Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓުއަރ އޮޕަރޭޓަރުންނާއި އެޖެންސީތައް

ޓެކްނޮލޮޖީއާއެކު ޓުއާ އޮޕަރޭޓަރުންނަށް ކޮންމެހެން އޮފީހެއް ހުރުމުގެ ބޭނުމެއް ނެތް: ފަރުހާދު

28 ފެބުރުއަރީ 2021 | އާދީއްތަ 02:31

ޓޫރިޒަމް މިނިސްޓްރީން އިސްކަން ދެނީ، ދިވެހި އެޖެންސީތަކަށް ފުރުސަތުދޭން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 28 ފެބުރުއަރީ 2021 | އާދީއްތަ 02:31
ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި

ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި

އަލަށް އެކުލަވާލި ޓޫއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންޓުންގެ ގަވާއިދުގައި، އެ މަސައްކަތަށް ވަކި އޮފީހެއް ހުންނަން ނުޖެހޭ ގޮތަށް ބަދަލު ގެނައީ، ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ އިރު، ވަކި އޮފީހެއް ނެތަސް އެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރ އިބްރާހިމް ފަރުހާދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަރުހާދު ވިދާޅުވީ އަލަށް ނެރުނު ގަވާއިދުގައި ގެނައި އެންމެ ބޮޑު އަދި އެންމެ މުހިންމު ބަދަލަކީ އެއީ ކަމަށެވެ. ފަރުހާދު ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ތަރައްގީވަމުން އަންނައިރު، އެއާއެކު އެންމެ ކުރިއަރާ ތަރައްގީވަމުން އަންނަ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށެވެ. އެގޮތުން ދާއިރާގެ އެންމެ މުހިންމު އެއް ތަނބުކަމުގައިވާ ޓްރެވަލް އެޖެންޓުންނަށް ބަލާއިރު އެމީހުންގެ މަސައްކަތް ވަރަށް ބޮޑަށް ޓެކްނޮލޮޖީއާ ގުޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އާންމުކޮށް އެމީހުން ފެންނަނީ ހަމައެކަނި ފޯނު ނުވަތަ ލެޕްޓޮޕް ގެންގުޅޭތަން ކަމަށާއި އެގޮތަށް އެކަނި ވެސް އެމީހުންގެ މުއާސަލާތީ ގުޅުން ވަރަށް ވަރުގަދަ ކަމަށް ވިދާޅުވިއެވެ.

ފަރުހާދު ވިދާޅުވީ ގެނައި ބަދަލުތައް ތެރޭގައި ބޭރުގެ އެޖެންސީތަކަށް އައިސް ރާއްޖޭގައި އޮފީހެއް ނުހުޅުވޭ ގޮތަށް ވެސް އުސޫލުގައި ހިމަނާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ކަނޑައެޅީ ދިވެހި އޮޕަރޭޓަރުންނާއި އެޖެންސީތަކަށް ރަނގަޅު ފުރުސަތު ފަހިކޮށްދޭން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު އޮންނަ އުސޫލަށް އަމަލުކުރާއިރު، ބޭރުގެ އެއްވެސް އެޖެންޓެއް ރާއްޖެ އައިސް މަސައްކަތްކުރާ ނަމަ ޖެހޭނީ ދިވެހި އޮޕަރޭޓަރަކާ ނުވަތަ އެޖެންސީއަކާ ބައިވެރިވާން ކަމަށް ވެސް ފަރުހާދު ވިދާޅުވިއެވެ.

ޓްރެވަލް އެޖެންސީތަކާއި އޮޕަރޭޓަރުން އަމަލުކުރަން ޖެހޭ އައު އުސޫލުގައި ބޮޑެތި ލުއިތަކެއް ދީފައިވާއިރު، ކުރީގައި އަމަލުކުރި އުސޫލުގައިވާގޮތުން ޓްރެވަލް ހުޅުވޭނީ އޮފީހެއް ހުރެގެންނެވެ. އޮފީހެއް ހުންނަން ޖެހޭ އިރު އެތަނެއްގެ ކަންކަން ބަލާނެ ވަރަށް ހަރުކަށި އުސޫލެއް ވެސް އޭރު އޮވެއެވެ. އެގޮތުން އެ އޮފީހެއްގައި ޖާގައިގެ ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުން ފުރިހަމަވާ ވަކި ޝަރުތުތަކަކަށް ވެސް ބަލާއިރު ފެކްސް ކުރެވޭނެ އިންތިޒާމު ފަދަ ކުދި ކުދި ކަންކަމަށް ވެސް ބަލައެވެ.

އެކަމަކު އަލަށް ގެނައި އުސޫލުގައިވާގޮތުން ވަކި އޮފީހެއް ނެތަސް ހިދުމަތްދޭ ފަރަތާއި ގުޅޭނެ ނަންބަރެއް އަދި އީމެއިލް އެޑްރެހެއް ހުށަހަޅައި، ކަންކަމުގައި ޒިންމާވެ ކުންފުންޏަށް ޖަވާބު ދާރީ ވާނެ ފަރާތެއް އައްޔަނުކޮށް އެފަރާތަކާ ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހެއް އޮވެއްޖެ ނަމަ ޓްރެވަލް އެޖެންސީ ހިންގޭނެއެވެ. އިހު އޮތް ގޮތާ ހިލާފަށް ވަކި ޖާގައަކާއި އެފަދަ ހަރުކަށި ކަންކަމަށް ނުބެލި ނަމަވެސް ލިޔެކިޔުންތައް ރަސްމީކޮށް ބަލަހައްޓާނެ ވަކި ތަނެއް ހުރުން މުހިންމު ކަމަށާއި އެކަމަކު އެ ތަނެއް އިންސްޕެކްޓްކޮށް އެވަރަށް ނުބަލާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2018

އަޅުގަނޑަށް ކޮންމެހެން މުހިއްމެން ނޫން އިންޑިއާއަށް ދިއުމެއް: ނިހާން

05 ޖޫން 2018
އަޅުގަނޑަށް ކޮންމެހެން މުހިއްމެން ނޫން އިންޑިއާއަށް ދިއުމެއް: ނިހާން
20 މެއި 2018

ރޯގާ ފެތުރެމުން ދަތީ ހޮސްޕިޓަލަށް ކޮންމެހެން ދާން ޖެހިގެން މެނުވީ ނުދިއުމަށް އައިޖީއެމްއެޗުން އިލްތިމާސް ކޮށްފި

20 މެއި 2018
ރޯގާ ފެތުރެމުން ދަތީ ހޮސްޕިޓަލަށް ކޮންމެހެން ދާން ޖެހިގެން މެނުވީ ނުދިއުމަށް އައިޖީއެމްއެޗުން އިލްތިމާސް ކޮށްފި
11 ޖެނުއަރީ 2018

ވެމްކޯގެ ފްރަންޓް އޮފީހެއް ވިލިމާލޭގައި ހުޅުވައިފި

11 ޖެނުއަރީ 2018
ވެމްކޯގެ ފްރަންޓް އޮފީހެއް ވިލިމާލޭގައި ހުޅުވައިފި
04 އޮކްޓޯބަރު 2017

މޯލްޑިވިއަން "ކާގޯ ސިޓީ އެކްސްޕްރެސް" ގެ ނަމުގައި ކާގޯ އޮފީހެއް ހުޅުވައިިފި

04 އޮކްޓޯބަރު 2017
މޯލްޑިވިއަން "ކާގޯ ސިޓީ އެކްސްޕްރެސް" ގެ ނަމުގައި ކާގޯ އޮފީހެއް ހުޅުވައިިފި
15 އޯގަސްޓު 2017

ވެސްޓްޕާކް މައްސަލައިގެ ކޯޓު މަރުހަލާ ނުނިމޭ، ޕީޕީއެމް ޖަގަހަ ހަދާތީ ކަންބޮޑުވަން: ޔޮޓްޓުއާސް

15 އޯގަސްޓު 2017
ވެސްޓްޕާކް މައްސަލައިގެ ކޯޓު މަރުހަލާ ނުނިމޭ، ޕީޕީއެމް ޖަގަހަ ހަދާތީ ކަންބޮޑުވަން: ޔޮޓްޓުއާސް
14 އޯގަސްޓު 2017

ރައްޔިތުންގެ މަޖިލިސް މިހާރު ހިނގަމުންދަނީ ސަރުކާރު އޮފީހެއް ހިނގާ ގޮތަށް: މާރިއާ

14 އޯގަސްޓު 2017
ރައްޔިތުންގެ މަޖިލިސް މިހާރު ހިނގަމުންދަނީ ސަރުކާރު އޮފީހެއް ހިނގާ ގޮތަށް: މާރިއާ
16 އެޕްރީލު 2017

ގާސިމްގެ ގެ އާއި ދެ އޮފީހެއް ބަލައި ފާސްކޮށްފި

16 އެޕްރީލު 2017
ގާސިމްގެ ގެ އާއި ދެ އޮފީހެއް ބަލައި ފާސްކޮށްފި
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް