Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ބުދަ ދުވަހު ޕޮޒިޓިވްވި އަދަދު 124ށް

މާލެ ސަރަހައްދުން 94 ކޭސް ފެނިފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 24 ފެބުރުއަރީ 2021 | ބުދަ 17:17
ރޭގަނޑު 6ން ފަތިހު 4ށް އެއްގަމު އުޅަނދު ދުއްވުން މަނާ

ރޭގަނޑު 6ން ފަތިހު 4ށް އެއްގަމު އުޅަނދު ދުއްވުން މަނާ

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 124ށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ އިރު އޮއްސި ހަޔަކާ ބުދަ ދުވަހުގެ އިރު އޮއްސި ހަޔަކާ ދެމެދު ނެގި 4،237 ސާމްޕަލްގެ ތެރެއިން 124 މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ކޭސް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަހައްދުން 94 ކޭސް ފެނިފައިވާއިރު މީހުން ދިރިއުޅޭ ރަށްރަށުން ފެނުނީ ފަސް ކޭސް އެވެ. އަދި ރިސޯޓުތަކުން 15 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 19،162ށް އަރާފައެވެ. އޭގެ ތެރެއިން 16،646 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ފަރުވާދެމުން އަންނަނީ 2،449 މީހުންނަށެވެ. އޭގެ ތެރެއިން 162 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން ނިސްބަތުން ގިނައީ ޒުވާނުންނެވެ. ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް އިތުރުވެ އެ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު ވަނީ 100ން މައްޗަށް އަރާފައެވެ. އަދި ކޭސްތައް އިތުރުވެގެން ގޮސްފައިވާ އިރު، އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ 181 ކޭސްއެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑްގެ ކޭސްތަކުގެ އަދަދުތައް ހުރީ ސްޓޭބަލް ވަރެއްގައި ކަމަށާއި، ދަށްވަމުން ނުދާ ކަމަށެވެ. އަދި ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް ދަށްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލީގެ ތިން ވަނަ ރާޅާއެކު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމުން ނަތީޖާ ފެންނާނީ ގާތްގަނޑަކަށް ދެތިން ހަފްތާ ފަހުން ކަމަށެވެ. މިވަގުތަށް މަސައްކަތް ކުރަމުން އަންނަނީ ލޮކްޑައުންއަކަށް ނުގޮސް ބަލި ކޮންޓްރޯލްކުރުމަށް ކަމަށާއި، ފިޔަވަޅުތަކުން ވެސް ކޮންޓްރޯލް ނުވެއްޖެ ނަމަ ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އެޗްޕީއޭއިން ދީފައިވެއެވެ.

މާލޭގެ އިތުރަށް ރިސޯޓުތަކާއި އަތޮޅުތެރޭގައި ވެސް ބަލި ފެތުރެމުން އަންނަ އިރު މިހާރު ވެސް އައްޑޫ ސިޓީއާއި ބައެއް އެހެން ރިސޯޓުތަކުން ވެސް ކޮވިޑް-19ގެ ކްލަސްޓަރތައް ފެނިފައިވެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު