Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިނޭޝަން

ވެކްސިންޖަހާ މީހުންގެ އަދަދު އިތުރުވެ ޖުމުލަ 98،000ން މައްޗަށް

އަންގާރަ ދުވަހުން ފެށިގެން ވެކްސިން ޖަހަން ދިޔަ މީހުން އޭގެ ކުރީ ދުވަސްތަކާ އަޅާބަލާއިރު ނިސްބަތުން ވަނީ ދަށްވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 25 ފެބުރުއަރީ 2021 | ބުރާސްފަތި 18:54
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑްގެ ވެކްސިން ދިނުން

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑްގެ ވެކްސިން ދިނުން

ރާއްޖޭގައި ވެކްސިން ޖަހާމީހުންގެ އަދަދު މަދުވުމަށްފަހު، ބުރާސްފަތި ދުވަހު ވެކްސިން ޖެހި މީހުންގެ އަދަދު އަނެއްކާވެސް އިތުރުވެއްޖެއެވެ.

މާލެ ސަރަހައްދަށް ބަލާއިރު މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވެކްސިން ޖަހަން ދިޔަ މީހުން އޭގެ ކުރީ ދުވަސްތަކާ އަޅާބަލާއިރު ނިސްބަތުން ވަނީ ދަށްވެފައެވެ. އާންމުގޮތެއްގައި ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުގައި ފަސްހާހަށްވުރެ ގިނަ މީހުންގެ ގަޔަށް ވެކްސިން ޖަހައެވެ. އެހެންނަމަވެސް އަންގާރަ ދުވަހު އެއަދަދު ހުރީ ހަތަރުހާހުގައެވެ. އަންގާރަ ދުވަހު ވެކްސިން ޖަހާ މަރުކަޒުތައްވެސް ފެނުނީ ފަޅުކޮށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، ބުރާސްފަތި ދުވަހު މިއަދަދު މިވަނީ 7000ން މައްޗަށް އަރާފައެވެ. އެޗްޕީއޭއިން ބުނީ ބުރާސްފަތި ދުވަހު ރާއްޖެއިން ޖުމްލަ 7،446 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން 4،825 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަތޮޅުތެރެއިން ވެކްސިން ޖެހީ 2،621 މީހުންނެވެ. މިއާއެކު މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމްލަ 69،725ށް އަރާފައިވާއިރު އަތޮޅުތެރެއިން ވެކްސިން ޖެހީ 28،586 މީހުންނެވެ. މިހާތަނަށް އައިރު ރާއްޖެއިން ޖުމުލަ 98،311 މީހުންނަށް މިހާރު ވަނީ ވެކްސިން ޖަހާފައެވެ.

މި މަހުގެ އެއް ވަނަ ދުވަހު މުޅި ރާއްޖޭގައި ގައުމީ ވެކްސިން ޖެހުމުގެ ކެމްޕޭނެއް ފަށާފައިވާއިރު، މިހާރު ރާއްޖޭގައި އުމުރުން 25 އަހަރުން މަތީގެ އެންމެނަށް ވެސް ވެކްސިން ޖެހޭނެއެވެ. އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ ރައްކަލަކަށް އެފަދަ މީހުންގެ އެހީތެރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށްވެސް ވެކްސިން ޖަހަން ފަށާފައިވާއިރު އެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ.

ކުންފުނިތަކާއި ކުޅިވަރު ކުލަބު ޖަމިއްޔާތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުވައްޒަފުން، ގުރޫޕު ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައިވެސް ހިމެނޭ މީހުން އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނެ ވަކި އިދާރާއެއް ވަނީ ކަނޑައަޅާފައެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރައްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިން ފަށާފައިވާއިރު، ކޮންމެ ހަފުތާއެއްގެވެސް ހުކުރު ފިޔަވައި މާލެ އަދި ހުޅުމާލޭގައި ހެނދުނު 9:00ން ހަވީރު 4:30ށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އަދި ވިލިމާލޭގައި ހެނދުނު 9:00ން މެންދުރު 1:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެކްސިން ފޮނުވާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު