Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްވެހި ފަތިސް ކެމްޕެއިން ލޯންޗު ކުރުން

ލާމަރުކަޒީ ނިޒާމަށް ސިއްހީ ދާއިރާ ބަދަލުކުރުން އެއީ ސަރުކާރުގެ އަމާޒެއް – ރައީސް ޞާލިޙް

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްގީ ކުރުން

އަތޫފް އާތިފް
އަތޫފް އާތިފް | 25 ފެބުރުއަރީ 2021 | ބުރާސްފަތި 16:59
ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ރައީސް ޞާލިޙް ވާހަކަ ދައްކަވަނިކޮށް

ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ރައީސް ޞާލިޙް ވާހަކަ ދައްކަވަނިކޮށް

ލާމަރުކަޒީ ނިޒާމަކީ އަބަދުވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ވަކާލާތުކުރި ނިޒާމު ކަމަށާއި، ކޮވިޑް-19ގެ ހާލަތުގައި ފެނިގެންދިޔައީ ސިއްހީ ނިޒާމް ލާމަރުކަޒުވެފައި އޮތުމުގެ މުހިންމުކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗު ކުރުމަށް އެމްޑީޕީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކޮވިޑް-19ގެ ހާލަތުގައި ފެނިގެންދިޔައީ ސިއްހީ ނިޒާމު ލާމަރުކަޒުވެފައި އޮތުން ލާޒިމުކަން ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރަށްރަށުގައި ވަކިން ޓާސްކް ފޯސްތައް ހަދައިގެން  ފުރިހަމަކުރި މުހިންމު މަސައްކަތްތައް ނުކުރިނަމަ އަތޮޅުތަކުގެ ހާލަތު ގޯސްވެގެން ދާނެ ކަމަށާއި، މިކަމަށް ބޭނުންވާ ލާމަރުކަޒީ ސިއްހީ އިޖާބައަށް ސަރުކާރު ފުރިހަމަ އަމާޒެއް ހިފާފައިވާ ކަމަށެވެ.

އެގޮތުން ސީޓީ ސްކޭންއާ އެމްއާރުއައި އަދި މިނޫންވެސް މިފަދަ ހުރިހާ  ވަސީލަތަކާއި އެއާއި އެކަށޭނަ ސްޕެޝަލިސްޓުންނަކީ ހަމައެކަނި މާލޭގެ ބިމުން  ފެންނަ ހުވަފެނެއް ނަމަވެސް އެހުވަފެނުން ހޭލައި ޓަރޝަރީ 5 ހޮސްޕިޓަލެއްގެ  ޒަރީއާއިން ރާއްޖެ މިކަމުގައި ލާމަރުކަޒު ވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ކޮވިޑް-19ގެ ދަތިކަމުގެ ތެރޭގައި ވެސް ކާމިޔާބު މައިބަދައިގެ އޮޕަރޭޝަން އައްޑޫގައި ކުރެވިފައިވާ ކަމަށާއި ކުޅުދުއްފުށީގައި، ސީޓީ ސްކޭން ގާއިމް ކުރެވިފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ސަރުކާރުން ވަނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްގީކޮށް ބޭސްފަރުވާއަށް މާލެއަށް އަންނަ އައުން ހުއްޓުމަކަށް ގެނައުމެވެ. މީގެ އިތުރުން މިސަރުކާރުން ވަނީ ލ. އަތޮޅުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ނިންމާ އެކަމުގެ މަސައްކަތް ފަށާނެކަމަށް އިއުލާން ކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު