Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ޙާލަތު

އާދިއްތަ ދުވަހު ވެސް 200އާ ގާތް ކުރާ އަދަދަކަށް މީހުން ޕޮޒިޓިވް!

މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2475

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ފެބުރުއަރީ 2021 | އާދީއްތަ 17:49
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ ތެރެއިން

ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ ތެރެއިން

ރާއްޖެއިން އިތުރު 196 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އާދިއްތަ ދުވަހު ރާއްޖެއިން އިތުރު 196 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރެއިން 178 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަޙައްދުން ކަމަށެވެ. އަދި 4 މީހަކު މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 12 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއާއެކު، މިހާތަަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 19،793ށް އަރާފައެވެ.

އޭގެ އިތުރުން، ރާއްޖެއިން މިވަގުތުވެސް 179 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2475 އެވެ. އަދި މިހާތަނަށް ރާއްޖެއިން ބަލި ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 17،249 އެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރުމަށް 523،778 ސާމްޕަލްއެއް ނަގާފައިވާއިރު، އޭގެ ތެރެއިން 5142 ސާމްޕަލްއަކީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ނަގާފައިވާ ސާމްޕަލްތަކެވެ.

ރާއްޖެއިން މިބަލީގައި 62 މީހަކު މަރުވެފައިވާއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11ގައި ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ ފިރިހެނެއް އާދިއްތަ ދުވަހުގެރޭ ފަތިހު 5:06 ގައި ނިޔާވެފައިވާ ކަމަށެވެ.

އެއީ 62 އަަހަރުގެ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހޮނިހިރު ދުވަހު ވެސް ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 80 އަހަރުގެ މީހަކު ނިޔާވެފައިވާ އިރު، މި މަހުގެ 20 ވަނަ ދުވަހު އިތުރު 2 މީހަކު ނިޔާވެފައިވެއެވެ.

ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 55 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 5 މީހަކާއި ފިލިޕީންސްގެ މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު