Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖެހުން

ދެ ދުވަހުގެ ތެރޭގައި ލިޔެކިޔުން ނެތް 78 ބިދޭސީއަކަށް ވެކްސިން ޖަހައިފި

ދުވާލަކަށް 250 ބިދޭސީންނަށް ވެކްސިން ޖެހުމުގެ ކެޕޭސިޓީ އެބަހުރި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2021 | ބުދަ 12:10
ލިޔެކިޔުން ނެތް ބިދޭސީން

ލިޔެކިޔުން ނެތް ބިދޭސީން

ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ފުރަތަމަ ދެ ދުވަހު އެކަނިވެސް 78 ބިދޭސީއަކަށް ވެކްސިން ޖަހައިފިއެވެ.

ކޮވިޑްގެ ޙާލަތު ކޮންޓްރޯލްކުރުމަށާއި، ސަރުކާރުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓްގެ އިސްނެގުމާއެކު ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ޕްރޮގްރާމްގެ މަޢުލޫމާތު ރާއްޖެ އެމްވީއާއި ހިއްސާކުރައްވަމުން ދިވެހި ރެޑް ކްރެސެންޓް މާލެ ގޮފީގެ މެނޭޖަރ މުހައްމަދު އަދީލް ވިދާޅުވީ، ވެކްސިން ލިބެންޖެހޭ އެންމެންނަށް ވެކްސިން ކަށަވަރުކުރުމަށް ސަރުކާރަށް އެހީވުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. ލިޔެކިޔުން ނެތް ބިދޭސީންނަކީ ރާއްޖޭގައި ގިނަ އަދަދަކަށް އުޅޭބަޔަކަށް ވާއިރު، މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި އާބާދީއަށް ވެކްސިންޖެހޭކަން އަދީލް ފާހަގަކުރެއްވިއެވެ. އަދި މި މަޤްސަދުގެ ދަށުން އެކި ޑޭޓާ ބޭސްތަކާއި ކޯލް ސެންޓަރެއް ހަދައިގެން މި ފަދަ މީހުން ހޯދާ ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައިވާއިރު، އެންމެ ފުރަތަމަ ދެ ދުވަހުވެސް 78 ބިދޭސީއަކަށް ވެކްސިން ޖަހާފައިވާކަމަށް ވިދާޅުވިއެވެ. މިފަދަ ބިދޭސީންނަށް މި ޕްރޮގްރާމް ފެށިކަން އަންގައި ދިނުމަށް ދިވެހި ރެޑްކްރެސެންޓްގެ ދަރުމަވެރިން ލީފް ލެޓާއި އެކި ގޮތްގޮތުން މަޢުލޫމާތު ދިނުމަށް ހަރަކާތްތެރިވާކަމަށް އަދީލް ފާހަގަކުރެއްވިއެވެ. އަދީލް ވަނީ، ދުވާލަކަށް 250 ބިދޭސީންނަށް ވެކްސިން ޖެހުމުގެ ކެޕޭސިޓީ އެބަހުރިކަމަށް ވިދާޅުވެފައެވެ. މިފަދަ ބިދޭސީންނަށް އެމީހުންގެ މަސައްކަތުގެ ގަޑި އޮންނަގޮތުން ވެކްސިން ޖެހުމަށް އައުމަށް އުދަނގޫތަކެއް ކުރިމަތިވާކަން ފާހަގަކުރެވޭކަމަށާއި ގިނަ ބިދޭސީންނަށް ޗުއްޓީ ދުވަހަކަށްވާ ހުކުރު ދުވަހު މިހަރަަކާތް ފުޅާކުރުމަށް ނިންމާފައިވާކަމަށް އަދީލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮންމެ ދުވަހެއްގެވެސް ހަވީރު 3ން އިރުއޮއްސި 6ށް ސަލްޓަން ޕާކް ސަރަހައްދުގައިގައި ވެކްސިން ރަޖިސްޓްރޭޝަންއާއި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، މިގޮތަށް ވެކްސިން ދޭނީ ދަމަނަވެށީގެ ބެނިފިޝަރީ ސިސްޓަމްގައި ރަޖިސްޓްރީވެގެންނެެވެ. މި ސިސްޓަމްގައި ރަޖިސްޓްރީވުމުން ބިދޭސީންގެ ޙާލު ގާތުން ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އަދީލް ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި އެކަނިވެސް ސާޅީސް ހާހަށްވުރެ ގިނަ ބިދޭސީން ލިޔެކިޔުމެއް ނެތި އުޅޭނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވެ، އަދީލްވަނީ އަންނަ ހަފްތާގެ ތެރޭ މި ޕްރޮގްރާމް ހުޅުމާލެ އަދި ވިލިމާލޭގައި ފަށަން ތައްޔާރުވަމުންދާކަމަށް ވިދާޅުވެފައެވެ. އެއަށްފަހު ބިދޭސީން ގިނަ އަދަދަކަށް އުޅޭ ގުޅީފަޅާއި ތިލަފުށި ފަދަ އިންޑަސްޓްރިއަލް ރަށްރަށުގައި މި ޕްރޮގްރާމް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެއަށްފަހު ރެޑްކްރެސެންޓްގެ މަދަދާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ލިޔެކިޔުމަކާ ނުލާ އުޅޭ ބިދޭސީންނަށް ވެކްސިން ޖެހުމަށް ވަނީ އަމާޒު ހިފާފައެވެ. މިފަދަ ބޮޑު ހަރަކާތެއް ކުރިއަށްގެންދާއިރުގިނަ އަދަދެއްގެ ދަރުމަވެރިން ބޭނުންވާކަން ފާހަގަކުރައްވާ އަދީލްވަނީ، މި ކެމްޕޭން ކާމިޔާބުކުރުމަށްޓަކައި މުޖުތަމަޢުގެ އެއްބާރުލުމަށް ގޮވާލައްވާފައެވެ. މިފަދަ ބިދޭސީންނަށް ޚާއްސަކޮށް ހައިޖީން ކިޓްވެސް މި ކެމްޕޭންގައި ދޫކުރާކަމަށް އަދީލް ވިދާޅުވިއެވެ.

ލިޔެކިޔުން ނެތް ބިދޭސީން ވެކްސިންޖެހުމުގެ ޕްރޮގްރާމް ފަށާފައިވާއިރު މިގޮތަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ގިނައެވެ. ކޮވިޑްގެ ކުރިންނާއި ކޮވިޑްތެރޭގައިވެސް ދިވެހި ސަރުކާރުން ވަނީ މިފަދަ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ފަދަ ފަރާތްތައް ޤައުމަށް އަނބުރާ ދިއުމުގައި އެހީވުމާއި، ޤަވާއިދުގެ ތެރެއަށް ވައްދާ ރީ-ރަޖިސްޓަރީވުމުގެ ބޮޑު ހަރަކާތެއް ވެސް ގަލޮޅު ދަނޑުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު