Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ފަތުރުވެރިކަން

އަހަރުގެ ފުރަތަމަ ދެމަހު 188,984 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ޖެނުއަރީ މަހު ރާއްޖެއަށް 92,103 ފަތުރުވެރިން ވަނީ އައިސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 1 މާރިޗު 2021 | ހޯމަ 12:38
ރާއްޖެ އައި ފަތުރުވެރިންތަކެއް

ރާއްޖެ އައި ފަތުރުވެރިންތަކެއް

މިއަހަރުގެ ފުރަތަމަ ދެމަސް ނިމުނުއިރު ރާއްޖެއަށް 188,984 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޖެނުއަރީ މަހު ރާއްޖެއަށް 92,103 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު އައިސްފައި ވަނީ 96,881 ފަތުރުވެރިންނެވެ. މިއީ ފުރަތަމަ މަހު އައި ފަތުރުވެރިންނާއި އަޅާބަލާއިރު، 4،778 ފަތުރުވެރިން އިތުރު އަދަދެކެވެ. ފާއިތުވި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އައިސްފައިވާ ކަމަށް ރިޕޯޓްކުރެވިފައި ވަނީ 145,215 ފަތުރުވެރިންނެވެ. އަދި 2020 ވަނަ އަހަރުގެ ފުރަތަމަ ދެ މަސް ނިމުނުއިރު 318,562 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު 5،200ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެމަހުގެ 7 ވަނަ ދުވަހާއި، 12، 13، 14 އަދި 26 ވަނަ ދުވަހާއި 28 ވަނަ ދުވަހު 4،000ށް ވުރެ ގިިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ ފުރަތަމަ ދެ މަސް ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެގައުމުން 44,039 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ރަޝިއާއިން 40,698 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޔޫކްރެއިނުން ރާއްޖެ އައިސްފައި ވަނީ 12,549 ފަތުރުވެރިންނެވެ.

ހަތަރު ވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ގައުމެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ކަޒަކިސްތާނެވެ. އެގައުމުން 8,166 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަށް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ޖަރުމަނުން 7,386 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ރޫމޭނިއާއިން އައިސްފައި ވަނީ 7,111 ފަތުރުވެރިންނެވެ. އަދި ފްރާންސްއިން 5,381 ފަތުރުވެރިން، ސްވިޒަލޭންޑުން 5,190 ފަތުރުވެރިން، ޗެކްރިޕަބްލިކުން 5,086 ފަތުރުންނާއި އިނގިރޭސިވިލާތުން 4,543 ފަތުރުވެރިން އައިސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 657 ޓޫރިސްޓު ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 44,859 އެނދު ދަނީ މިހާރު އޮޕަރޭޓްކުރަމުންނެވެ.

އެގޮތުން މިހާތަނަށް 18 އަތޮޅެއްގައި 147 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 34,076 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 11 ހޮޓަލެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ހޮޓާތަކުގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 1,458 އެނދެވެ. އަދި 140 ސަފާރީއެއްގައި 2,723 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ 17 އަތޮޅެއްގެ 52 ރަށެއްގައި މިހާރު 359 ގެސްޓް ހައުސް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިވަގުތު އޮޕަރޭޓްކުރަމުންދަނީ 6,602 އެނދެވެ.

ފާއިތުވި އަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ ލިބިގެންދިޔައީ ހަމަ އެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު 2020ގެ އޮކްޓޫބަރ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާފައިވަނީ އެއަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު ނަމަވެސް 2020 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖޭގެ މަޝްރަހުގައި ކާމިޔާބު އަހަރަކަށެވެ. އެގޮތުން އަހަރު ނިމުނުއިރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާއިރު، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ ވޯލްޑް ޓްރެވަލްސް އެވޯޑްގެ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އަހަރު ނިމުނުއިރު ރާއްޖޭގެ ފަތުރުވެރިކަމަށް އައު ގިނަ މާކެޓްތަކެއްވެސް ވަނީ ތައާރަފްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު