Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުރީދޫގެ އަހަރީ އާންމު ޖަލްސާ

އުރީދޫގެ ހިއްސާއަކަށް ފައިދާގެ ގޮތުުގައި 2.34 ރުފިޔާ ބަހަން ފާސްކޮށްފި

2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 މާރިޗު 2021 | އަންގާރަ 17:18
އުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސްގެ 2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

ފާއިތުވި އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34 ރުފިޔާ ބަހަން ފާސްކޮށްފައި ވަނީ މަރޗް މަހުގެ ތިން ވަނަ ދުވަހު، އުރީދޫ އިން އޮންލައިން ކޮށް ކުރިއަށް ގެންދިޔަ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 44 ހިއްސާދާރުންގެ ތެރެއިން ވޯޓްގައި ބައިވެރިވި 34 ހިއްސާދާރުންގެ 100 އިންސައްތަ ވޯޓާއިއެކުއެވެ. 2019 ވަނަ އަހަރު އުރީދޫއިން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ފާސްކޮށްފައެވެ.

މިޖަލްސާގައި 2020 ވަނަ އަހަރުގެ މާރޗް ދެ ވަނަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށްފައިވާއިރު، ޔައުމިއްޔާ ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި 36 ހިއްސާދާރުންގެ ވޯޓާއި އެކުއެވެ. އަދި 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު 33 ހިއްސާދާރުންގެ ވޯޓާއިއެކު ފާސްކޮށްފައިވާއިރު، 2020 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކޮށްފައި ވަނީ 32 ހިއްސާދާރުންގެ ވޯޓާއިއެކުއެވެ.

މީގެ އިތުރުން މިޖަލްސާގައި ވަނީ 2021 ވަނަ އަހަރަށް އުރީދޫގެ އޮޑިޓަރުން އައްޔަނުކޮށް، އޮޑިޓަރުންގެ އުޖޫރަ ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެކްސް ނުހިމަނައި އަދި މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ އައުޓް އޮފް ޕޮކެޓް ހަރަދުތައް ހިންގަމުންދާ މިންވަރަކުން، ޖުމްލަ ފީގެ ފަސް އިންސައްތަ އަށް ވުރެ ބިލް ކުރާގޮތަށް، އުޖޫރައިގެ ގޮތުގައި 69،610 ޑޮލަރު ދީގެން 2021 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިޒްވޯޓަރހައުސްކޫޕަރސް އައްޔަނުކުރުމަށް 34 ހިއްސާދާރުންގެ ވޯޓާއި އެކު ވަނީ ފާސްކޮށްފައެވެ.

އުރީދޫގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ފަހިވޯޓް މެދުވެރިކޮށް، އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާއިރު، މިޖަލްސާގައި ޖުމްލަ 44 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. އެއީ އަމިއްލަ ގޮތުން ބައިވެރިވި 36 ހިއްސާދާރުންނާއި ޕްރޮކްސީކޮށް ބައިވެރިވި 8 ހިއްސާދާރުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އުރީދޫގެ ޗެއަރމަން، އެންޑްރޫ ކްވަލްސެތް ވަނީ ކޮވިޑް-19 ބަލިމަޑުކަމާއެކުވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ފޯރުކޮށް ދިނުމަށް މަސައްކަތްކޮށް ގިނަ ހިދުމަތްތަކެއް އުރީދޫއިން ރައްޔިތުންނަށް ފޯރުކޮށް ދެވުނުކަމަށް ފާހަގަކުރައްވާފައެވެ. އަދި ގޮންޖެހުންތަކާއިއެކު އުރީދޫގެ ހިދުމަތް ފުޅާކުރުމަށް ގިނަ އިންވެސްޓްމެންޓްތަކެއް ކުރެވުނު ކަމަށްވެސް އެންޑްރޫ ވަނީ ފާހަގަކުރައްވާފައެވެ.

އުރީދޫގެ މެެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ނަޖީބް ހާން ވެސް މި ޖަލްސާގައި ވާހަކަ ދައްކަވާފައިވާއިރު، ސީއީއޯ ވަނީ އުރީދޫއިން މިހާރު ފޯރުކޮށްދޭ ގިނަ ހިދުމަތްތަކަކީ ޑިޖިޓަލައިޒްޑް ހިދުމަތްތައް ކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19އާއި ގުޅިގެން ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްގެ ކްރައިސިސް ރެސްޕޮންސް ޓީމްގެ އަގުހުރި މަސައްކަތް އެކުންފުނީގެ ސީއީއޯ ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2020

ކައުންސިލް އިންތިޚާބަށް އަދިވެސް 2345 އޮފިޝަލުން ބޭނުންވޭ

01 މާރިޗު 2020
ކައުންސިލް އިންތިޚާބަށް އަދިވެސް 2345 އޮފިޝަލުން ބޭނުންވޭ
23 ނޮވެމްބަރު 2019

ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ދިފާއުކުރެއްވީ 23432 ވޯޓާ އެކު

23 ނޮވެމްބަރު 2019
ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ދިފާއުކުރެއްވީ 23432 ވޯޓާ އެކު
21 ސެޕްޓެމްބަރު 2019

އުރީދޫގެ ހުރިހާ ނަމްބަރަކަށް ހިލޭ ގުޅޭގޮތް ހަދައިދީފި

21 ސެޕްޓެމްބަރު 2019
އުރީދޫގެ ހުރިހާ ނަމްބަރަކަށް ހިލޭ ގުޅޭގޮތް ހަދައިދީފި
26 އެޕްރީލު 2019

ދިރާގުގެ ސާފު ފައިދާ 905 މިލިއަން ރުފިޔާ، ހިއްސާއަކަށް ބަހަނީ 11.91 ރުފިޔާ

26 އެޕްރީލު 2019
ދިރާގުގެ ސާފު ފައިދާ 905 މިލިއަން ރުފިޔާ، ހިއްސާއަކަށް ބަހަނީ 11.91 ރުފިޔާ
06 ފެބުރުއަރީ 2019

އުރީދޫގެ 'ވޯރ އޮން ވޭސްޓް ކެމްޕެއިން' ނައިބު ރައީސް އިފްތިތާހު ކޮށްދެއްވައިފި

06 ފެބުރުއަރީ 2019
އުރީދޫގެ 'ވޯރ އޮން ވޭސްޓް ކެމްޕެއިން' ނައިބު ރައީސް އިފްތިތާހު ކޮށްދެއްވައިފި
25 އެޕްރީލު 2018

ކުންފުނީގެ ފައިދާއިން ހިއްސާއަކަށް 55ރ. ބަހަން ހުށަހެޅުމަށް ނިންމައިފި

25 އެޕްރީލު 2018
ކުންފުނީގެ ފައިދާއިން ހިއްސާއަކަށް 55ރ. ބަހަން ހުށަހެޅުމަށް ނިންމައިފި
15 ނޮވެމްބަރު 2017

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި 234 މިލިއަން ރުފިޔާ

15 ނޮވެމްބަރު 2017
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި 234 މިލިއަން ރުފިޔާ
06 ޖޫން 2017

ޤަތަރާ ގުޅުން ކަނޑާލިޔަސް އުރީދޫގެ ޚިދުމަތް ނުހުއްޓޭނެ: ހޯމް މިނިސްޓްރީ

06 ޖޫން 2017
ޤަތަރާ ގުޅުން ކަނޑާލިޔަސް އުރީދޫގެ ޚިދުމަތް ނުހުއްޓޭނެ: ހޯމް މިނިސްޓްރީ
10 މެއި 2017

އުރީދޫގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކަކަށް ބީއެމްއެލް

10 މެއި 2017
އުރީދޫގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކަކަށް ބީއެމްއެލް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު