Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19ގެ ކޭސްތައް އިތުރުވުން

ލޮކްޑައުންއަކަށް ދާން ބޭނުންނުވާނަމަ މިހާރު ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހޭ: ޑރ. ޝަހީދު

26 ފެބުރުއަރީ 2021 | ހުކުރު 08:52

ފިޔަވަޅުތަކެއް ނާޅައިފިނަމަ އަދަދުތައް މަތީގައި އަދި ވަރަށް ގިނަ ދުވަހު ހުންނާނެ ކަމަށް ބެލެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ފެބުރުއަރީ 2021 | ހުކުރު 08:52
މާލޭގެ ބޮޑުތަކުރުފާނު މަގު، ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއި މާލެސިޓީގައި ގުޅިގެން ރޭގަނޑު 11:00ށް ފަތިހު 4:30ށް ދަނީ ކާފިއު ހިންގަމުން

މާލޭގެ ބޮޑުތަކުރުފާނު މަގު، ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއި މާލެސިޓީގައި ގުޅިގެން ރޭގަނޑު 11:00ށް ފަތިހު 4:30ށް ދަނީ ކާފިއު ހިންގަމުން

ލޮކްޑައުންއަކަށް ދާން ބޭނުންނުވާނަމަ މިހާރު ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ ބަލި ހަލުވި މިނެއްގައި ފެތުރެމުންދާއިރު، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އެދެވޭ ބަދަލެއް އަންނަމުން ނުދާ ކަަމަށެވެ. ޑރ.ޝަހީދު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތައް މި މިންގަނޑުގައި ދަމަހައްޓައިފިނަމަ ނުވަތަ އިތުރު ފިޔަވަޅުތަކެއް ނާޅާ މިގޮތަށް ގެންދިއުމުން މި އަދަދުތައް މަތީގައި އަދި ވަރަށް ގިނަ ދުވަހު ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

Advertisement - newsAdvertisement

ޑރ. ޝަހީދު ވިދާޅުވީ 100ށްވުރެ މަތީގައި ކޭސްތައް އުޅޭއިރު، އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، މި އަދަދުގައި ހޮސްޕިޓަލްތަކަށް ހިފަހައްޓައެއް ނުލެވޭނެ ކަމަށެވެ. މިހާރު ފައިދާވާނީ ބޮޑެތި ފިޔަވަޅުތަކެއް އަޅައިގެންކަން ފާހަގަކުރައްވައި ޑރ. ޝަހީދު ވިދާޅުވީ އަވަހަށް މިކަމުން އަރައިގަނެވޭނީ އޭރުން ކަމަށާއި، އަދަދުތައް ގިނަވާނަމަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށެވެ. އަދި ފިޔަވަޅުތައް އެޅުން ލަސްކުރާނަމަ ބޮޑެތި ފިޔަވަޅުތައް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދަމަހައްޓަންޖެހިދާނެ ކަމުގެ އިންޒާރު ވެސް ޑރ.ޝަހީދު ދެއްވިއެވެ.

ޑރ.ޝަހީދު ވިދާޅުވީ ފިޔަވަޅުތައް ހަރުކަށި ކުރަނީ ބަލި ކޮންޓްރޯލް ކުރުމަށް ކަމަށާއި، އެފިޔަވަޅުތަކަށް އާއްމުން ބޯނުލަބާނަމަ އެކަމުގެ ހިތާމައާއި ނުރައްކާ މުޅި ގައުމަށް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް އެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށް ޑރ. ޝަހީދު އިލްތިމާސްކުރެއްވިއެވެ.

ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް އިތުރުވެ، އެ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު ވަނީ 100ން މައްޗަށް އަރާފައެވެ. އަދި ކޭސްތައް އިތުރުވެގެން ގޮސްފައިވާއިރު، ފާއިތުވި 24 ގަޑިއިރު 184 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް