Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓް ލިބޭނެކަމަށް ދޫކުރި ލިޔުންތައް

ފްލެޓް ލިބޭނެކަމަށް ދޫކުރި ލިޔުމަކީ ޝަރުތު ފުރިހަމަނުވާނަމަ ބާތިލްކުރެވޭނެ ލިޔުމެއް: އޭޖީ

ދައުލަތުގެ ނިޝާން ޖަހާފައި އޮތްނަމަވެސް އެލިޔުމަކީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުމުގެ ލިޔުމަކަށް ވަނީ އެލިޔުމުގައި ބަޔާންކޮށްފައި އޮންނަ ވާހަކަތަކުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 މާރިޗު 2021 | ބުރާސްފަތި 15:14
ހިޔާ ފްލެޓް

ހިޔާ ފްލެޓް

ހިޔާ މަޝްރޫއުގައި 7،000 ފްލެޓަށް ހުޅުވާލައި ފްލެޓް ލިބޭނެ ކަމަށް ބުނެ ކުރީގެ ސަރުކާރުގައި ދޫކޮށްފައިވާ 9،500 ލިއުމަކީ ޝަރުތު ފުރިހަމަ ނުވާނަމަ ބާތިލް ކުރެވޭ ގޮތަށް އޮތް ލިއުމެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށް ބުރާސްފަތި ދުވަހު ވަނީ އެކަންކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ބައްދަލުވުމެއް ބާއްވާފައެވެ.

މިބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވަނީ، އޭރުގެ ސަރުކާރުގެ އެޓަރނީ ޖެނެރަލް ކަމުގައި ހުންނެވި މުހައްމަދު އަނިލްގެ ލަފާފުޅާއެކުކަމަށް ވިދާޅުވެ، ފްލެޓްތައް ދިނުމުގެ ކަންކަން ސަރުކާރު ބަދަލުވުމުގެ މަރުހަލާ ހިނގަމުންދަނިކޮށް، އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފްލެޓް ލިބުނުކަމުގެ ލިއުން ދޫކުރުން އައު ސަރުކާރުގެ ރައީސް ހުވާކުރެއްވި 2018 ވަނަ އަހަރުގެ ނޮވެމްބަރު، 17 އާ ހަމައަށް ކުރިއަށް ގެންދިޔަ ކަމުގެ ހެއްކެއްގެ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓު، ކޮމިޓީގައި ސަލީމް ވަނީ ވިދާޅުވެފައެވެ. އެ ލިއުން ދޫކުރަނީ އޭރުގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ލަފާ ލިބިގެން ކަންވެސް މުއިއްޒުގެ ޓުވީޓުގައި އޮތްކަމަށް ސަލީމް ވިދާޅުވިއެވެ.

އެހެންނަމަވެސް އެގޮތަށް ކަންކޮށްފައިވަނީ އިންތިޚާބީ ރައީސްގެ އޮފީހުން އެ ލިއުން ދޫނުކުރަން ހައުސިން މިނިސްޓްރީއަށް އަންގާފައި އޮއްވާ ކަމަށް ސަލީމު ވިދާޅުވިއެވެ. މި ހާލަތުގައި ދޫކުރި އެ ލިއުމަކީ އަދިވެސް ގާނޫނީ ބާރެއް ހިނގާނެ ލިއުމެއްތޯ ނުވަތަ އެ ލިއުމުގެ ސައްހަކަމަކީ ކޮބައިތޯ ސަލީމު ވަނީ މިހާރުގެ އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަރިހުން އައްސަވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އޭޖީ ވިދާޅުވީ ވެރިކަމުގެ ހުވާ މިހާރުގެ ރައީސް ކުރެއްވި ދުވަހާ ހަމައަށް ލިއުން ދޫކުރަން އޭރު ހައުސިން މިނިސްޓްރީން އިއުލާންކުރުމުން އޭރުގައި އޮތް ޕްރެޒިޑެންޓް އިލެކްޓް އޮފީހުން އެކަން ކުރިޔަށް ގެންދަން ނުފެންނަކަމަށާއި އެކަން ހުއްޓުވުމަށް އަންގަވާފައި އޮތްކަމަށް ހައުސިންގ މިނިސްޓްރީގެ ފަރާތުން މައުލޫމާތު ލިބިވަޑައިގަންނަވާފައިވާކަމަށެވެ.

އަދި ފްލެޓް ލިބުނުކަމުގެ ލިޔުމުގެ ޤާނޫނީ ހައިސިއްޔަތަށް ބަލާއިރު އެއްވެސް ހާލެއްގައި ދައުލަތުން ދޫކުރާ ލިޔުމުގައި ދައުލަތުގެ ނިޝާން ޖަހާފައި އޮތްނަމަވެސް އެލިޔުމަކީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުމުގެ ލިޔުމަކަށް ވަނީ އެލިޔުމުގައި ބަޔާންކޮށްފައި އޮންނަ ވާހަކަތަކުން ކަމަށް އޭޖީ ވިދާޅުވިއެވެ.

ފްލެޓް ލިބުނުކަމުގެ ލިޔުމަށް ބަލާއިރު އެލިޔުމުގައި ލިސްޓުގައި ހިމެނި ލިޔުން ހަވާލުކުރެވުނަސް ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރަންޖެހޭ ކަމަށް އޮންނަކަމަށް އޭޖީ ވިދާޅުވިއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެމީހަކު ދީފައިވާ މައުލޫމާތު ފްލެޓް ލިބުމުގެ ޝަރުތަކާއި ދިމާވޭތޯ އާއި އެމައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އިތުރުކަމެއް ކުރަންޖެހޭކަމަށް ރިފްޢަތު ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ ފްލެޓް ލިބުނުކަމުގެ ލިޔުމަކީ މުދަލުގެ މައްޗަށް މީހެއްގެ ޤާނޫނީ ހައްގު އޮތްކަން ދަލާލަތުކޮށްދޭ ލިޔުމެއް ނޫންކަމަށެވެ. އެލިޔުމަކީ ޝަރުތުގެ މައްޗަށް ބިނާވާ ނުވަތަ ކޮންޑިޝަނަލް ލިޔުމެއްކަމަށް ގަބޫލުފުޅު ކުރައްވާކަމަށްވެސް އޭޖީ ވިދާޅުވިއެވެ.

އަދި ލިޔުމަކީ ލިޔުމުގައި ބުނާ ޝަރުތުތައް ބެލުމަށްފަހުގައި އޭގައި ބުނާ ޝަރުތުތައް ހަމަނުވާ ހާލަތުގައި ބާތިލްކުރެވޭނެ އެއްޗެއްކަމަށް އޭޖީ ވިދާޅުވިއެވެ. އެކަމަށް ޤާނޫނީ ހުރަހެއްނެތް ކަމަށް އޭޖީ ވިދާޅުވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓުން އެގޮތަށް ގަޒިއްޔާތަކުން ނިންމަވާފައިވާތީ ކަމަށް ވިދާޅުވިއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އޭޖީ ވަނީ ފްލެޓް ކޮމިޓީގެ ގާނޫނީ ހައިސިއްޔަތާ މެދު އުފައްދާ ސުވާލަށް ވެސް ޖަވާބު ދެއްވާފައެވެ.

އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމާއި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި މުއައްސަސާތަކަށް އެންގެވުމާއި އިރުޝާދު ދެއްވުމަކީ ގާނޫނުއަސާސީން ރައީސަށް މަތިކޮށްފައި އޮތް ޒިންމާއެއްކަން ފާހަގަކުރައްވައި އޭޖީ ވިދާޅުވީ ހިޔާ ފްލެޓްތަކުގެ މައްސަލަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅުން ހުރި ކަމަށެވެ. ކުރީގެ ސަރުކާރުގައި ފްލެޓްތައް ދޫކުރި ގޮތުން ގިނަ ޝަކުވާތައް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭޖީ ވިދާޅުވީ އެ ޝަކުވާތައް ހުށަަހަޅާފައި ވަނީ ހަމަހަމަކަން ނެތުމާއި ހާމަކަން ނެތުމުގެ މައްޗަށްކަމަށެވެ. އެހެންކަމުން ވަޒީރުންގެ މަޖިލީހުގެ ލަފައާއި މަޝްވަރާއާއެކު ކޮމިޓީއެއް އެކުލަވާލާ ފްލެޓް ދީފައި ވަނީ ހައްގުވެރިންނަށްތޯ ބަލައި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށް އޭޖީ ވިދާޅުވިއެވެ.

މި ކޮމިޓީއަށް ގާނޫނީ ހައިސިއްޔަތާއި ގުޅޭގޮތުން އޭޖީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީ އުފައްދަވާފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދުސްތޫރީ ހަމަތަކާ އެއްގޮތަށް ރައީސަށް ލިބިދޭ ފުރިހަމަ ބާރާއި އިޚްތިޔާރުގެ ތެރެއިން ކަމަށެވެ.

މީގެއިތުރުން ފްލެޓް ދިނުމުގައި އޮޅުވާލުމާއި މަކަރުހެދުންތަކެއްގެ ތެރެއިން ކުރީ ސަރުކާރުން ކަންކަން ކޮށްފައިވާތީ އެކަމާގުޅޭގޮތުން ދައުވާ އުފުލި ޝަރީޢަތެއް ކުރިޔަށް ގެންދެވިދާނެތޯ ހޯރަފުށީ ދާއިރާގެ މެމްބަރ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭޖީ ވިދާޅުވީ ޖިނާޢީ ދައުވާކުރެވޭނެ ކަންތައްތަކެއް ހިނގާފައިވާކަމަށް ފެންނަނަމަ ކަމާގުޅޭ އިދާރާތަކަށް އެފަދަ ތަހުގީގުތަކެއް ކުރިޔަށް ގެންދެވޭނެކަމަށެވެ.

ކުރީގެ ސަރުކާރުން ފްލެޓް ހައްގުވާކަމަށް ހާމަކުރި ލިސްޓުގައި ތިބި އެންމެންގެ ފޯމުތައް އަލުން ބެލުމަށްފަހު މިސަރުކާރުން ވަނީ އަލުން ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ހާމަކޮށްފައެވެ. މިސަރުކާރުން އެކަން ކުރުމަށް އުފެއްދި ފްލެޓް ކޮމިޓީން ބުނަނީ އެކަން ކޮށްފައިވާނީ ބަލަންޖެހޭވަރަށް ކަންކަމަށް ބެލުމަށްފަހު ކަމަށެވެ.

ހިޔާ ފްލެޓްއޭޖީ އޮފީސް

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
12 ޑިސެމްބަރު 2024

ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

12 ޑިސެމްބަރު 2024
ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ
12 އޮކްޓޯބަރު 2024

ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

12 އޮކްޓޯބަރު 2024
ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!
07 މެއި 2024

އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު

07 މެއި 2024
އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު
17 މާރިޗު 2024

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

17 މާރިޗު 2024
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
20 ޑިސެމްބަރު 2023

އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި

20 ޑިސެމްބަރު 2023
އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި
06 ޑިސެމްބަރު 2023

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

06 ޑިސެމްބަރު 2023
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
06 ޑިސެމްބަރު 2023

ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި

06 ޑިސެމްބަރު 2023
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
06 ޑިސެމްބަރު 2023

ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!

06 ޑިސެމްބަރު 2023
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
01 ޑިސެމްބަރު 2023

ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟

01 ޑިސެމްބަރު 2023
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު