Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއްބަސްވުމުގައި ސޮއިކުރުން

އެލްޖީއޭއިން ތިން މަޝްރޫއުއެއްގެ މަސައްކަތްކުރުމަށް ހަވާލުކޮށްފި

4 މާރިޗު 2021 | ބުރާސްފަތި 02:03

މިއެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިޔަށް ގެންދެވިފައިވަނީ ޒޫމް މެދުވެރިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 4 މާރިޗު 2021 | ބުރާސްފަތި 02:03
އެއްބަސްވުންތަކުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުންތަކުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ތެރެއިން 3 މަޝްރޫއުއެއްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފިއެވެ.

ކޮވިޑް-19އާ ގުޅިގެން މިއެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިޔަށް ގެންދެވިފައިވަނީ ޒޫމް މެދުވެރިކޮށެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 69 ވަނަ މާއްދާގައިވާ ގޮތުން ގައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫއުގެ ތެރެއިން، އެ މަޝްރޫއުއެއްގެ އަގު 5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ހަވާލުކުރެވުނު ޕްރޮޖެކްޓްތަކަކީ 2،815،320.04 (ދެމިލިއަން އަށްލައްކަ ސާދަހާސް ތިން ސަތޭކަ ވިހި) ރުފިޔާއަށް ހއ. ކެލާ މަސްމާރުކޭޓް، 2،500،000.00 (ދެމިލިއަން ފަސްލައްކަ) ރުފިޔާއަށް ހދ. ވައިކަރަދޫ މަސްމާރުކޭޓް އަދި 3،500،000.00 (ތިން މިލިއަން ފަސްލައްކަ) ރުފިޔާއަށް ބ. ފުޅަދޫ ކައުންސިލް އިދާރާގެ މަސައްކަތެވެ. ކެލާ މަސްމާރުކޭޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެރަށު ކައުންސިލްގެ ރައީސް އާދަމް ޣުފްރާން، ވައިކަރަދޫ މަސްމާރުކޭޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް އަދި ފުޅަދޫ ކައުންސިލް އިދާރާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އަހްމަދު އާސިފްއެވެ.

މި އެއްބަސްވުންތަކުގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފް އެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ. މިބައްދަލުވުމުގައި ކެލާ އަދި ވައިކަރަދޫ ދާއިރާގެ މަޖުލިސް މެމްބަރުން ބައިވެރިވެވަޑައިގަތެވެ. 

މީގެ އިތުރުން އެލްޖީއޭއިން ބުނީ ވައިކަރަދޫ މަސްމާރުކޭޓް 04 ޑިސެމްބަރ 2019 ވަނަ ދުވަހު ބަޔަކާ ހަވާލުކުރެވުނު ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓަރު ކައުންސިލަށް، އެންގުމަކާއި ނުލައި، އެއްވެސް މަގުބޫލު އުޒުރެއްނެތި ސައިޓުގައި މަސައްކަތް ނުކުރާތާ 28 ދުވަސްވުމާއި، އަދި މުއްދަތަށް މަސައްކަތް ނިންމާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 15 އިންސައްތައަށް ވުރެ އިތުރުވެފައިވާތީ، އެގްރިމެންޓު މާލިއްޔަތު ގަވައިދުގައިވާގޮތުގެ މަތީން ބާތިލްކުރެވިފައިވާކަމަށެވެ. އަދި 24 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެލްޖީއޭއިން ބުނެއެވެ.

އެލްޖީއޭއިން ބުނީ ބުދަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ކައުންސިލުން އެހެން ފަރާތަކާ އެ މަސައްކަތް ހަވާލުކޮށްގެން ނުނިމިހުރި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 2021 ވަނަ އަހަރު އަލަށް ފެށުމަށް 24 ޕްރޮޖެކްޓް އެލްޖީއޭއަށް ލިބިފައިވެއެވެ. 2019 ވަނަ އަހަރު ފަށައި މިއަދާ ހަމައަށް ނުނިމި ކުރިޔަށްދާ ޕްރޮޖެކްޓްތަކުގެ އަދަދަކީ 4 އެކެވެ. އެއީ ޅ. ނައިފަރު ކައުންސިލް އިދާރާ، ކ. ހުރާ ކައުންސިލް އިދާރާ، ގއ. ކޮނޑޭ ކައުންސިލް އިދާރާ އަދި ލ. އިސްދޫ އުންސިލް އިދާރާ އެވެ. އަދި 2020 ފަށައި މިއަދާ ހަމައަށް ނުނިމި ކުރިޔަށްދާ ޕްރޮޖެކްޓަކީ ދ. ކުޑަހުވަދޫ ކައުންސިލް އިދާރާގެ މަސައްކަތެވެ.

އެލްޖީއޭ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި
25 ސެޕްޓެމްބަރު 2025

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް
19 ސެޕްޓެމްބަރު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

19 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް
18 ސެޕްޓެމްބަރު 2025

ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

18 ސެޕްޓެމްބަރު 2025
ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.
12 ސެޕްޓެމްބަރު 2025

ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

12 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި
04 އޯގަސްޓު 2025

ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ހުށަހެޅި ބިލް: މަޝްވަރާ ކުރުމެއް ނެތި ކޮމިޓީ މަރުހަލާ ވެސް އަވަސް އަރުވާލަނީ

04 އޯގަސްޓު 2025
ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ހުށަހެޅި ބިލް: މަޝްވަރާ ކުރުމެއް ނެތި ކޮމިޓީ މަރުހަލާ ވެސް އަވަސް އަރުވާލަނީ
25 ޖުލައި 2024

އެލްޖީއޭގެ ބޯޑަށް ޝިޔާމް އިންތިޚާބުކޮށްފި

25 ޖުލައި 2024
އެލްޖީއޭގެ ބޯޑަށް ޝިޔާމް އިންތިޚާބުކޮށްފި
01 ޖުލައި 2024

މޭޔަރ ނިޒާރުގެ ވަރުގަދަ ބަހުގެ ހަމަލާ އެއް އެލްޖީއޭގެ ޒުލްފާއަށް

01 ޖުލައި 2024
މޭޔަރ ނިޒާރުގެ ވަރުގަދަ ބަހުގެ ހަމަލާ އެއް އެލްޖީއޭގެ ޒުލްފާއަށް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލް ކުރަން އެންގުން - އެލްޖީއޭ ކޮމިޓީއަށް ހާޒިރުކުރަނީ

12 މާރިޗު 2024
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލް ކުރަން އެންގުން - އެލްޖީއޭ ކޮމިޓީއަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް