Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެސްޓްޕާކް

ވެސްޓްޕާކް މައްސަލައިގެ ކޯޓު މަރުހަލާ ނުނިމޭ، ޕީޕީއެމް ޖަގަހަ ހަދާތީ ކަންބޮޑުވަން: ޔޮޓްޓުއާސް

އެމައްސަލަ ކޯޓު މަރުހަލާތަކުގައި ވާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 އޯގަސްޓު 2017 | އަންގާރަ 14:59
ވެސްޓް ޕާރކް --

ވެސްޓް ޕާރކް --

ކުރިން ވެސްޓްޕާކް ކެފެޓީރިއާ ހުރިތަން އެހެން ފަރާތަކަށް ތަރައްގީ ކުރުމަށް ދީފައި ވަނީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާއި ހިލާފަށް ކަމަށް ވާތީ އެމައްސަލަ ކޯޓަށް ހުށަހަޅާ، އަދި އެމައްސަލައިގެ ކޯޓު މަރުހަލާތައް ނުނިމެނީސް އެތަނުގެ ބައެއްގައި ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ޖަގަހައެއް އަޅާތީ ވެސްޓްޕާކް ކެފެޓީރިއާ ހިންގަމުންއައި ޔޮޓް ޓުއާރސް މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޔޮޓް ޓުއާރސްއިން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ ދަށުން ހިންގަމުން އައި "ވެސްޓްޕާރކް ކެފެޓީރިއާ" ރެސްޓޯރަންޓްގެ އެގްރީމެންޓްގެ މުއްދަތު ހަމަވުމުން، އެތަން އިތުރު މުއްދަތަކަށް އެކުންފުންޏަށް ދިނުމަށް ސަރުކާރުން އެއްބަސްވެ، އެގްރީމެންޓްގައި ކަނޑައެޅިފައި ބަޔާންކޮށްފައިވަނިކޮށް އެ އެއްބަސްވުމާއި ހިލާފަށް ސަރުކާރުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެތަން އެހެން ފަރާތަކަށްދީ، ގަދަކަމުން އަތުލައި، އެތަން ހިންގުމަށްޓަކައި އެކުންފުނިން ގަނެފައިވާ އަގުބޮޑު މުދާ ސަރުކާރުން ގެންދިޔަތަނަކަށް ގެންގޮސް އެތަކެތި ހަލާކުކޮށް، ސަރުކާރުން އެކުންފުންޏަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ދީފައިވާ ކަމަށެވެ.

ޔޮޓް ޓުއާރސްއިން ބުނީ ސަރުކާރުން އެގޮތަށް އަމަލުކުރުމުން، އެކުންފުނީގެ ހައްގުތައް ހޯދުމަށްޓަކައި ޝަރީއަތަށް މައްސަލަ ހުށަހެޅި ކަމަށެވެ. އަދި އެމައްސަލަ ޝަރުއީ މަރުހަލާތަކުގައި ހިންގަމުން ދަނިކޮށް، އަދި ޝަރުއީ އެންމެ ފަހު މަރުހަލާ ނުނިމެނީސް، ވެސްޓްޕާކްގެ ބައެއްގައި ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް އެޅުމަކީ އެކުންފުންޏަށް އިއާދު ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

މީގެއިތުރުން އެބަޔާނުގައި ވަނީ ވެސްޓްޕާރކަށް އެކުންފުނިން އެތައް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކޮށްފައި ވަނިކޮށް، ވެސްޓްޕާރކް އަތުލައި ސަރުކާރުން އަމަލު ކުރަމުންދަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި ހާއްސަކޮށް، ވެސްޓްޕާރކް އަތުލައި އެތަނުގައި ސަރުކާރުން ސިޔާސީ ހަރަކާތް ހިންގުމަށް ޖަގަހައެއް ހެދުމަކީ މި ސަރުކާރުން ގާނޫނާއި ގަވާއިދަށް ނުބަލައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް ޔޯތް ޓުއާރސްއިން ބުނެއެވެ.

ޔޮޓް ޓުއާރސްއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ކުންފުންޏެކެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު