Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރުދާސް ނޫޓް އައު ކުރުން

ކުރީގެ ކަރުދާސް ނޫޓު އައު ނޫޓަށް ބަދަލުކުރުމުގެ ފަހު ފުރުސަތު 31 ޖުލައިގެ ނިޔަަލަށް

5 މާރިޗު 2021 | ހުކުރު 02:21

ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 26 ޖަނަވަރީ 2016 ގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 5 މާރިޗު 2021 | ހުކުރު 02:21
އެމްއެމްއޭއިން އަލަށް ނެރުނު ރަންދިހަ ފަހެއްގެ ނޫޓްތައް

އެމްއެމްއޭއިން އަލަށް ނެރުނު ރަންދިހަ ފަހެއްގެ ނޫޓްތައް

ކުރީގެ ކަރުދާސް ނޫޓު ފަހުގެ ނޫޓަށް ބަދަލުކުރެވޭނީ 31 ޖުލައިގެ ކުރިންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކޮށްފިއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތައް ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ ދިގު މައްދަތެއް ދީފައެވެ. އަދި މި ނޫޓުތައް މިއަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.

އެމްއެމްއޭއިން ބުނީ މި ތާރީހުގެ ފަހުން ކުރިން ބޭނުންކުރަމުންއައި ކަރުދާސް ނޫޓުތައް ބަދަލު ނުކުރެވޭނެކަމަށެވެ. އެމްއެމްއޭއިން ބުނީ މިހާރު ވެސް ގިނަ އަދަދެއްގެ ކުރީގެ ކަރުދާސް ނޫޓުތައް އެ އިދާރާއަށް ލިބިފައިވާކަމަށެވެ.

ކޮވިޑް19ގެ ސަބަބުން އެމްއެމްއޭއިން ފޯރުކޮށްދޭ ހުރިހާ ޙިދުމަތެއްވެސް އެޕޮއިންޓްމަންޓް އުސޫލުން ކުރިއަށްގެންދާއިރު، ކަރުދާސްނޫޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ވެސް އެޕޮއިންޓްމަންޓް ހެއްދުމުން ފައިސާ ބަދަލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް އައިޑީކާޑު ނަންބަރާއި، ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ނަންބަރާއި ބޭނުންވާ ޙިދުމަތެއް ލިޔުމަށްފަހު 7919292 އެސްއެމްއެސް ނުވަތަ ވައިބަރ ކުރުމުން އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓާލާފައިވަނީ "ރަންދިހަ ފަހެއް" ނޫޓް ސީރީޒް ބޭނުންކުރަން ފެށުމާއި ގުޅިގެންނެވެ. ސަލާމަތީގޮތުން ރައްކާތެރި، އަދި ކޮލިޓީ ރަނގަޅު ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 26 ޖަނަވަރީ 2016 ގައެވެ. ދިވެހި ރުފިޔާގެ އާނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ އަދި ޒަމާނީ ނޫޓްތަކެކެވެ. މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއް ނޫނެވެ. ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށްވެސް ނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ.

އެމްއެމްއޭ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
25 އޮކްޓޯބަރު 2025

ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި

25 އޮކްޓޯބަރު 2025
ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި

22 އޮކްޓޯބަރު 2025
ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި
22 އޮކްޓޯބަރު 2025

ޕެންޝަން އޮފީސް މެދުވެރިކޮށް އެ ޗާޕް ކުރަނީ ކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ: އިމްރާން

22 އޮކްޓޯބަރު 2025
ޕެންޝަން އޮފީސް މެދުވެރިކޮށް އެ ޗާޕް ކުރަނީ ކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ: އިމްރާން
21 އޮކްޓޯބަރު 2025

އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި

21 އޮކްޓޯބަރު 2025
އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި
21 އޮކްޓޯބަރު 2025

ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު

21 އޮކްޓޯބަރު 2025
ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު
19 އޮކްޓޯބަރު 2025

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް: އަމީރު

19 އޮކްޓޯބަރު 2025
ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް: އަމީރު
19 އޮކްޓޯބަރު 2025

ޕެންޝަން ގާނޫނުގެ ދަށުން އެމްއެމްއޭ ގެ ބޮންޑު ގައި އިންވެސްޓު ކުރެވިދާނެތޯ ސުވާލު އުފެދިއްޖެ، ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ހޯދަައިދޭން މެދުވެރިއެއްގެ ދައުރު އަދާކޮށްދީފިނަ ޑޮލަރުން އިންޓަރެސްޓް ދޭނެ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް