ކްލޮޕް

6 މާރިޗު 2021 | ހޮނިހިރު 10:43

ބޭނުންވާ ކުޅުންތެރިން ހޯދުމުގައި ލިވަޕޫލަށް ދަތިތަކެއް ދިމާވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 މާރިޗު 2021 | ހޮނިހިރު 10:43
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް

އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ލިވަޕޫލް ކޮލިފައިނުވި ނަމަވެސް، މުހިންމު ކުޅުންތެރިން ކުލަބު ދޫކޮށްނުދާނެ ކަމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޗެލްސީ އަތުން ބަލިވުމުން ލިވަޕޫލް ވަނީ ތާވަލުގެ ހަތްވަނައަށް ވެއްޓިފައެވެ. އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ކުޅުނު 27 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ޗެލްސީއަށް ވަނީ 27 މެޗުން 47 ޕޮއިންޓް ލިބިފައެވެ.

މިކަމާ ގުޅިގެން ކްލޮޕް ބުނީ މިހާރު ހާލަތު އޮތްގޮތުން މި ފަހަރު ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދުމަކީ ލިވަޕޫލަށް އުނދަގޫ ޗެލެންޖަކަށްވާނެ ކަމަށާއި، މި ވަގުތު ތާވަލަށް ބަލާލިޔަސް ގަދަ ހަތަރެއްގެ ރޭސް ލިވަޕޫލަށް ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށެވެ. އެކަމަކު އެންމެ ފަހު މެޗާ ޖެހެންދެން މަސައްކަތްކުރުމަށް ލިވަޕޫލް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.

އެކަމަކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ލިވަޕޫލް ކޮލިފައިނުވި ނަމަވެސް، ލިވަޕޫލުގެ މުހިންމު ކުޅުންތެރިން ކުލަބު ދޫކޮށްނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ. ކްލޮޕް މިހެން ބުނި ނަމަވެސް، އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު ބަދަލުކުރުމުން އޭނާ ހިތްހަމަނުޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ސަލާހު ބަދަލުކުރި ވަގުތު އޭނާގެ އޭޖެންޓުވެސް ވަނީ އެފަދަ މާނައެއް ދޭހަވާ ޓްވީޓެއް ކޮށްފައެވެ. ނަމަވެސް ކްލޮޕް ބުނީ ޓީމު ބަލިވެފައި އޮންނަ ދަނޑިވަޅެއްގައި ކޮންމެ ކުޅުންތެރިއަކު ބަދަލުކުރި ނަމަވެސް، އެ ކުޅުންތެރިއަކު އެކަމާ އުފަލުން ނުހުންނާނެ ކަމަށާއި، ސަލާހު އެގޮތަށް ދުށް ނަމަވެސް، އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

މި ސީޒަނުގައި ލިވަޕޫލަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، މި ފަހަރުގެ ގަދަ ހަތަރެއް ޖާގައެއް ލިވަޕޫލަށް ނުލިބިއްޖެނަމަ، ލިވަޕޫލުން ޓްރާންސްފާ ބާޒާރުގައި ގެންނަން ބޭނުންވާ ކުޅުންތެރިން ހޯދުމުގައި ދަތިތަކެއް ދިމާވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ވާހަކަތަކާ ގުޅުވައިގެން ކްލޮޕް ބުނީ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ހޯދަން ބޭނުންވާ ކުޅުންތެރިން އަންނަނީ ހަމައެކަނި ޗެމްޕިއަންސް ލީގަށް ބަލައިގެން ކަމަށްވާނަމަ، އެ ކުޅުންތެރިއަކު ބޭނުން ނުވާ ކަމަށެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ލިވަޕޫލް އޮތް ނަމަވެސް، ޕްރިމިއާ ލީގުގައި އެ ޓީމުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އަމިއްލަ ދަނޑުގައި ލިވަޕޫލް ޖެހިޖެހިގެން ފަސް މެޗުން ބަލިވެފައިވާއިރު، މިއީ ލިވަޕޫލުގެ ތާރީޚުގައި ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ޔާގެން ކްލޮޕްލިވަޕޫލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް