Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތް

ރ އަތޮޅުގެ ތަރައްގީއަށް ރައީސް ޞާލިޙްގެ ގިނަ ވައުދުފުޅުތަކެއް!

ރ އަތޮޅުގައި އެއަރޕޯޓެއް އެޅިގެންދާނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 2 މާރިޗު 2021 | އަންގާރަ 17:30
ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް ޞާލިޙް

ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް ޞާލިޙް

ރ. އަތޮޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ކުރިޔަށް ގެންދާ ސިލްސިލާ ކެމްޕެއިން ހަރަކާތް "ރަށްވެހި ފަތިސް"ގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވަނީ ސަރުކާރުން ރ އަތޮޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާކަން ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

އަލިފުށި

އަލިފުށިން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޞާލިޙް ވިދާޅުވީ އަލިފުށީ ބިންހިއްކުމުގެ މަޝްރޫއު ދެވަނަ ކުއާޓަރ ތެރޭގައި ޓެންޑަރއަށް ހުޅުވައިލެވޭނެ ކަމަށާއި، އަލިފުށީ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އަލުން ޓެންޑަރއަށް ހުޅުވާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އެރަށުގައި ރީޖަނަލް ވޮކޭޝަނަލް ސެންޓަރެއް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

ވާދޫ

ވާދޫގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ރައީސް ވިދާޅުވީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އެރަށު ސޯލާރ މަސައްކަތް ފެށިގެންދާނެ ކަމަށާއި، ވާދޫގައި ފަތުރުވެރިކަން ފުޅާ ކުރުމަށް އަންނަ އަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށެވެ. ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އޭޕްރީލް މަސް ތެރޭގައި އަލުން ފެށުމަށް ނިންމާފައިވާ ކަމަށާއި، އަދި ސްކޫލުގެ ދެބުރި އިމާރާތުގެ މަސައްކަތް މެއި، ޖޫން ހިސާބު ފެށިގެންދާނެ ކަމަށެވެ.

އަނގޮޅިތީމު

އަނގޮޅިތީމުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ އެރަށު ޒުވާނުންގެ މަރުކަޒު ހެދުމަށް ތިންވަނަ ކުއާޓަރ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށާއި، ހެލްތު ސެންޓަރު ލެބޯޓަރީ ވަނީ ބިޑަށް ހުޅުވާލެވިފައި ކަމަށެވެ. އަދި އަނގޮޅިތީމުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، އިންޖީނުގެ ރީލޮކޭޓު ކުރުމުގެ ކަންކަން ކުރިޔަށްދާ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އުނގޫފާރު

އުނގޫފާރުގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް މިސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވަމުން ރައީސް ޞާލިޙް ވިދާޅުވީ 7 މަސްތެރޭގައި އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ. އަދި އެރަށު ސްކޫލު ހޯލުގެ މަސައްކަތް އަލުން ޓެންޑަރ ބޯޑަށް ފޮނުވާފައިވާ ކަމަށާއި، 2000 އަކަފޫޓުގެ ގޯތި ދޫކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާ ގުޅިގެން އިތުރު ކޯސްތައް އެރަށުގައި ހިންގުމުގެ ކަންކަން ކުރިޔަށް ގެންދަވާ ކަމަށާއި، އުނގޫފާރު ބިންހިއްކުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށެވެ.

ދުވާފަރު

ދުވާފަރު ރައްޔިތުން ފާހަގަކުރި ކަންކަމާއި ގުޅޭގޮތުން ރައީސް ޞާލިޙް ވިދާޅުވީ ޖޫން މަސް ތެރޭގައި އެރަށަށް ބޭނުންވާ ޑޮކްޓަރުން އިތުރު ކުރެވިގެންދާނެ ކަމަށާއި، ރަށުގެ ޒުވާނުންގެ މަރުކަޒު ތަރައްގީ ކުރުމަށް ދެވަނަ ކުއާޓަރގެ ތެރޭގައި އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

ރަސްގެތީމު

ރަސްގެތީމުގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެރަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ރަށުގެ ޖެޓީ އަދި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހުޅުދުއްފާރު

ހުޅުދުއްފާރުގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ޞާލިޙް ވިދާޅުވީ އެރަށުގައި ފުލުހުންގެ ހިދުމަތް ދިނުމަށް ހޯމް މިނިސްޓްރީން އިސްކަންދޭ ލިސްޓުގައި ހުޅުދުއްފާރު ހިމެނިފައިވާ ކަމަށާއި، ހުޅުދުއްފާރުގެ މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ޓެންޑަރއަށް ހުޅުވާލައި ދެވަނަ ކުއާޓަރގައި މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އަލަށް ދޫކުރެވުނު ގޯތިތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މާކުރަތު

މާކުރަތުން ފާހަގަކުރެވުނު ކަންކަމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ މާކުރަތު ބަނދަރު ބޮޑު ކުރުމަށް އީއައިއޭގެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށާއި، ދެވަނަ ކުއާޓަރގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މާރޗު މަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އިންނަމާދޫ

ރައީސް ވިދާޅުވީ އިންނަމާދޫގެ އެމްބިއުލާން ޖޫން މަހު ފޯރުކޮށްދެވޭނެ ކަމަށާއި، އެރަށުގައި ޕީއެސްއައިޕީއަށް 10 މިލިއަނެއްހާ ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށެވެ. އަދި ނަރުދަމާގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މަޑުއްވަރި

މަޑުއްވަރީގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ރައީސް ޞާލިޙް ވިދާޅުވީ މިހާރުވެސް ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، އިންޖީނުގޭގައި 500 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބަހައްޓަމުންދާއިރު، ފެނުގެ ނިޒާމު ގާއިމްކުރުމާއި އައިސް ޕްލާންޓްގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

މީދޫ

މީދޫން ފާހަގަކުރި ކަންކަމާއި ބެހޭ ގޮތުން ރައީސް ވިދާޅުވީ އެރަށު ހޮސްޕިޓަލުގެ މަސައްކަތް މާރޗު މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ޓެންޑަރަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް އޭޕްރީލް މަހުގެ ތެރޭގައި ޓެންޑަރަށް ހުޅުވާލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ ކުނީގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ޕްލޭންގައި މީދޫވެސް ހިމެނޭކަން ފާހަގަ ކުރައްވާފައެވެ.

ފައިނު

ފައިނުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ ފައިނުގެ ގިރާ ސަރަހައްދު މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލު ކުރުމުގެ ކަންކަން ކުރިޔަށްދާ ކަމަށާއި، އަދި ރ. އަތޮޅުގައި އެއަރޕޯޓެއް ގާއިމުކުރުމަށް އެންމެ ރަނގަޅު ހިސާބެއް ބަލައި އެކަން ކުރިޔަށް ގެންދަވާނެ ކަމަށެވެ.

 ރަސްމާދޫ

ރަސްމާދޫއާ ގުޅިގެން ރައީސް ވިދާޅުވީ ރަސްމާދޫ ސްކޫލުގެ ޑިޒައިނިންގ މަސައްކަތް ކުރިޔަށްދާ ކަމަށާއި، ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް އެމްޓީސީސީއާ ހަވާލު ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އިނގުރައިދޫއާ ގުޅޭ ގޮތުންވެސް ރައީސް ޞާލިޙް ގިނަ ކަންތައްތަކެއް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރ އަތޮޅުގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ބްރާންޗެއް ގާއިމު ކުރުމަށް ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު