Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީ ވޯޓިންގ ސިސްޓަމް

އީ ވޯޓިންގ އަކީ މިހާރުގެ ވިސްނުމަށް ބަލާނަމަ ރާއްޖެއަށް ބޭނުން އެއްޗެއް ނޫން: ޝަރީފް

މިހާރުވެސް ރައްޔިތުން އިތުބާރުކުރަނީ ވޯޓު ކަރުދާހަށް ކަމަށް ޝަރީފް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 މާރިޗު 2021 | ބުރާސްފަތި 07:17
އީސީގެ ރައީސް މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ

އީސީގެ ރައީސް މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ

އީ ވޯޓިންގ އަކީ މިހާރުގެ ވިސްނުމަށް ބަލާނަމަ ރާއްޖެއަށް ބޭނުންވާ ސިސްޓަމެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ބޭނުންވާ ބަޖެޓާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އީ ވޯޓިންގއަށް ދިޔުމާ ގުޅޭގޮތުން މިހާރު ކަންތައްތައް އޮތް ހިސާބާ ގުޅޭގޮތުން ސުވާލުކުރެއްވުމުން ޝަރީފް ވިދާޅުވީ އޮންލައިން ވޯޓިންގ އަކީ އީ ވޯޓިންކަމަށް ވާނަމަ އީ ވޯޓިން އަކީ މިހާރުގެ ވިސްނުމަށް ބަލާއިރުގައި ރާއްޖެއަށް ބޭނުން އެއްޗެއް ނޫންކަމަށެވެ.

އީ ވަސީލަތްތައް ބޭނުންކޮށްގެން ބައެއް ގައުމުތަކުގައި ވޯޓުލާއިރު އިތުރު ވަސީލަތްތައް ބޭނުންކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެފަދަ މެޝިންތަކާއި އެ އެއްޗެހި ބޭނުންކުރަނީ ބޮޑެތި އާބާދީތަކުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ ވޯޓު ގުނުމުގެ ކަންކަން އަވަސްކޮށް ފަސޭހަކުރުމުގެ ބޭނުމުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރުވެސް ރައްޔިތުން އިތުބާރުކުރަނީ ވޯޓު ކަރުދާހަށްކަމަށެވެ. އެނޫންގޮތަކަށް އިލެކްޝަން ކޮމިޝަނަށް ވެސް އޮފިޝަލުންނަށް ވެސް އިތުބާރު ނުކުރާކަމަށް ޝަރީފް ވިދާޅުވިއެވެ.

އީ ވޯޓިންގ ގެ ނިޒާމު، އެހެން ގޮތަކަށް ބަލާނަމަ އޮންލައިންކޮށް ވޯޓުލުން ފަދަ ބަދަލުތައް ގެނެވިދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެގޮތަށް ބަދަލު ގެނެވޭނީ ޤާނޫނީ ނިޒާމަށް ބަދަލުގެނެސްގެން އޮނިގަނޑަށް ބަދަލުތަކެއް ގެނެސްގެންކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި އީ ވޯޓިންގ ސިސްޓަމް ތަޢާރަފްކުރުމުގެ ވާހަކަތަކެއް މީގެކުރިން ވަނީ ދައްކާފައެވެ.

އިލެކްޝަންސް ކޮމިޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު