Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު މުޒާހަރާ

ޕްރޮގްރެސިވް ކޯލިޝަނުން ހުކުރު ދުވަހު މަގުތަކަށް މީހުން ނެރެ މާލެތެރެ ހަލަބޮލި ކުރަން ރާވަނީ

25 ފެބުރުއަރީ 2021 | ބުރާސްފަތި 18:19

150 -250 ރުފިޔާގެ ރޭޓުން ފައިސާ ދީފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ފެބުރުއަރީ 2021 | ބުރާސްފަތި 18:19
ޕީޕީއެމް/ޕީއެންސީ އިން ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ޕީޕީއެމް/ޕީއެންސީ އިން ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

އިިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހުގެ ހަވީރު ބާއްވާ މުޒާހަރާއަށް މާލޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ކުދިންނަށް ފައިސާދީގެން މަގުތަކަށް ނެރެން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަނުކުރުމަށް އެދި ރާއްޖެއެމްވީއަށް މައުލޫމާތު ދިން ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ބުނީ މާލެސިޓީގެ އެކި ހިސާބުތަކަށް ނިސްބަތްވާ ކުދިންނަށް ބޮލަކަށް 150 -250 ރޭޓުން ފައިސާ ދީގެން މުޒާހަރާއަށް ނެރުމަށް ނިންމާފައިވާ ކަމަށެވެ. މުޒާހަރާގެ މަސްލަހަތު ނަގާލުމުގެ ގޮތުން އެކި ފަރާތްތަކަށް ބޭނުންވާ ފައިސާ އަދި ޒުވާނުން ބޯން ބޭނުންކުރާ އެކި ޒާތުގެ އެއްޗެހި މުޒާހަރާ އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދެމުންދާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

Advertisement - newsAdvertisement

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސައިންމަނިކު ޕީޕއެމްގެ ލީޑަރޝިޕް މެމްބަރުންނަށް ފޯނުން ގުޅުއްވާ މާދަމާގެ މުޒާހަރާއަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް މާދަމާގެ މުޒާހަރާއަށް ނިކުމެވެން ނެތް ކަމަށް ވިދާޅުވި ކަމަށް ޕީޕީއެމް ކައުންސިލް މެމްބަރުން ބުންޏެވެ. އަދި މުޒާހަރާއަށް ނުކުމެވެން ނެތް ނަމަވެސް މުޒާހަރާގައި ބައިވެރިވުމަށް ކުދިން ފޮނުވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އެ ކައުންސިލް މެމްބަރު ބުންޏެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި މުޒާހަރާ އަށް ފަންޑު ކުރުމުގައި އެހީތެރިވެ ދެނީ މާލޭގެ މަޝްހޫރު ދެ ވިޔަފާރިވެރިޔަކާއި، މަޖިލީހުގައި ތިއްބެވި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި، ޔާމީން ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ އިދިކޮޅަށް ނިސްބަތްވާ ބައެއް ކެންޑިޑޭޓުންނެވެ.

ކޮވިޑްގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެއްވުންތައް ނުބޭއްވުމަށާއި، ކޮންމެހެން ދާންޖެހޭ ތަންތަނަށް ނޫނީ ނުދިއުމަށް ސިއްހީ މާހިރުން ލަފާ ދެމެދުން ދިޔަ ނަމަވެސް ސަރުކާރަށް އުނދަގޫތައް ކުރިމަތި ކުރުވުމަށް، އިދިކޮޅު ކޯލިޝަނުން ގެންދަނީ މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުންނެވެ. މިދިޔަ ހުކުރު ދުވަހު ވެސް އިދިކޮޅުން މުޒާހަރާ ބާއްވާފައިވާއިރު އެދުވަހު 100 އެއްހާ މީހުން މަގުތަކަށް ނުކުމެ ހަމަ ނުޖެހުން ހިންގާފައިވެއެވެ. އެ މުޒާހަރާއަށް ވެސް އިދިކޮޅުން މީހުން ނެރުނީ ފައިސާދީގެން ކަމަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

އިދިކޮޅުން އަންނަ ހުކުރު ދުވަހު މުޒާހަރާ ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އެފަރާތުން ބުނަމުން ގެންދަނީ މި މުޒާހަރާ ކުރިއަށްދާނީ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވީނަމަވެސް، އަދި ޤާނޫނުގައި ވެސް މުޒާހަރާ ނުކުރެވޭނެކަމަށް ބަޔާންކޮށްފައި ނެތް ކަމަށް އިދިކޮޅުން ބުނެއެވެ. ފުލުހުން ދާދިފަހުން ބުނެފައިވަނީ އިދިކޮޅުން މި ބާއްވަމުންދާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ވެސް ހިލާފަށް ބާއްވާ މުޒާހަރާތަކެއް ކަމަށެވެ. އަދި އެގޮތަށް މުޒާހަރާ ބާއްވާ ކަމުގައިވާނަމަ ބެލެވޭނީ އެއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއްގެ ގޮތަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް