Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅުން މުޒާހަރާ ކުރުން

މުޒާހަރާތައް ހުއްޓުވުމަށްޓަކައި ސަރުކާރުން އެއް މޭޒަކަށް އަންނަންޖެހޭ: އިދިކޮޅު

ރާއްޖޭގެ ހާލަތު ބޮއްސުންލައިގެން ހިނގައްޖެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ފެބުރުއަރީ 2021 | އާދީއްތަ 13:56
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވާހަކަދައްކަވަނީ

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވާހަކަދައްކަވަނީ

އިދިކޮޅުން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓުވުމަށްޓަކައި ސަރުކާރުން އެއް މޭޒަކަށް އަންނަންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އާދިއްތަ ދުވަހު ޕީޕީއެމް އޮފީހުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ހާލަތު ބޮއްސުންލައިގެން ގޮސްފި ކަމަށާއި މިއަދާ ހަމައަށް އައިރު އެއްވެސް ކަމަކަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

ބޭނުންވާ ބަޔަކާމެދު ދައުވާކޮށް، އެ މީހުންނަށް ނުހައްޤުން އަނިޔާދެމުންދާ މަންޒަރު މިއަދު ފެނިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ސަރުކާރު މިދަނީ އަނދިރި މިސްރާބަކަށްކަން ފާހަގަކުރައްވާ މުހައްމަދު އިސްމާއިލް ވިދާޅުވީ ސަރުކާރު ކޯލިޝަނަކީ ރައްޔިތުންނަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށެވެ.

އިދިކޮޅުން ދަނީ ސިލްސިލާކޮށް މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން ހުކުރު ދުވަހު ''ކޮބާ މަގޭ ފްލެޓް" ނަމުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި 100ށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މި މުޒާހަރާތަކާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އިދިކޮޅުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފަށް ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާ ކަމަށާއި އެ ޕާޓީގެ އިސްވެރިން ފުލުހުންގެ އިދާރާއަށް ގެންގޮސް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.

ހެޑް އޮފް މާލެސިޓީ ޕޮލިސް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މުޒާހަރާ ބާއްވާ ކަމުގައިވާނަމަ ބެލެވޭނީ އެއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއްގެ ގޮތަށް ކަމަށެވެ. މުޒާހަރާތައް މާލެސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ފުރުސަތު ނުދެވޭނެ ކަމަށާއި މުޒާހަރާތައް ބާއްވާނަމަ ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޒާހަރާގައި ބައިވެރިނުވުމަށް އިލްތިމާސްކޮށް އަބްދުﷲ ޝަރީފް ވިދާޅުވީ ސިއްހީ ނުރައްކާތެރިކަމުގެ ތެރެއަށް ގޮސްދާނެކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި ސިލްސިލާކޮށް މިގޮތަށް މުޒާހަރާ ބާއްވާނަމަ ފުލުހުން ވެސް މި ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާ ކަމަށެވެ.

ފުލުހުންގެ އެންގުމާއި ހިލާފަށް އެއްވުން ރޫޅާލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިގޮތަށް ބުނެފައިވަނިކޮށް ވެސް އިދިކޮޅުން ވަނީ އާދިއްތަ ދުވަހު ވެސް ޕީޕީއެމް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާގައި ވަރަށް މަދު އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު ދެމީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު