Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިދިކޮޅުގެ ސިލްސިލާ މުޒާހަރާތައް

ބީރްބޮލް ވަޒީރަށް ވީ ވަރުވެސް އިދިކޮޅަށް ނުވި، ދުނިޔޭގެ ސަމާލުކަން ހޯދަން ހިންގި ހަރަކާތް ޗޮކުން

ފޮޓޯތަކުގެ ފަހަތުގައިވާ ބޮޑު މަންޒަރު ރައްޔިތުންވެސް ސާފުކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ފެބުރުއަރީ 2021 | ހޮނިހިރު 11:33
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން

ރަސްގެފާނަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ބުނެ، ރަށު ތެރޭގައި އަޑުފެތުރިފައިވާތާ ޒަމާންތަކެއް އޭރު ވެއްޖެއެވެ. އެންމެ ފަހުން އެ ވާހަކަތައް ރަށު ތެރޭގައި ފެތުރި، ދެމީހަކު އެއްތަންވެލައފިއްޔާ ނުދައްކައި ދޫނުކުރެވޭ ވާހަކައަކަށްވެސް ވެއްޖެއެވެ. އެކަމާ ކަންބޮޑުވެ، ރަސްގެފާނު އަބަދުމެ ހުންނަވަނީ އެކަން ޙައްލު ކުރާނެ ގޮތެއްގެ ވިސްނުންފުޅުގައެވެ. އެންމެ ފަހުން، ރަސްގެފާނު އެކަން ހިއްސާކުރެއްވީ ބީރްބޮލް ވަޒީރާއެވެ. އެވާހަކަ ހަމަ ހިއްސާކުރެއްވިތަނާ ވަޒީރު ދެއްވި ޔަގީންކަމަކީ ދެން ގައިމުވެސް ރަށު ތެރޭގައި އެވާހަކަ ނުދައްކާނެ ކަމަށެވެ.

އެހިސާބުން ހުރިހާ ކަމެއް ރަސްގެފާނު ދޫކޮށްލެއްވީ ބީރުބޮލު ވަޒީރުގެ އަތްމައްޗަށެވެ. ތެދެކެވެ. ޖެހިގެން އައި ދުވަހު އެއްވެސް މީހަކު އެވާހަކަ ދައްކާ އަޑެއް ނީވެއެވެ. އެންމެންވެސް ދައްކަމުން ގެންދިޔައީ ރަށު ތެރޭގެ މަގުމައްޗަށް ނުކުމެ އުޅުނު ދެބޯގެރިއެއްގެ ވާހަކައެވެ. އެކަކަށްވެސް މިއީ ބީރްބޮލް ވަޒީރުގެ ކަމެއް ކަމެއް ނޭނގެއެވެ. ބަންޑާރަ ގެރިއެއް މަރާލުމަށްފަހު، އޭގެ ބޯ ބޭނުންކޮށްގެން ދެ ބޯ ހުންނަ ގެރިއެއް ކަމަށް ސިފަވާ ގޮތަށް ހަދައި، މުޅި ރަށުތެރޭގައި ދުއްވަނީ ކަމެއް ރޭކާލާ އެކަކުވެސް ނެތެވެ. އިސާހިތަކު ރަށު ތެރޭގައި ރަސްގެފާނާ ދޭތެރޭގައި ދެކެވުނު ވާހަކަތަކުގެ އަޑު ކެނޑި، ދެބޯގެރީގެ ވާހަކަ ގުގުމާލިއެވެ.

ބީރްބޮލް ވަޒީރަށް ވީ ވަރުވެސް ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ނުވާކަމަށް މީހުން ބުނެއެވެ. ދެބޯގެރި ދުއްވި ބީރްބޮލް ވަޒީރުވެސް ގެރި މަގުމައްޗަށް ނެރެގެން ނަތީޖާ ހޯއްދެވުނެވެ. ރަސްގެފާނު ކުރެއްވި ކުށުގެ ވާހަކަ ހުއްޓާލަން ރައްޔިތުންނަށް މަޖުބޫރުވީ ބީރްބޮލް ވަޒީރު މަގުމަތީގައި މި ހިންގެވި "ހަރަކާތެއްގެ" ސަބަބުންނެވެ.

ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަރިން ގެ ކުށް ސާބިތުވެ، ޖަލު ޙުކުމް އިއްވުމާއެކު، އިދިކޮޅުން ގެންދަނީ ސިލްސިލާކޮށް އެކި މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުންނެވެ. އެކި ނަންނަމުގައި ހިންގާ މި އެއްވުންތަކަށް މާބޮޑު ސަމާލުކަމެއް ނުލިބި، ވައިގައި ނުހިފިއެއް ކަމަކު، އެވެރިން ގެންދަނީ މިއޮއް ބޮޑު ބަލިމަޑުކަމުގެ ތެރޭގައިވެސް ނުކުމެ އެއްވުންތައް ބާއްވަމުންނެވެ. އެންމެ ފަހުން ހުކުރު ދުވަހުވެސް އެއްވުން ފެށީ މަދުވެގެން ހާހެއްހާ މީހުން ބައިވެރިވާނެ ކަމުގެ ސަޅިބައިސާއާއެކުއެވެ. ނަމަވެސް، އެއްވުން ނިމުމާ ހަމައަށްވެސް 200 އާ ގާތަށްވެސް އެއްފަހަރާ މީހުން ނުނިކުންނަ ކަމަށް ވެއެވެ.

އިދިކޮޅުގެ އެއްވުމުގައި އިދިކޮޅު ކޯލިޝަނުގެ ލީޑަރޝިޕްގައި މިވަގުތު އިސްކޮށް ޙަރަކާތްތެރިވާ ބައެއް ބޭފުޅުން ހައްޔަރުވެސް ކުރެވުނެވެ. އެއާއެކު، އެ މެމްބަރުން ހައްޔަރުކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ބޭނުންކޮށްގެން، އިދިކޮޅުން ހިންގި ވަރުގަދަ ސިޔާސީ ހަރަކާތް ރޫޅާލައި، ޑިމޮކްރަސީ ފުނޑާލަން މަސައްކަތް ކުރި ކަމަށް ދައްކަންވެސް އެވެރިން މަސައްކަތް ފެށިއެވެ. މިސާލަކަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް މުޒާހަރާ ތެރެއިން އަނިޔާވިކަމަށް ބުނެ، އެ ފޮޓޯތައް ދައުރު ކުރުވަން މަސައްކަތް ކުރުމާއެކު، ފޮޓޯތަކުގެ ފަހަތުގައިވާ ބޮޑު މަންޒަރު ރައްޔިތުންވެސް ސާފުކުރިއެވެ.

ހަގީގަތުގައި ދަައުރުވަމުންދާ ފޮޓޯއަކީ، ތަކުރާރުކޮށް ފުލުހުން އިންޒާރު ދިނުމުން އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފުވުމުން، މުޒާހަރާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ވަގުތު ނަގާފައިވާ ފޮޓޯއެކެވެ. އެވަގުތު ފުލުހުން ގެންދިޔައީ މުޒާހަރާގެ ބައިވެރިން އެތަން ދޫކޮށް ދިއުމަށް އިންޒާރު ދެމުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާއި، އެއްވެ އުޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާވެސް ޚިލާފުކަމަށް މުޒާހަރާ ކުރާތީ ފުލުހުން މަސައްކަތް ކުރަމުން ދިޔައީ މުޒާހަރާ ކުރިއަށް ދިޔަ ނުދީ ރޫޅާލުމަށެވެ. އެހެންނަމަވެސް، އެކަމާ ދެކޮޅު ހަދައި ފުލުހުންނާ ކުރިމަތިލުމުގެ ތެރޭގައި މެމްބަރު ޝިޔާމް ވެއްޓޭ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. ދަައުރުވަމުންދާ ފޮޓޯއަކީ އެއީއެވެ. ވެއްޓުމާއެކު، ފުލުހުންވެސް މެމްބަރު ޝިޔާމް ތެދުވެވަޑައިގަތުމުގައި އެހީތެރިވެ، އަނެއްކާވެސް އެތަން ދޫކޮށް ދިއުމަށް ނަސޭހާތް ދޭ މަންޒަރު ފެނެއެވެ.

ކޮންމެއަކަސް މެމްބަރު ޝިޔާމް މިޖެއްސެވި ސްޓަންޓުގެ ހަގީގަތް ހާމަވުމުން ދެން މަސައްކަތް ކުރީ މި މުޒާހަރާގައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ އިތުރު ބައެއްގެ ފޮޓޯތަކެއް ދައުރުކުރުމަށެވެ. ޚުދު ޕީޕީއެމްގެ މެމްބަރުންވެސް މި ފޮޓޯތައް ދައުރުކޮށް، މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ނުކުރުމަށް ގޮވަމުން ގެންދިޔައެވެ. ނަމަވެސް އާޚިރުގައި އެއީވެސް ބޭރުގެ ނޫސްތަކަކުން ނަގާފައިވާ ފޮޓޯތަކެއްކަން ވަނީ ހާމަވެފައެވެ.

ފުލުހުން އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކޮށްފައިވަނީ އިދިކޮޅު އެކްޓިވެސްޓެއް ކަމަށްވާ އަޒްހަރު އަބްދުﷲ ސައީދެވެ. އެ ފޮޓޯގައި ފެންނަނީ މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ މަންޒަރެވެ. ނަމަވެސް އެ ފޮޓޯއަކީ ލަންކާގައި ހިނގައި ދިޔަ ހާދިސާއެއްގެ ފޮޓޯތަކެވެ. އަދި އެ ފޮޓޯތައް ނަގައިގެން ކްރޮޕް ކުރުމަށްފަހު އެއީ އިދިކޮޅުން ބޭއްވި މުޒާހަރާގައި ފުލުހުން ކޮށްފައިވާ އަނިޔާ ކަމަށް ބުނެ ޚަބަރު ފަތުރާފައިވެއެވެ.

އެކި ނަންނަމުގައި ކުރާ މި މުޒާހަރާތަކުގެ ހަގީގީ ބޭނުމަކީ ސިޔާސީ ހަރަކާތް ހިންގުމަށް މިއަދުގެ ސަރުކާރުން ޖާގަ ނުދޭކަން ދެއްކުމެވެ. ނަމަވެސް، އެކަން ކާމިޔާބުނުވެ، އެންމެ ފަހުން ރައްޔިތުންގެ ކުރިމަތީގައި ބޮޑު ޖޯކަކަށްވެ ނިމިއްޖެއެެވެ. ކުޅުނު ހުރިހާ މަންޒަރެއްގެ ހަގީގަތް ރައްޔިތުންވެސް ބަލައިފިއެވެ. ކުޑަމިނުން ބީރްބޮލް ވަޒީރަށް ވީ ވަރުވެސް މިވެރިންނަށް ނުވެ، މުޅި ހަރަކާތް ނިމިގެން ދިޔައީއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2018

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

26 ޖެނުއަރީ 2018
ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
06 ޖެނުއަރީ 2018

ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟

06 ޖެނުއަރީ 2018
ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟
30 ޑިސެމްބަރު 2017

2017: ސިހުން ގެނުވި މަރުތައް ގިނަ އަހަރެއް

30 ޑިސެމްބަރު 2017
2017: ސިހުން ގެނުވި މަރުތައް ގިނަ އަހަރެއް
22 ޑިސެމްބަރު 2017

ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

22 ޑިސެމްބަރު 2017
ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!
19 ނޮވެމްބަރު 2017

މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

19 ނޮވެމްބަރު 2017
މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟
16 ނޮވެމްބަރު 2017

އެސްއީޒެޑް: ހަގީގަތަކަށް ނުވި ހޮޅި އުއްމީދު!

16 ނޮވެމްބަރު 2017
އެސްއީޒެޑް: ހަގީގަތަކަށް ނުވި ހޮޅި އުއްމީދު!
20 އޮކްޓޯބަރު 2017

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

20 އޮކްޓޯބަރު 2017
ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް
18 ސެޕްޓެމްބަރު 2017

ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

18 ސެޕްޓެމްބަރު 2017
ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން
03 އޯގަސްޓު 2017

ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

03 އޯގަސްޓު 2017
 ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟
09 މާރިޗު 2017

އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!

09 މާރިޗު 2017
އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު