Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލާއި ލައިޕްޒީގުގެ މެޗު

ލިވަޕޫލާއި ލައިޕްޒީގުގެ ދެވަނަ ލެގުވެސް ހަންގޭރީގައި

ފުރަތަމަ ލެގުން ލިވަޕޫލް ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 މާރިޗު 2021 | ބުރާސްފަތި 11:18
ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ލައިޕްޒީގާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ލައިޕްޒީގާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ލިވަޕޫލާއި އާރްބީ ލައިޕްޒީގް ބައްދަލުކުރަން އޮތް މެޗުވެސް ހަންގޭރީގެ ބުޑަޕެސްޓުގައި ކުޅެން ނިންމައިފިއެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅެން އޮތް ދެވަނަ ލެގުގެ މެޗު ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާއަށް ބަދަލުކުރިއިރު، މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ޖަރުމަނުގައި ކުޅެން އޮތް ފުރަތަމަ ލެގުގެ މެޗުވެސް ކުޅެފައިވަނީ އެ ދަނޑުގައެވެ. އެ ފަހަރު ހަންގޭރީއަށް މެޗު ބަދަލުކުރީ ކޮވިޑް-19 ގެ އައު ވޭރިއަންޓުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން، ޖަރުމަނުގެ ސަރުކާރުން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އިންގްލެންޑް ހިމެނޭ ގޮތަށް އެކި ގައުމުތަކުން އަންނަ މީހުންނަށް ޖަރުމަނަށް އެތެރެނުވެވޭ ގޮތަށް ކަނޑައެޅުމުންނެވެ.

އަދި މި މަހުގެ 11 ވަނަ ދުވަހު އިންގްލެންޑުގައި ކުޅެން އޮތް ދެވަނަ ލެގުގެ މެޗު ހަންގޭރީއަށް ބަދަލުކުރަން ޔުއެފާއިން ނިންމީ، ލައިޕްޒީގުގެ ޓީމު އިންގްލެންޑަށް ދަތުރުކޮށްފިނަމަ، އަނބުރާ ޖަރުމަނަށް އައުމުން އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ކަރަންޓީނުވާން ޖެހޭނެ ކަމަށް ޖަރުމަނުގެ ސަރުކާރުން އެންގުމާއެކު، އެ މެޗު އެހެން ދަނޑަކަށް ބަދަލުކޮށްދިނުމަށް ލައިޕްޒީގުން އެދުމުންނެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ލިވަޕޫލާއި ލައިޕްޒީގް ބައްދަލުކުރާ ދެ ލެގުވެސް އެއް ދަނޑެއްގައި ކުޅެން ނިންމި ނަމަވެސް، މި މެޗުތައް ކުރިއަށްދާނީ ޔުއެފާގެ އަވޭ ލަނޑުގެ އުސޫލާ އެއްގޮތަށް ކަމަށް އެ އިދާރާއިން ވަނީ ނިންމާފައެވެ. އެހެންކަމުން ފުރަތަމަ ލެގުގައި ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެފައިވާއިރު، ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑީ ލިވަޕޫލަށެވެ.

ލިވަޕޫލާއި ލައިޕްޒީގުގެ ދެ ލެގުވެސް ހަންގޭރީގައި ކުޅޭއިރު، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުވެސް ވަނީ ހަންގޭރީގައި ކުޅެފައެވެ.

ޗެމްޕިއަންސް ލީގުލިވަޕޫލްއާރްބީ ލައިޕްޒީގް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު