Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެރިން ހޯދަން މަސައްކަތްކުރުން

ބެލެރިން ހޯދުމަށް ޕީއެސްޖީން އަނެއްކާވެސް މަސައްކަތްކުރަނީ

ބެލެރިން ހޯދުމަށް ޕީއެސްޖީން 35 މިލިޔަން ޕައުންޑުގެ ބިޑެއް ހުށަހަޅާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ފެބުރުއަރީ 2021 | އަންގާރަ 10:15
އާސެނަލަށް ކުޅެމުން އަންނަ ސްޕެއިނުގެ ޑިފެންޑަރު ހެކްޓާ ބެލެރިން

އާސެނަލަށް ކުޅެމުން އަންނަ ސްޕެއިނުގެ ޑިފެންޑަރު ހެކްޓާ ބެލެރިން

އާސެނަލަށް ކުޅެމުން އަންނަ ސްޕެއިނުގެ ޑިފެންޑަރު ހެކްޓާ ބެލެރިން ހޯދުމަށް ޕީއެސްޖީން އަނެއްކާވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ޑިފެންޑަރު މިވަގުތު އާސެނަލުގެ އެއްބަސްވުމުގައި ހުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު އާސެނަލް ދޫކޮށްލަން ބެލެރިން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް ޕީއެސްޖީން ވަނީ ބެލެރިން ހޯދުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެ ފަހަރު ބެލެރިން ގަތުމަށް ޕީއެސްޖީން 25 މިލިޔަން ޕައުންޑްގެ ބިޑެއް ހުށަހެޅި ނަމަވެސް، އާސެނަލުން އެ ބިޑް ބަލައިގެންފައެއް ނުވެއެވެ. އެހެންކަމުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި 35 މިލިޔަން ޕައުންޑުގެ ބިޑެއް ޕީއެސްޖީން ހުށަހަޅާނެ ކަމަށް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބާސެލޯނާގެ ޔޫތު ޓީމަށް ކުޅެފައިވާ ބެލެރިން ހޯދުމަށް ޕީއެސްޖީން މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން އޭނާއަށް ބާސާއިންވެސް ވަނީ ފާރަލާފައެވެ. އަދި ޔުވެންޓަސް އާއި ބަޔާން މިއުނިކުންވެސް އަންނަނީ ބެލެރިންއަށް ފާރަލަމުންނެވެ.

ބާސެލޯނާގެ ޔޫތު ޓީމަށް ކުޅުމަށްފަހު އާސެނަލުގެ ޔޫތު ޓީމާ 2011 ވަނަ އަހަރު ގުޅުނު ބެލެރިން، ސީނިއާ ޓީމަށް ކުޅެން ފެށީ 2013 ވަނަ އަހަރެވެ. އެއަށްފަހު އާސެނަލަށް މިހާތަނަށް 231 މެޗު ކުޅެދީފައިވާ ޑިފެންޑަރު ވަނީ އެ ޓީމާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ބެލެރިން ވަނީ ސްޕެއިނުގެ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް ހަތަރު މެޗު ކުޅެދީފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު