Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރުންގެ ގޮނޑި ގެއްލުން

ރައްޔިތުންގެ މަޖިލިސް މިހާރު ހިނގަމުންދަނީ ސަރުކާރު އޮފީހެއް ހިނގާ ގޮތަށް: މާރިއާ

14 އޯގަސްޓު 2017 | ހޯމަ 05:46

ބަންޑާރަ ނައިބު މަސައްކަތް ކުރައްވަނީ މުޅިންވެސް ޕީޕީއެމް "ދަރުބާރު ފެކްޝަން"ގެ ދިފާއުގައި ކަމަށް މާރިއާ ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 އޯގަސްޓު 2017 | ހޯމަ 05:46
ރައްޔިތުންގެ މަޖިލީހުގައި އިސްކޮށް ހަރަކާތްރެރިވެވަޑައިގަންނަވާ ބައެއް މެމްބަރުން: މަޖިލީޙުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގައި އިސްކޮށް ހަރަކާތްރެރިވެވަޑައިގަންނަވާ ބައެއް މެމްބަރުން: މަޖިލީޙުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލިސް މިހާރު ހިނގަމުންދަނީ ސަރުކާރުގެ އޮފީހެއް ހިނގަމުންދާ ގޮތަށް ކަމަށާއި ދައުލަތުގެ ބަންޑާރަ ނައިބުގެ އަމަލުތައް ހުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާރިއާ ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބުގެ ޒިންމާއަކީ ހަމަ އެކަނި ސަރުކާރު ދިފާއުކުރުމަށް ވަކާލާތު ކުރެއްވުން ނޫން ކަމަށާއި އަދި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކާ ދެކޮޅަށް، ޕީޕީއެމް "ދަރުބާރު ފެކްޝަން"ގެ ދިފާއުގައި ސުޕްރީމް ކޯޓަށް ވަޑައިގެން ވަކާލާތު ކުރެއްވުމަކީ ބަންޑަރަ ނައިބުގެ ހައިސިއްޔަތުން ކުރައްވާނެ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މާރިއާ ވިދާޅުވީ އިންތިހާބުވި ޕާޓީ ބަދަލުކޮށް ނުވަތަ ވަކިކުރައްވައިފި ނަމަ މަޖިލީހުގައި އެމެމްބަރަކު އަދާކުރައްވާ ގޮނޑި ގެއްލޭ ގޮތަށް އެމައްސަލަ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ހުށަހެޅުއްވުމަކީ ސަރުކާރުގެ ނުފޫޒު ބަންޑާރަ ނައިބަށް އޮތް މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަތަކުގައި ދައުލަތުގެ ބަންޑާރަ ނައިބު ޕީޕީއެމް "ދަރުބާރު ފެންޝަން"އަށް ވަކާލާތު ކުރައްވާ، ދައްކަވާ ވާހަކަތައް ވެސް ދެކޮޅު ނުޖެހޭ ކަމަށެވެ. "ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ)ގައި ބުނޭ އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލާ ސިޔާސީ ޕާޓީއަކުން ވަކިވެވިދާނެ ކަމަށް. ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އޮވޭ މެމްބަރަކު ޕާޓީން ވަކިވުމަށް ސިޓީއެއް ލައިފި ނަމަ ވަކިވެވޭނެ ކަމަށް. ޕާޓީން ވަކިކޮށްފައިވާ ކަމަށް ބުނެ ސިޓީ ފޮނުވާފައިވާ އަދި ވަކިކުރައްވާފައިވާ މެމްބަރެއް، ސުލޫކީ މައްސަލައެއް އަލުން ބަލަނީ ކަމަށްބުނެ، އަލުން އަނެއްކާ ވަކިކުރާ ވާހަކަ ބުނުމަކީ ވަރަށް ހަމަނުޖެހޭ ކަމެއް،" މާރިއާ ވިދާޅުވި އެވެ.

މާރިއާ ވިދާޅުވީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އަދި ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެވުނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމުން ކަމަށް މާރިއާ ވިދާޅުވި އެވެ.

މާރިއާ ވިދާޅުވީ ބަންޑާރަނައިބު ވާންޖެހޭނީ ސަރުކާރުން ގާނޫނާ ހިލާފަށް ކުރާ ކަންކަން ފާހަގަކޮށް، އެކަންކަމުން ދުރުހެލިކުރުމަށް މަސައްކަތް ކުރަންޖެހޭ ފަރާތަކަށް ކަމަށާއި އެހެން ނަމަވެސް މިއަދު މިފެނިގެންދަނީ ދައުލަތުގެ ބަންޑާރަނައިބު ގާނޫނު އަސާސީއާ ހިލާފަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ސަރުކާރާ އެއްބައިވާ މަންޒަރު ކަމަށެވެ. މުޅި ދައުލަތުގެ ހިންގުމުގެ ނިޒާމު ހަލާކުކުރުމަށް ބަންޑަރަ ނައިބު މަސައްކަތް ކުރައްވާ މައްޒަރު ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިޔައީ ބާރުތައް ވަކިވެފައިވާ ނިޒާމަކަށް. ވާދަވެރި ނިޒާމަކަށް. ހާއްސަ މަޖިލީހުން ގެނައުމަށް މަސައްކަތް ކުރީ. އޭސީސީއަކީ ކޮރަޕްޝަނުގެ މައްސަލަތައް ބަލަންޖެހޭ. ސިޔާސީ ޕާޓީއަކުން ކަނޑާލިޔަސް، ވިޕްލައިނާ ހިލާފަށް ވޯޓެއް ދީގެން ގޮނޑި ގެއްލޭ ކަމުގައިވާ ނަމަ، ކިހިނެތްތޯ އަޅުގަނޑުމެން މަޖިލީހުގައި މަސައްކަތް ކުރާނީ. ސަރުކާރުގެ ބޮޑު ކޮރަޕްޝަނެއް ބަލަން އުޅުމުން، އެބޭފުޅެއް ބޭރުކޮށްލާ ކަމުގައިވާ ނަމަ، މުޅި ގާނޫނު އަސާސީ އެދަނީ ވާވެގެން. ބަންޑާރަ ނައިބު ވަަޑާއިގެން އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ގޮތަށް. ގާނޫނުތަކަށް ބަދަލުގެނައުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" މާރިއާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް