Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ އެކްސްކްލޫސިވް- ތޯމަސް ޒިޑެހޮވްސްކީ

މިއީ ރާއްޖެއާއި އީޔޫގެ ގުޅުން ތާރީޚުގައިވެސް އެންމެ ވަރުގަދަވެގެން ދިޔަ ދުވަސްވަރު: ތޯމަސް ޒިޑެހޮވްސްކީ

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު، ރައްކާތެރި މަންޒިލެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ފެބުރުއަރީ 2021 | ބުދަ 17:49
 ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރު ތޯމަސް ޒިޑެހޮވްސްކީ ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުގެ ތެރެއިން

ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރު ތޯމަސް ޒިޑެހޮވްސްކީ ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުގެ ތެރެއިން

މިއީ ރާއްޖެއާއި އީޔޫގެ ގުޅުން ތާރީޚުގައިވެސް އެންމެ ވަރުގަދަވެގެން ދިޔަ ދުވަސްވަރު ކަމަށް ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރު ތޯމަސް ޒިޑެހޮވްސްކީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުގައި ތޯމަސް ޒިޑެހޮވްސްކީ ވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ޙާލަތު ސިފަ ކުރެއްވުނު ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ތޯމަސް އޭރު ވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފިނަމަ، ބައިނަލްއަގްވާމީ މުޖުތަމައު ބަލަން ނުތިބޭނެ ކަމަށާއި އެ ބަޔަކާ މެދު އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ. ތޯމަސްއަކީ އޭރު މިކަންކަމާއި ދެކޮޅަށް އަޑު އުފުއްލަވައި، ފިޔަވަޅު އެޅުމާ ގުޅޭ ކަންކަމުގައި އީޔޫ ޕާލަމެންޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މެމްބަރެކެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ތޯމަސް ވިދާޅުވީ، ރާއްޖެއިން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޤާއިމު ކޮށްފައިވާ ރީތި ނަން އޭރު ބަޔަކު ކިލަނބުކޮށްލާފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ "ސުވަރުގެ" ގޮތުގައި ރާއްޖެ ސިފަކުރައްވައި ތޯމަސް ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު، ރައްކާތެރި މަންޒިލެއް ކަމަށެވެ. ނަމަވެސް ފަހުން ރާއްޖޭގެ ނަން ކޮރަޕްޝަނާއި ޙިޔާނާތާއި ގުޅި ލާމެހިގެން ދިޔަކަން ތޯމަސް ފާހަގަ ކުރެއްވިއެވެ. އެކަމުގެ ސަބަބުން ބޭރު ދުނިޔޭގެ މަޝްރަޙުގައި ރާއްޖެއަށް އޮތް އިތުބާރު ގެއްލިގެން ދިޔަކަން ފާހަގަ ކުރައްވައި ތޯމަސް ވިދާޅުވީ، އޭރު ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީގެ އިސްވެރިންނާ ބައްދަލު ކުރައްވައި އެ ކަންބޮޑުވުން ހިއްސާވެސް ކުރެއްވި ކަމަށެވެ.

އޭގެ އިތުރުން، އީޔޫއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް އިޝާރަތް ކުރައްވައި ތޯމަސް ވިދާޅުވީ، މިއީ ތާރީޚުގައިވެސް މި ގުޅުން އެންމެ ރަނގަޅުވި ދުވަސްވަރު ކަމަށެވެ. އެގޮތުން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަޑައިގެންފިނަމަ، އެންމެންވެސް އެމަނިކުފާނާއި ބައްދަލު ކުރައްވަން ބޭނުންފުޅުވާކަން ފާހަގަ ކުރައްވައި ތޯމަސް ވިދާޅުވީ، އަބްދުﷲ ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަންނަވައިފިނަމަ، ވަރަށް އުފާ ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ރަނގަޅުވަމުންދާ ޙާލަތާއެކު، ދުނިޔޭގެ މަޝްރަޙުގައިވެސް ރާއްޖޭގެ މަޤުބޫލުކަން އިތުރުވަމުންދާކަން ތޯމަސް ފާހަގަ ކުރެއްވިއެވެ.

އޭރު އީޔޫއިން ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް އެކުލަވާލާފައިވާއިރު، ރާއްޖެއަށް ނިސްބަތްވާ ބައެއްގެ މައްޗަށްވެސް ފިޔަވަޅު އެޅުމަށް ލިސްޓުގައި އެކުލެވިފައިވާކަމަށް އަޑު ފެތުރުނެވެ. އެހެންނަމަވެސް، އޭރުގެ ސަރުކާރުން ވަނީ އެކަން ދޮގުކޮށް، އެ ވާހަކަ ދައްކަމުން ދަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ބުނެފައެވެ. އެގޮތުން އީޔޫއިން ރާއްޖޭގެ އެއްވެސް ފަރުދަކަށް ފިޔަވަޅު އަޅަން ނޫޅޭ ކަމަށާއި ފްރޭމްވޯކްގައިވެސް އެއްވެސް މީހެއްގެ ނަމެއް ހިމަނާފައި ނުވާކަމަށް އޭރު ސަރުކާރުގެ ވަޒީރުން ގެންދެވީ ވިދާޅުވަމުންނެވެ.

އެކަމާ ގުޅޭގޮތުން ތޯމަސް ވިދާޅުވީ، ރާއްޖެއިން ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓު އެކުލަވާލި ވާހަކައަކީ ތެދު ވާހަކައެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ދިމިޤްރާތީ ނިޒާމު ފުނޑާލައި، އިންސާނީ ޙައްޤުތައް ނިގުޅައިގަންނަމުން ދިޔަ ފަރާތްތަކެއްކަން ފާހަގަ ކުރައްވައި ތޯމަސް ވިދާޅުވީ، އެ ލިސްޓުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި، ފުލުހުންގެ އިންޓެލިޖެންސް ބޭފުޅުންނާއި، ސިފައިންގެ އިސް ވެރިންނާއި، ސަރުކާރުގެ އިސް ވެރިންވެސް ހިމެނޭ ކަމަށެވެ. އަދި މިއީ އަހަރެއްހާ ދުވަސް ވަންދެން ރާއްޖޭގެ ޙާލަތު މޮނިޓަރކޮށް، ބަލައިގެން އެކުލަވާލާފައިވާ ލިސްޓެއްކަން ތޯމަސް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަ ކުރައްވައި ތޯމަސް އިތުރަށް ވިދާޅުވީ، ރާއްޖެއިން މިހާރު ބޮޑެތި ބަދަލުތައް ފެންނަމުންދާ ކަމަށެވެ. އަދި ރާއްޖެއިން ކޮވިޑުގެ ވަބާއާއި ކުރިމަތިލަމުންދާ ގޮތާއި، ފަތުރުވެރިކަން ދަމަހައްޓަމުންދާ ގޮތުގެ އިތުރުން، ވެކްސިނޭޝަން ޕްރޮގްރާމްތައް ކުރިއަށްގެންދާ ގޮތާ ގުޅޭގޮތުން ތޯމަސް ވަނީ ރާއްޖެއަށް ތައުރީފް ކުރައްވާފައެވެ.

އޭގެ އިތުރުން، ފާއިތުވި 2 އަހަރުގެ ތެރޭގައި ޑިމޮކްރަސީ ޤާއިމު ކުރުމާއި، ކޮރަޕްޝަން ނައްތާލުމުގައިވެސް ރާއްޖެއިން ކުރިއެރުންތަކެއް ހޯދިފައިވާކަން ތޯމަސް ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
27 މާރިޗު 2017

މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން

27 މާރިޗު 2017
މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން
22 މާރިޗު 2017

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު