Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެލިސަންގެ ބައްޕަ މަރުވުން

އެލިސަން ބެކާގެ ބައްޕަ ގެނބިގެން މަރުވެއްޖެ

ބައްޕަ މަރުވުމަކީ އެލިސަނަށް ލިބޭނެ އިތުރު ނުތަނަވަސްކަމެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ފެބުރުއަރީ 2021 | ބުރާސްފަތި 10:40
ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލުގެ ގޯލްކީޕަރު އެލިސަން ބެކާ

ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލުގެ ގޯލްކީޕަރު އެލިސަން ބެކާ

ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލުގެ ގޯލްކީޕަރު އެލިސަން ބެކާގެ ބައްޕަ ޖޯސޭ ބެކާ ގެނބިގެން މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 57 އަހަރުގެ ޖޯސޭ މަރުވީ އޭނާ ޗުއްޓީ ހޭދަކުރަންދާ ގޭގެ ކައިރީގައި އޮން ފެންގަޑެއްގައި ފަތަން އުޅުމުގެ ތެރޭގައެވެ. އެގޮތުން ބުދަ ދުވަހުގެ ހަވީރު ބްރެޒިލުގެ ގަޑިން 17:00 ގައި ޖޯސޭ ގެއްލުނު ކަމަށް ރިޕޯޓުކުރުމާއެކު، ޖޯސޭ ހޯދުމުގައި ފަޔާ ޑިޕާޓްމަންޓުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި އޭނާ ފެނިފައިވަނީ ބުދަ ދުވަހުގެރޭ 23:59 ގައި ކަމަށާއި، ފެނުނުއިރު ޖޯސޭ ގެނބިގެން މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން އެލިސަން އާއި އޭނާގެ ކޮއްކޮ މިއުރިއެލް ބެކާ މީގެ ކުރިން އެކުގައި ކުޅުނު ބްރެޒިލުގެ ކުލަބެއް ކަމަށްވާ އިންޓަނޭސިއޮނަލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ދެ ކުޅުންތެރިންގެ ބައްޕަ މަރުވި ޚަބަރު ލިބުމުން، އެ ކުލަބުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި މިއުރިއެލް މިހާރު ކުޅެމުން އަންނަ ކުލަބު ކަމަށްވާ ފްލުމިނެންސޭއިންވެސް ވަނީ އެލިސަން އާއި މިއުރިއެލްގެ އާއިލާއަށް ތަޢުޒިޔާކިޔާފައެވެ.

ކުއްލި ގޮތަކަށް ގެނބިގެން ޖޯސޭ މަރުވުމަކީ ލިވަޕޫލުގެ އެއް ނަންބަރު ގޯލްކީޕަރު އެލިސަންއަށް ލިބޭނެ އިތުރު ނުތަނަވަސްކަމެކެވެ. އެގޮތުން މި ފަހަކަށް އައިސް އެލިސަންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންގޮސްފައިވާއިރު، މި ހާދިސާއާ ގުޅިގެން އެކަމުގެ އަސަރުތައްވެސް އޭނާއަށް ކުރާނެ ކަމަށް ބެލެވެއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2018

ހޮންޑިއުރާސްގެ ޑިފެންޑަރު ގާސިއާ މަރުވެއްޖެ

09 ޖެނުއަރީ 2018
ހޮންޑިއުރާސްގެ ޑިފެންޑަރު ގާސިއާ މަރުވެއްޖެ
20 ނޮވެމްބަރު 2017

ކުރީގެ ވިމްބެލްޑަން ޗެމްޕިއަން ނޮވްޓްނާ މަރުވެއްޖެ

20 ނޮވެމްބަރު 2017
ކުރީގެ ވިމްބެލްޑަން ޗެމްޕިއަން ނޮވްޓްނާ މަރުވެއްޖެ
15 ނޮވެމްބަރު 2017

ފީފާގެ ކޮރަޕްޝަންގައި ތުހުމަތު ކުރެވުނު އޮފިޝަލަކު އަމިއްލައަށް މަރުވެއްޖެ

15 ނޮވެމްބަރު 2017
ފީފާގެ ކޮރަޕްޝަންގައި ތުހުމަތު ކުރެވުނު އޮފިޝަލަކު އަމިއްލައަށް މަރުވެއްޖެ
06 ނޮވެމްބަރު 2017

ސްޓޯކްގެ ކުރީގެ ޑިފެންޑަރު ޓަކްސީރާ 25 އަހަރުގައި މަރުވެއްޖެ

06 ނޮވެމްބަރު 2017
ސްޓޯކްގެ ކުރީގެ ޑިފެންޑަރު ޓަކްސީރާ 25 އަހަރުގައި މަރުވެއްޖެ
16 އޮކްޓޯބަރު 2017

ދަނޑު މަތީގައި ލިބުނު އަނިޔާއެއްގައި އިންޑޮނޭޝިއާގައި ކުޅުންތެރިޔަކު މަރުވެއްޖެ

16 އޮކްޓޯބަރު 2017
ދަނޑު މަތީގައި ލިބުނު އަނިޔާއެއްގައި އިންޑޮނޭޝިއާގައި ކުޅުންތެރިޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު