Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގައުމީ ސަލާމަތާ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ނަން

ގައުމީ ސަލާމަތާ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ނަން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ބަދަލު ކޮށްފި

އެގޮތަށް ބަދަލުގެނައުމަށް ކޮމިޓީން ނިންމި ނިންމުން ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 54 މެމްބަރުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 1 މާރިޗު 2021 | ހޯމަ 11:01
ޢާންމު ކޮމިޓީހެ މުގައްރިރު ހަސަން ލަތީފް

ޢާންމު ކޮމިޓީހެ މުގައްރިރު ހަސަން ލަތީފް

ގައުމީ ސަލާމަތާ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ނަން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ބަދަލު ކޮށްފިއެވެ.

މިގޮތަށް ބަދަލުކުރުމަށް ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 116 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ސަބަބުން އެ ދެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގައި ފުށުއެރުމެއް ވާކަމަށް ފާހަގަކުރެވޭތީ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާންމު ކޮމިޓީއަށް ފޮނުއްވި މައްސަލަ އެކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ފާސްކުރުމަށް ނެގުނު ވޯޓުންނެވެ.

Advertisement - newsAdvertisement

އެގޮތަށް ބަދަލުގެނައުމަށް ކޮމިޓީން ނިންމި ނިންމުން ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 54 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 107 ވަނަ މާއްދާއާއި 116 ވަނަ މާއްދާ އަދި 119 ވަނަ މާއްދާ އިޞްލާޙުކުރުމަށް ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 107 ވަނަ މާއްދާއާއި 116 ވަނަ މާއްދާ އަދި 19 ވަނަ މާއްދާ އިޞްލާޙުކުރުމަށް 20 ޖޫން 2020 ވަނަ ދުވަހު ބޭއްވި ޢާންމު ކޮމިޓީގެ 2020 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކަކީ:

1. މަޖިލީހުގެ ގަވާއިދުގެ 116 (ހ) ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ޚާރިޖީ ގުޅުންތަކުގެ ކަންކަން ދިރާސާކުރުމާއި ޚާރިޖީ ގުޅުންތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، އަދި ޚާރިޖީ ގުޅުންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ޚާރިޖީ ދާއިރާއާގުޅޭ މަސައްކަތް ރާވައި ހިންގާ ކޮންމެ އިދާރާއަކާ ގުޅުންހުރި ކަންކަން ކުރުމަށް ބަދަލުކުރުން

2. ގަވާއިދުގެ 116 ވަނަ މާއްދާގެ (ކ)، ޤައުމަށް ދިމާވާ އެކިއެކި ކާރިސާތަކާ ގުޅުންހުރި ކަންކަން ދިރާސާކޮށްބަލައިއަޅަންޖެހޭ ފިޔަވަޅުތައް އެޅުން، އުނި ކުރުން.

1. ގަވާއިދުގެ 119 ވަނަ މާއްދާގެ (ހ)، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ސަލާމަތީޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ޤައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި، ޤައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، އަންނަނިވި އިދާރާތަކާ ގުޅުންހުރި ކަންކަން ކަމަށް ބަދަލުކުރުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

މޯލްޑިވްސް ޕޮލިސް ސަރވިސް

މިނިސްޓްރީ އޮފް ޑިފެންސް

މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

2. ގަވާއިދުގެ 119 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަކުރެއް އިތުރު ކުރުން

އެގޮތުން މިމާއްދާގެ (ށ) ގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާތަކާ ގުޅޭގޮތުން ހުށަހަޅާބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، މަޖިލީހުން ރިޢާޔަތްކޮށްދިނުމަށްއެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުން.

މިމާއްދާގެ (ނ) ގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން އެންގުން.

އަދި މި މާއްދާގެ (ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެ ކަންކަމުގައި ކުރިއަށްދެވިދާނެ ގޮތުގެލަފާދިނުން ކަމަށް އިސްލާހުކުރުން

(ބ)ގައި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާތަކާ ބައްދަލުކޮށް، އެއިދާރާތަކުން ހިންގާ ކަންކަމާ ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުންކުރަމުންދާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުން.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާތަކާ ގުޅޭގޮތުން އެއިދާރާތަކުންނާއި، ދައުލަތުގެ އެހެނިހެން އިދާރާތަކުންނާއި، މަޖިލީހުގެ މެންބަރުންނާއި، ޢާންމު ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ދިރާސާކޮށް، މަޖިލީހުން ރިޢާޔަތްކޮށްދިނުމަށް އެދި ހުށަހެޅުން

(ކ) ޤައުމަށް ދިމާވާ އެކިއެކި ކާރިސާތަކާ ގުޅުންހުރި ކަންކަން ދިރާސާކޮށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

20 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު