Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ކޭސްތަކުގެ އަދަދު އަނެއްކާވެސް މަތިވެއްޖެ، ބުރާސްފަތި ދުވަހު އެކަނިވެސް 184 މީހުން ޕޮޒިޓިވް

25 ފެބުރުއަރީ 2021 | ބުރާސްފަތި 18:10

ފާއިތުވި 24 ގަޑި އިރު ބަލިން ރަނގަޅުވީ 192 މީހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ފެބުރުއަރީ 2021 | ބުރާސްފަތި 18:10
މޮބައިލްކޮށް ކޮވިޑް-19ށް ސާމަޕަލް ނެގުމުގެ މަސައްކަތް ކުރަނީ

މޮބައިލްކޮށް ކޮވިޑް-19ށް ސާމަޕަލް ނެގުމުގެ މަސައްކަތް ކުރަނީ

ކޮވިޑް-19އަށް އިތުރު 184 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ޕޮޒިޓިވްވި 184 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 145 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 24 މީހުންނާއި، ސިނާއީ ރަށްތަކުން ޕޮޒިޓިވްވި 5 މީހުންނެވެ.

Advertisement - newsAdvertisement

ފާއިތުވި 24 ގަޑިއިރު 3993 ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވެއެވެ. ފާއިތުވި 24 ގަޑިއިރު 184 މީހުން ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގައި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 19،346ށް އަރާފައެވެ. މިހާތަނަށް 16،838 މީހަކު ވަނީ ބަލިން ފަސޭހަވެފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 192 މީހެކެވެ. މިއާއެކު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 2441 ގައެވެ. 162 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ. މީގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި 4 މީހަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. ފާއިތުވި 24 ގަޑިއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކަށް ބަދަލެއް ނާދެއެވެ. ރާއްޖެއިން މިހާތަނަށް 510،506 ސާމްޕަލް ނަގާ ވަނީ ޓެސްޓް ކޮށްފައެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން ނިސްބަތުން ގިނައީ ޒުވާނުންނެވެ. އެގޮތުން 21 އަހަރާއި 30 އަހަރާއި ދެމެދުގެ 4843 ޒުވާނުން ޕޮޒިޓިވްވެފައިވާއިރު، 31 އަހަރާއި 40 އަހަރާއި ދެމެދުގެ 4862 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ކުޑަކުދިން ޕޮޒިޓިވްވާ ނިސްބަތްވެސް ގިނައެވެ. އެގޮތުން ތުއްތު އުމުުރުފުރާއިން 10 އަހަރާއި ދެމެދުގެ 1657 ކުދިން ޕޮޒިޓިވްވެފައިވާއިރު، 11 އަހަރާއި 20 އަހަރާއި ދެމެދުގެ 1549 ކުދިންނާއި ޒުވާނުން ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލީގައި މިހާތަނަށް 60 މީހަކު ވަނީ ރާއްޖޭގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 5 މީހަކާއި ފިލިޕީންސްގެ މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.

ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް އިތުރުވެ އެ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު ވަނީ 100ން މައްޗަށް އަރާފައެވެ. އަދި ކޭސްތައް އިތުރުވެގެން ގޮސްފައިވާއިރު، އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ 181 ކޭސްއެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑްގެ ކޭސްތަކުގެ އަދަދުތައް ހުރީ ސްޓޭބަލް ވަރެއްގައި ކަމަށާއި، ދަށްވަމުން ނުދާ ކަމަށެވެ. އަދި ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް ދަށްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

9/11 ގެ ހާދިސާ: ބުޝް އަނބުރާ ވޮޝިންޓަން އަށް ގެނައުމަށް ދެކޮޅު ހެދުމާއި، އެއަރފޯސް ވަންގެ ސިއްރު ކޯޑު ޓެރަރިސްޓުން ހޯދި ވާހަކަ!

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް