Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅުން ކުރިޔަށްގެންދިޔަ މުޒާހަރާ

މުޒާހަރާ ތެރެއިން ހައްޔަރުކުރި މީހުން ކޮވިޑަށް ޓެސްޓު ކުރުމަށް އެދުމުން އެކަމަށް އިންކާރުކުރި- ފުލުހުން

އެޗްޕީއޭ ގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި އެއްވުމެއްގައި ބައިވެރިވުމުގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންނާއި އެމީހުން ކޮންޓެކްޓްވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 މާރިޗު 2021 | ހޮނިހިރު 02:43
އިދިކޮޅުން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން

އިދިކޮޅުން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލެ ސަރަހައްދުގައި ސިލްސިލާކޮށް ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި މީހުން ކޮވިޑަށް ޓެސްޓްކުރުމަށް އެދުމުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

ފުލުހުން ބުނީ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ކޮވިޑަށް ޓެސްޓްކުރުމަށް އެދުމުން އެކަމަށް އިންކާރުކުރުމުން ސާމްޕަލް ނަގާފައިނުވާ ކަމަށެވެ. މީގެއިތުރުން ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި އެއްވުމެއްގައި ބައިވެރިވުމުގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންނާއި އެމީހުން ކޮންޓެކްޓްވެފައިވާ ކަމަށެވެ. އަދި ކަސްޓޯޑިއަލް އަކީވެސް ގިނަ އަދަދެއްގެ ބަޔަކު ބަލަހައްޓަމުން އަންނަ ތަނަކަށްވުމާއެކު އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް އެކަމަށް މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އެންމެންވެސް އިންކާރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މުޒާހަރާގެ ތެރެއިން 38 މީހަކު ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެކި ނަންނަމުގައި މާލޭގައި އަންނަނީ ސިލްސިލާކޮށް މުޒާހަރާކުރަމުންނެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކު މަގުތަކަށް ނިކުމެ އަންނަނީ މުޒާހަރާކުރަމުންނެވެ. މިމުޒާހަރާތަކާއި ގުޅިގެން ފުލުހުން ބުނަމުން އަންނަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ ޚިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. މީގެއިތުރުން އިދިކޮޅުން ކުރިޔަށް ގެންދާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާވެސް ހިލާފަށް ބާއްވަމުން އަންނަ އެއްވުންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ މިންވަރަށް ވަނީ ގޯސްވެފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 100ން ދަށް ނުވާއިރު ފާއިތުވި ހަފްތާއަކީ މުޅި ޕެންޑަމިކް ތެރޭގައި ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ހަފްތާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)ން ވަނީ ބުނެފައެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވަމުން ނުދާތީ އެޗްޕީއޭއިން ވަނީ މާރޗް 4ން ފެށިގެން ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނައިން އެއްވެތިބުން ވަނީ މަނާކޮށްފައެވެ. އަދި ރަށްރަށަށްދާއިރު 72 ގަޑިއިރުވެފައިވާ ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ޕާކުތަކާއި މައިޒާންތައްވެސް ވަނީ ބަންދުކޮށްފައެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންމުޒާހަރާކޮވިޑް-19ޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
07 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް

07 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު