Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތ. ވޭމަންޑޫ އިންޖީނުގޭގައި ރޯވުން

ކުރު މުއްދަތެއްގެ ތެރޭގައި ވޭމަންޑޫގައި އައު އިންޖީނުގެއެއް އަޅަނީ

28 ފެބުރުއަރީ 2021 | އާދީއްތަ 17:32

އިންޖީނުގޭގައި ރޯވީ މި މަހު 24ގައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 28 ފެބުރުއަރީ 2021 | އާދީއްތަ 17:32
ވޭމަންޑޫއަށް ކަރަންޓު ދިނުމަށް ކުރި މަސައްކަތް

ވޭމަންޑޫއަށް ކަރަންޓު ދިނުމަށް ކުރި މަސައްކަތް

ތ. ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާތީ އެ ރަށުގައި އައު އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށްގެންދާނެ ކަމަށް އެރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ކުރިޔަށް އޮތްތަނުގައި މިފަދަ ޙާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް، އަދި ދިމާވާ ޙާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއި އިތުބާރާއެކު ޚިދުމަތްފޯރުކޮށްދެވޭކަން ކަށަވަރުކޮށް، އާ އިންޖީނުގެއެއް ޢިމާރާތް ކުރުމުގެ މަސައްކަތް، ފަސްކުރުމެއް ނެތި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރަށު ރައްޔިތުންނަށް އަރުވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ކުންފުނިން ބުނީ ވޭމަންޑޫގައި ހިނގައިދިޔަ ހާދިސާއަށް ފަހު އަވަހަށް ރައްޔިތުންނަށް އަލުން ކަރަންޓު ފޯރުކޮށްދިނުމަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެގޮތުން ހާދިސާ ހިނގި ވަގުތުން ފެށިގެން އެކަމުން އަރައިގަތުމަށް، ފޫހިކަމެއް ވަރުބަލިކަމެއް ނެތި، ހިތްވަރާއި އިޚްލާޞްތެރި ކަމާއެކު، އެ ކުންފުނީގެ މުވައްޒަފުންނާ ބައިވެރިވެފައިވާކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.

މީގެ އިތުރަށް މުވައްޒަފުން ކުރި މަސައްކަތުގައި ރަށުގެ އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެ ރަށު ރައްޔިތުން ކުންފުންޏާމެދު ބެހެއްޓި ގާތްކަމާއި، މަސައްކަތް ކުރުމަށް ކުންފުނިން ރަށަށްދިޔަ މުވައްޒަފުންނަށް ދިން މެހެމާންދާރީގެ އަގު ވަޒަންކޮށް، އެކަމަށް ޝުކުރުއަދާކޮށްފައިވެއެވެ.

ވަކިން ހާއްސަކޮށް މުޅި ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ލަފަޔާ އިރުޝާދުގެ އިތުރަށް  ޙާދިސާ ހިނގި ވަގުތުން ފެށިގެންކަންކަން ގާތުން ބައްލަވައި ކުންފުނީގެ ޓީމާއެކު ރަށަށް ދަތުރު ކުރައްވައި، ކުރެވުނު މަސައްކަތްތައް ބައްލަވައިލެއްވުމަށްމިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ޙުސައިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގެން ދެއްވި ދެއްވުމަކީ މަސައްކަތްތައްކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަން ފާހަގަކޮށް ފެނަކައިން ވަނީ އެކަމަށް ވެސް ޝުކުރުއަދާކޮށްފައެވެ.

ތ. ވޭމަންޑޫގެ އިންޖީނުގޭގައި މި މަހުގެ 24 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެރަށުގެ އިންޖީނުގެ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު އެރަށް ކަރަންޓު ލިބުނީ އޭގެ ގާތްގަނޑަކަށް 36 ގަޑި އިރު ފަހުންނެވެ. އެ ހާދިސާ ހިނގިރޭ ފެނަކައިން ވަނީ ވަގުތުން ބެކަޕް ޖަނަރޭޓަރަކާ އެކު ފެނަކައިގެ ޓީމެއް އެރަށަށް ގޮސް ވަގުތުން ކުރަން ޖެހޭ މަސައްކަތްތައް ފަށާފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. އަދި ހާދިސާ ހިނގި ވަކި ސަބަބެއް ވެސް ފުލުހުންނަށް ދެނެގަނެވި އެކަން ވެސް އާންމުކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް