Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިނޭޝަން

ވެކްސިންޖެހި މީހުންގެ އަދަދު ލައްކައަކަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 6،073 މީހުން ވަނީ ވެކްސިން ޖަހާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 27 ފެބުރުއަރީ 2021 | ހޮނިހިރު 18:15
ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުން

ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުން

ރާއްޖެއިން ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު ލައްކަށްވުރެ އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ފެބްރުއަރީ 27ގެ ނިޔަލަށް 105،492 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. މާލެ ސަރަހައްދުން 72،872 މީހުން ވެކްސިން ޖަހާފައިވާއިރު، އަތޮޅުތެރޭގެ އެކި ރަށްރަށުން މިހާތަނަށް 32،620 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 6،073 މީހުން ވެކްސިން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 3،147 މީހުންނާއި އަތޮޅުތެރޭގެ އެކި ރަށްރަށުން ވެކްސިން ޖެހި 2،926 މީހުންނެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހު ރާއްޖޭގެ ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދަމުންނެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދާއިރު، ހައިރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ އިސްކަމެއްދެއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސަައްކަތްކުރާ މީހުންނަށް އިސްކަންދިނުމުގެ ކަންތައްތައް ފަށާފައިވާއިރު، ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ކުންފުނިތަކާއި ކުޅިވަރު ކުލަބު ޖަމިއްޔާތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުވައްޒަފުން، ގުރޫޕު ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައިވެސް ހިމެނޭ މީހުން އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނެ ވަކި އިދާރާއެއް ވަނީ ކަނޑައަޅާފައެވެ. އަދި ދިވެހި ރެޑްކްރެސެންޓުން އިސްނަގައިގެން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވެކްސިން ޖެހުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ވީހާވެސް ގިނަ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރަމުންދާއިރު، އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ ރައްކަލަކަށް އެފަދަ މީހުންގެ އެހީތެރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ދަނީ ބުނަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ގެންދާއިރު، މިހާތަނަށް ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާރސިޓީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު